ދީނީ ހޭލުންތެރިކަން އިތުރުކުރަން ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް
ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި އިސްލާމް ދީނާ ގުޅޭ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ މީސް މީޑިއާ މެދުވެރިކޮށް، އަވަސް، ފަސޭހަ އަދި ޝައުޤުވެރި ވަސީލަތްތައް ބޭނުންކޮށްގެން، ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާޢީ މެސެޖުތަކާއި ނަސޭޙަތް ފޯރުކޮށްދީ، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން ކުރުން ކަމަށެވެ. މިގޮތު...