ދަނގެތީގައި ގޯންޏަކަށްލައި މީހަކު އެއްލައިލާފައި އޮއްވާ ފެނިއްޖެ
އދ. ދަނގެތީގައި ގޯންޏަކަށްލައި މީހަކު އެއްލާލާފައި އޮއްވައި ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ދަނގެތީގައި ގޯންޏަކަށްލައި މީހަކު އެއްލާލާފައި އޮއްވައި ފެނިފައިވާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. ދަނގެތީ ކައުންސިލް މެންބަރަކާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެއީ 55 އަހަރުގެ މީހެކެވެ. ރޭ ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ބެލުމަށް ފަހު، އެމީހާ ގެއިން ބޭރަށް ދިޔުމަށް ފަހު އަނބުރާ ގެ...