ރާއްޖެ-ލަންކާ މެޗް ބައްލަވަން ނަމާލް ރާއްޖޭ ވަޑައިގެންފި
ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު ބެއްލެވުމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނާމަލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ. ނަމާލްއަކީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލެކެވެ. ނަމާލް ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މިއަދު ލަންކާ ކުޅޭ މެޗް ބެއްލެވުމަށްފަހު ނަމާލް މިރޭގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއެވެ. ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތީ...