ތޭރަ ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ނިންމުމުން ފުލުހުންގެ ޚިދުމަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ކަންބޮޑުވުން ފާޅުކުރެއްވީ ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 13 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން އާންމުކުރެއްވި ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ފުލުހުން ވިދާޅުވެފައި ވަނީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ފުލުހުންނާއި، ޖެން...
ޝިއުނާ އާދަމް
ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާއި ޢަދާވާތްތެރިކަން ނޫންކަން، ދައްކަންޖެހޭ ކަމަށްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިތްނޭދޭ އެތައް ނަމަކާއި ކަމެއްގެ ތެރެއިންވެސް، އަލުން...
ޔުމްނާ ޢަލީ
ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދަން ޢިއުލާންކޮށްފައިވާ، ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ އިންސްޓިޓިއުޓްއިން ބުނެފިއެވެ. ޢިލްމު އިންސްޓިޓިއުޓް އިން ބުނީ، “ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު”ގެ ނަމުގައި އެ އިންސްޓިޓިއުޓުންފަށާ މި ޕްރޮގްރާމަށް ފޯރމް ހުށަހެޅުމަށް 7 ނޮވެމްބަރުގައި ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިގޮތުން 10 ނޮވެމްބަރުގެ ނިޔަލަށް 3...
ޙުސައިން ޝަހުދީ
މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް، ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން (ޖީ.ސީ.އޭ.) އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާ އެވެ. ޖީ.ސީ.އޭ. ގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މިސްޓަރ ޕެޓްރިކް ވާރކޫއިޖެން އ...
އަލީ އާދިލް
މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަކަށް މުޖުތަބާ ޖަލީލް ހަމަޖައްސައިފިއެވެ. މުޖްތަބާއަކީ ކުރީސަރުކާރުގެ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯގެ މަޤާމް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ބޭފުޅެކެވެ. އެ ސަރުކާރުގެ ފަހުކޮޅު މުޖަތަބާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް އިއުލާނު ކުރުމުން ޖުމްލަ 511 މީހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން މާލޭ ސިޓީ ކަ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ. ދެދުވަހުގެ މި ދަތުރުފުޅުގައި ރައީސްގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ދެއްވި ރަސްމީ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް ވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާ ދެޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކުގައި ޚިޔާލު ބަދަލުކޮށްލައްވާފައެވެ. މީގެ އިތުރުން ރައީސް، ވަނީ...
އަލީ އާދިލް
ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ދިވެހި ފިރިހެނަކު ބަރަހަނާކޮށް، ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ. މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވެފައި ވަނީ މާލޭގައި އުމުރުން 27 އަހަރުގެ ފިރިހެނަކު ބްލެކްމެއިލްކޮށް ބިރުދައްކައި ބަރަހަނާކޮށް ވީޑިއޯކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް އެ އިދާރާއަށް ރޭގެ މެންދަމު 03:49 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރު ކުރިއެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކ...
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ، ރައީސް ޞާލިޙް ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ޞާލިޙް ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ “ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021” ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ޞާލިޙް، ސްރީލ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބޭހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. މި ކަމާއި ގުޅިގެން މިއަދު އެ އިދާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވިދާޅުވެފައި ވަނީ ރާއްޖެއާއި ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށެވެ. މިގޮތުން އެ އިދާރާއިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، […]
އިބްރާހިމް ޚަލީލް
ރ. ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ހިދުމަތްދޭން ފަށައިފިއެވެ. މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ އާއި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު […]
އަލީ އާދިލް
އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސްކުރިވެގެންދާނެ ކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓިގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާ ހާއްސަކޮށް ކުޅުދުއްފުށި ސ...
އަލީ އާދިލް
އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށް ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އެދިވަޑައިގަތީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސްގެ ޞާލިޙް ވިދާޅުވީ، މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރާއިރު، އިސްލާމީ ދިވެހި މުޖުތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނާ އެއްވެސް ގުޅު...
ޝިއުނާ އާދަމް
މުޅި ރާއްޖެއަށް މޫސުމާގުޅޭ އިންޒާރު، ވައިޓް އެލާޓް ނެރެފިއެވެ. މިގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 20:00 އިން ފެށިގެން މެންދަމުން އަނބުރާ 1:00 އާއި ހަމައަށެވެ. މި ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، މި ވަގުތުތަކުގައި މުޅިރާއްޖެއަށް 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. […]
ޔުމްނާ ޢަލީ
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ “މިނިވަންކަމުގެ ހިނގާލުން” އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދަން އެ ކޯލިޝަނުން ނިންމައިފިއެވެ. އިދިކިޅޮ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްއިން މިއަދު ބުނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ފަސް ކުރެވުނު “މިނިވަންކަމުގެ ހިނގާލުން” 12 ނޮވެމްބަރު 2021 ވާ ހުކުރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ. މި ހިނގާލުން ފެށޭނީ، މާލޭ ސިޓީގެ ޕީޕީއެމް އޮފީސް ކުރިމަތިން ހުކުރުދުވަހުގެ 15:45 ގައި ކަމަށް އެ ޕީޕީއެމުން ވަނީ ބުނެފައެވެ. އިއްޔެ ހަވީރު […]
އަލީ އާދިލް
ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް އަބަދުވެސް ފާމަސީތަކުން ލިބެން ހުންނަންޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީއިން ފާމަސީތަކަށް އަންގައިފިއެވެ. މިގޮތުން ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ، ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި ރައްޔިތުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު ފާމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ. ނަމަވެސް ރައްޔި...
ޙުސައިން ޝަހުދީ