މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 811 ވަނަ ޞަފްޙާ

އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭ ވަގުތަށް ބަދަލެއް

އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭ ވަގުތަށް ބަދަލެއް

އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެ ވަގުތު މޯލްޑިވްސް އިމިގްރޭޝަނުން ވަގުތީގޮތުން ކުރުކޮށްފިއެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8ން ހަވީރު 4 ކާއި ދެމެދު ކަމަށެވެ. މި ބަދަލު ގެނައީ އިމިގްރޭޝަންގެ އޮންލައިން އެޕް ‘އިމުގަ’ އަށް ގެންނަމުންދާ އަޕްޑޭޓްތަކާއި ގުޅިގެން ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ހަމައެއާއި އެކު އިމިގްރޭޝަނުން ވަނީ ވަކި ގޮތެއް އަންގަންދެން އަމަލުކުރާނީ މިގޮތަށްކަމަ...

އަޒްފާ ރަޝީދު
ކޭއާރްއެޗް އިން ޕީސީއާރު ހަދާ އަގު ހެޔޮ ކޮށްފި

ކޭއާރްއެޗް އިން ޕީސީއާރު ހަދާ އަގު ހެޔޮ ކޮށްފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ޕިސީއާރް ޓެސްޓު ހަދަމުން އައި އަގު ހެޔޮކޮށްފި އެވެ. އެ ހޮސްޕިޓަލުން އާންމު ކުރެއްވި ގޮތުގައި ކޮވިޑް-19 ބަލި ހުރިތޯ ބެލުމަށް ހަދާ މި ޓެސްޓު މިހާރު އެ ހޮސްޕިޓަލުން 750 ރުފިޔާ އަށް ހެދޭނެއެވެ. މީގެ ކުރިން އެ ހޮސްޕިޓަލުން ޕީސީއާރް ޓެސްޓު ހަދަމުން އައި 1050 ރުފިޔާ އަށެވެ. ކޭއާރްއެޗް އަކީ ރާއްޖޭގެ އުތުރުން އެންމެ ގިނައިން ޕީސީއާރް ޓެސްޓު ހަދަމުން އަންނަ ހޮސްޕިޓަލެވެ. އެގޮތުން، އުތުރުގެ 3 […]

އަޙްމަދު އަރުޝަމް
ރައީސް ނަޝީދަށް އިންޒާރުދިން މީހާގެ މައްޗަށް 3 ދައުވާއެއް އުފުލައިފި

ރައީސް ނަޝީދަށް އިންޒާރުދިން މީހާގެ މައްޗަށް 3 ދައުވާއެއް އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދިން މީހާއަށް ދައުވާކޮށްފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން މި މައްސަލައިގައި ދައުވާކޮށްފައި ވަނީ ހ. ލައިޓްނައިޓް، އުމުރުން 40 އަހަރުގެ އިސްމާއީލް ޔާފިސްގެ މައްޗަށެވެ. ޕީޖީ އޮފީހުން އޭނާގެ މައްޗަށް ދައުކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދުއެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ބައިއަތު...

އަލީ އާދިލް
ރައީސް ޞާލިޙް ޑަބްލިއުޓީއެމްއަށް ޒިޔާރަތްކުރައްވައިފި

ރައީސް ޞާލިޙް ޑަބްލިއުޓީއެމްއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ ވޯރލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) އަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސް ޑަބްލިއުޓީއެމްގައި ބައިވެރިވެވަޑައިގެންނެވުމަށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ވަޑައިގެންނެވީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ މި އަހަރުގެ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް “ކޮޕް26” ގައި ބައިވެރިވެވަޑައިގަތުމަށްފަހު މިއަދުއެވެ. ރައީސް ޞާލިޙް މިއަދު ވަނީ ވޯރލްޑް ޓްރެވަލް މާކެޓްގެ ރާއްޖޭގެ ސްޓޭންޑަށް...

ޝިއުނާ އާދަމް
ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭކަށް ނާންގަން: އެޑިޔުކޭޝަން މިނިސްޓްރީ

ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭކަށް ނާންގަން: އެޑިޔުކޭޝަން މިނިސްޓްރީ

ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭކަށް އަންގައިފައި ނުވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވިދާޅުވެއްޖެއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ރަސްމީ ފޭސްބުކް އަދި ޓްވީޓާ އެކައުންޓް މެދުވެރިކޮށް އެ މިނިސްޓްރީން މިގޮތަށް ވިދާޅުވީ، “ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭން އަންގައިފި” މިގޮތަށް ލިޔެފައިވާ ލިޔުމެއްގެ ސްކްރީންޝޮޓެއް ހިއްސާ ކުރަމުންނެވެ. އެ ސްކްރީންޝޮޓުން ފެންނަނީ 3 ނޮވެމްބަރުގެ އިސް ހާއިނު، ހާޖަރާގެ ޢަބުދުﷲ ލުތުފީގ...

ޔުމްނާ ޢަލީ
ނަޞްރުގެ ދުވަސް ހަނދާންކޮށް ދެނީ އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަން

ނަޞްރުގެ ދުވަސް ހަނދާންކޮށް ދެނީ އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަން

ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމުގެ މުހިންމުކަމާއި، އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ، ޞުލްޙަވެރިކަމާއި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަމާއެކު، މި ޖަޒީރާތަކުގައި ދިރިއުޅެމުން އައި ދިވެހިންނަށް، 1988 ނޮވެންބަރު 3 ވަނަ ދުވަސްވީ، ނިރުބ...

ތިލަދުން
ނަސްރުގެ ދުވަސް ފަނޑުވިޔަ ނުދިނުމަށް ގޮވާލައި މާލޭ މޭޔަރުގެ އިލްތިމާސެއް

ނަސްރުގެ ދުވަސް ފަނޑުވިޔަ ނުދިނުމަށް ގޮވާލައި މާލޭ މޭޔަރުގެ އިލްތިމާސެއް

ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފިއެވެ. މިއަދަކީ ދިވެހިންގެ މަދު ބަޔަކާއި، ބޭރު ކުލީ ސިފައިން ގުޅިގެން ވެރިރަށް މާލެއަށް އަރައި ދިވެހިންތަކެއް ޝަހީދުކޮށް، 18 ވަރަކަށް ގަޑިއިރަށް ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ދުވަހެވެ. ދިވެހި ތާރީޚްގައި ކަޅާއި ހުދުން ލިޔެވިފައިވާ މި ހިތްދަތި ހާދިސާ ހިނގީ 3 ނޮވެމްބަރު 1988 ވަނަ އަހަރުއެވެ. ރާއްޖޭގައި މި ދުވަސް ފާހަގަ ކުރަމުން އަންނަނީ ނަސްރުގެ ދުވަހުގެ […]

ޝިއުނާ އާދަމް
ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތް

ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތް

ދިވެހިން ‘ކްލައިމެޓް ރެފިއުޖީން’ ނަށް ވުމުގެ ބިރު އެބައޮތް ކަމަށާއި، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ޙައްޤުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ “ކޮޕް26″ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަ...

ޔުމްނާ ޢަލީ
އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް

އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތިލަދުންމަތީގެ 3 ރަށަކަށް ކުރާ ދަތުރެއް މިއަދު ފަށައިފިއެވެ. އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީ ބައެއް ނަައިބު ރައީސުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މި ދަތުރުކުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ހަނިމާދޫއަށް ގޮސްފައިވާއިރު، އެ ރަށުން އެ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ރައީސް ނާޒިމާއި ވަނީ ހަވާލުކޮށްފައެވެ. މި ދަތުރުގެ ދެވަނަ މަންޒިލެއްގެ […]

އަލީ އާދިލް
ސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުޙުމަތުގައި 63 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފި

ސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުޙުމަތުގައި 63 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފި

މާލޭގެ ސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުޙުމަތުގައި 63 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފި އެވެ. މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެމީހާ ހައްޔަރުކޮށްފައިވަނީ މިރޭކަމަށެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މާލޭ ޕްރީ ސުކޫލެއްގައި ދަރިވަރަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުޖުމަތު ކުރަނީ އެސުކޫލުގައި މަސައްކަތް ކުރަމުން އަންނަ މަސައްކަތު މީހަކަށެވެ. މިމައްސަލަ ފެންމަތިވިއިރު ކުލާސް ޓީޗަރަށް ކުއްޖާ ހަވާލުކުރެވުނު، މަސައްކަތު މީހާ ނޭނގުމުގެ ސ...

އަލީ އާދިލް
މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެގަތުމަށް ހަދާ ދިރާސާއާއި ގުޅޭގޮތުން މަޝްވަރާކޮށްފި

މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެގަތުމަށް ހަދާ ދިރާސާއާއި ގުޅޭގޮތުން މަޝްވަރާކޮށްފި

މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވާފައިވާ ރީސަރޗް ގުރޫޕުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވާ، މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި މަޝްވަރާގައި މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވ...

ޝިއުނާ އާދަމް
އެމްއެންޕީގެ މެންބަރުންނަށް މަޖިލީހުގެ 7 ކޮމެޓީއަކުން ޖާގަ ހަމަޖައްސައިފި

އެމްއެންޕީގެ މެންބަރުންނަށް މަޖިލީހުގެ 7 ކޮމެޓީއަކުން ޖާގަ ހަމަޖައްސައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ކޮމެޓީތަކުން ފުރުސަތުދީފިއެވެ. މިގޮތުން މަޖިލީހުގެ 7 ކޮމެޓީއަކުން ވަނީ މަޖިލީހުގައި ހިމެނޭ އެމްއެންޕީގެ 3 މެންބަރުންނަށް ފުރުސަތު ދީފައެވެ. އެ ޕާޓީގެ މެމްބަރުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދު ﷲ މި އަދުގެ ޖަލްސާގައި ވަނީ އިއުލާންކުރައްވާފަ އެވެ. އެ ނަންތައް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 34 މެމްބަރުންގެ ވޯޓާ އެކުއެވެ. އެމްއެންޕީގެ މެންބަރުންނަށް ޖާގަދިން ކޮމެޓީތައް ދަނގެތީ ދާއިރ...

ޔުމްނާ ޢަލީ
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްއެއް

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްއެއް

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުންް އިލްތިމާސް ކޮށްފި އެވެ. އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، މޫސުމާއި ބެހޭ ގައުމީ އިދާރާ އިން، ކުރިއަށް އޮތް 3 ދުވަހު ވިއްސާރަވެ، ވަޔާއި ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސް ކުރާކަމަށެވެ. މިގޮތުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު  ދަތުރުތައް ރޭވުމަށާއި، ދަތ...

އިބްރާހިމް އަސްވާޤް
"ރީޑިސްކަވަރިންގ ނައިޓްރޮޖަން" އިވެންޓުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންފި

"ރީޑިސްކަވަރިންގ ނައިޓްރޮޖަން" އިވެންޓުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންފި

“ރީޑިސްކަވަރިންގ ނައިޓްރޯޖަން: ސޮލިއުޝަންސް އެންޑް ސިނަރޖީސް ފޮރ ކްލައިމެޓް ޗޭންޖް، ހެލްތް، ބަޔޯޑައިވަރސިޓީ އެންޑް ސަރކިއުލަރ އިކޮނޮމީ” އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވާ އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް “ކޮޕް26″ގެ ހަވާސާގައި ބޭއްވި މި އިވެންޓުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅު ދައްކަވަމުން ވަނީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށ...

ޔުމްނާ ޢަލީ
ރައީސް ޞާލިޙް ގްލަސްގޯއަށް ވަޑައިގެންފި

ރައީސް ޞާލިޙް ގްލަސްގޯއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްކޮޓްލަންޑްގެ ގްލަސްގޯއަށް ވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ، ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ވެސް ގްލަސްގޯއަށް ދަތުރުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް އެ ވަފްދުގައި ހިމެނިވަޑައިގަންނަވައެވެ. ރައީސް އޮފީހުން ވިދާޅުވާގޮތުގައި، ކޮޕް26ގެ ބ...

ޔުމްނާ ޢަލީ