ކޯވިޑް-19 ބަލީގައި ރާއްޖެއިން 80 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 7:45 ހާކަށް ހާއިރުއެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 238 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވި މަރުތައް މަދުވެފައި ވީނަމަވެސް އަނެއްކާ ވެސް މި […]
ޔުމްނާ ޢަލީ
އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅެއްއަރައި، ހިނގި ހާދިސާގައި ނިޔާވި މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ. އިއްޔެ ހިނގި މި ހިތާމަވެރި ހާދިސާގައި ލޯންޗަށް އެރި ރާޅަކާއެކުގައި 3 މީހަކު ކަނޑަށް ވެއްޓުނެވެ. އެއީ ނާހިދާއާއި އޭނާގެ ދެދަރިންނެވެ. ނާހިދާއާއި އެއް ދަރިފުޅު ފެނުނު ނަމަވެސް އަނެއް ދަރިފުޅު އަދިވެސް ނުފެނެއެވެ. ނާހިދާ ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް […]
ޔުމްނާ ޢަލީ
ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ، މިހާތަނަށް ރާއްޖޭގައި ހިންގި އިގުތިސާދީ އެންމެ ބޮޑު ޖަރީމާކަމަށްފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަންކަމަށާއި މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތ...
އަލީ އާދިލް
މާލެއާއި ވިލިމާލެއާ ދެމެދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލައިފި އެވެ. އެމްޓީސީސީން ބުނީ މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލީ، މޫސުން ގޯސްވުމުގެ ސަބަބުންކަމަށެވެ. އަދި މިކަމުގެ ސަބަބަން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައި ވެއެވެ. މޫސުމާބެހޭ...
އިބްރާހިމް އަސްވާޤް
ލޯންޗެއް އަޑިޔަށް ގޮސް އޭގެން ދަތުރުކުރި މީހަކު ނިޔާވެ، ކުޑަކުއްޖަކު ގެއްލިއްޖެއެވެ. މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާލެ އިން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އޮޅުވެލި ކައިރިން ދިޔަވެ އަޑިއަށްދާކަމުގެ ކަމުގެ ރިޕޯޓު ހަވީރު 5:06 ގައި އެ އިދާރާއަށް ލިބުނު ކަމަށެވެ. މިހާދިސާގައި ލޯންޗުން މޫދައް ވެއްޓުނު 3 މީހުންގެ ތެރެއިން 2 މީހަކު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ގެއްލިފައި ވަނީ 4 އަހަރުގެ ކުޑަކުއްޖެއްކަމަށް ވެސް ވިދާޅުވިއެވެ. “މިހާދިސާގައި ގެއްލިފައި ވަނިކޮށް […]
ޙުސައިން ޝަހުދީ
އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މޮނަލާޒް، އުމުރުން 57 އަހަރުގެ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މަހްމޫދުގެ މަރުގެ ތުހުމަތުގައި ބިދޭސީ ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާއި އެކުގައިކަމަށެވެ. މަހްމޫދުގެ ހަބަރެއް ނުވެގެން ހޯދަންފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހޯދަމުން ދަނިކޮށް ފެނުނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މަހްމޫދު ފެނުނީ ރަށުގެ މެދަށްވާ...
އަޒްފާ ރަޝީދު
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ހާމަކޮށްފިއެވެ. ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ ހެރޮއިން ކަމަށެވެ. މިކަން ހާމަކުރައްވަމުން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅު، ބުދަ ދުވަހުން ފެށިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި، ފޮރެންސިކު ޑިޕާޓްމަންޓާއި، ރ. އަތޮޅު ޕޮލިސް ސްޓޭޝަންއާއި އަދި އިންޓެލިޖެންސ...
އަޒްފާ ރަޝީދު
ރާއްޖޭގެ އަމާންކަން ގެއްލި ހުރިހާ ރަށްތަށް ނާމާން ވެފައި މިވަނީ ޤިސާސް ހިފުމަށް ވެރިން ފަސްޖެހުމާއި، މަސްތުވާ އެއްޗެތި ހުއްޓުވުމަށް ފަސްޖެހުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އިއްޔެ މުޅި ރާއްޖެއަށް ސިހުން ގެނުވީ އުމުރުން 57 އަހަރުގެ އދ. ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރު އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނު ޚަބަރުންނެވެ. “އަމާން ދަނގެތި އަނިޔާވެރި މަރާއެކު ބޮޑު ބިރުވެރިކަމަށް” ސުރުޚީގެ ދަށުން ނޫހަކުން ގެނެސްފައ...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތ. ކަނޑޫދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި، ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ޙަރަކާތްތައް ފަށްޓަވައިދެއްވައި، ފަރޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މީގެއިތުރުން ކާބޯތަކެތީގެ މައުރަޒު ހުޅުއްވައިދެއްވައި، ޤައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަ...
ޔުމްނާ ޢަލީ
ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި މާލޭ ސިޓީގެ ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ، ‘މަސްޖިދު މުޙައްމަދު’ މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، އިއްޔެ ހަވީރު ހުޅުމާލޭގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙް ވަނީ މި މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި އިއްޔެގެ އަޞުރު ނަމާދު ކުރައްވާފައެވެ. ‘މަސްޖިދު މުޙައްމަދު’ މިސްކިތަކީ، ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި ޢިމާރާތްކޮށްފައ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ވިލާ ކުންފުނީގެ ބާނީގެ ހަޔާތްޕުޅުގެ މައްޗަށް ބައިނަލް އަގްވާމީ ފެންވަރުގެ ފިލްމެއް ހަދާނެ ކަމަށް އެ ޕާޓީގެ ވީޑިއޯ،އޯޑިއޯ ސްކޮޑްގެ ކޯޗެއާ އަދި މަޝްހޫރު ފަންނާނު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ބުނެފިއެވެ. ވީޓީވީން ރޭ ގެނެސްދިން “ފަސްމަންޒަރު” ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އިއްސޭބުނީ ފަންނާނުންނަށް އެންމެ ފަހި ފުރުސަތުތަކެއް އޮތް ޕާޓީއަކީ ޖޭޕީ ކަމަށެވެ. ޖޭޕީއާއި ގުޅެންނިންމައި، ފުރަތަމަ ޤާސިމްއާއި ބައްދަލުވި ދުވަހު ޤާސިމް އޭނާއަށް ކުރެއްވި އިޚްތިރާމާއި، ޖޭޕީއާ...
އަލީ އާދިލް
ވިސާއާ ނުލައި އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓު ނުވަތަ ޓްރެވަލް ފްރީޑަމް ލިސްޓުގައި ދިވެހި ޕާސްޕޯޓް ގުލޯބަލް ރޭންކިންގ ގައި ދަށަށްގޮސްފައިވާކަމަށް ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދެކުނު އޭޝިއާގެ އެއްވަނަ ޕާސްޕޯޓަކަށް އޮތީ ދިވެހި ޕާސްޕޯޓެވެ. މިއީ ޓްރެވަލް ފްރީޑަމް ލިސްޓުގެ އެއްވަނަ މަގާމު ދިވެހި ޕާސްޕޯޓަށް ވިދިވިދިގެން ލިބުނު ހަތަރުވަނަ އަހަރެވެ. ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުރީ ސަފުން އ...
އަޒްފާ ރަޝީދު
އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިދުވަސްވަރު އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކޮށްފިއެވެ. އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޫބަރުމަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 11،008 ކޭސް ރިޕޯޓްކޮށްފައިވާކަމަށް މިއަދު އެއިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ. އަރިދަފުސް ރޯގާގެ އިތުރުން ފާއިތުވެދިޔަ މަސްތަކުގައި އިންފްލުއެންޒާއަށް ޕޮޒިޓިވްވާ އަދަދުވެސް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިންފުލުއެންޒާއަށް...
އަޒްފާ ރަޝީދު
ހއ އަތޮޅުން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 18:30 އިން ފެށިގެން 22:30 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މިވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް […]
އިބްރާހިމް އަސްވާޤް
މާލެ ސިޓީ ކައުންސިލް ވަޒީފާތަކަށް ބިދޭސީން ނުނަގަން ނިންމައި، ދިވެހި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭން ނިންމައިފިއެވެ. މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި އެ ނިންމުން ނިންމާފައި ވަނީ އިއްޔެ އޮތް މާލޭ ސިޓީ ކައުންސިލް ބައްދަލުވުމުގައެވެ. މީގެއިތުރުން މިހާރު ކައުންސިލްގެ ވަޒީފާތަކުގައި ތިބި ބިދޭސީން މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނެގުމަށް ވެސް ވަނީ ނިންމާފައެވެ. ބިދޭސީން ތިބި ވަޒީފާތަކަށް ހުސްވާ ޖާގަތަކަށާއި، އިތުރަށް ނަގާ ވަޒީފާތަކަށް ދިވެހި ޒުވާނުންނަށް ފުރުސަތު ފަހިކޮ...
ޝިއުނާ އާދަމް