މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ކޮމެޓީތަކުން ފުރުސަތުދީފިއެވެ.

މިގޮތުން މަޖިލީހުގެ 7 ކޮމެޓީއަކުން ވަނީ މަޖިލީހުގައި ހިމެނޭ އެމްއެންޕީގެ 3 މެންބަރުންނަށް ފުރުސަތު ދީފައެވެ.

Ad
rt

އެ ޕާޓީގެ މެމްބަރުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދު ﷲ މި އަދުގެ ޖަލްސާގައި ވަނީ އިއުލާންކުރައްވާފަ އެވެ. އެ ނަންތައް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 34 މެމްބަރުންގެ ވޯޓާ އެކުއެވެ.

އެމްއެންޕީގެ މެންބަރުންނަށް ޖާގަދިން ކޮމެޓީތައް

  • ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަދި ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީއަށް)
  • ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ( މާލިއްޔަތު ކޮމިޓީ އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް)
  • ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް (ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީ އަދި ހިއުމަން ރައިޓްސް ކޮމިޓީއަށް)

އިލެކްޝަންސް ކޮމިޝަނުން އެމްއެންޕީ ރަޖިސްޓްރީކޮށްދިނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އަދި އޮކްޓޯބަރު 27 ވަނަ ދުވަހު ވަނީ މަޖިލީހުގެ ދަފްތަރުގައި އެޕާޓީ ހިމަނާފައެވެ.

އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރަކީ، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އެވެ. އަދި ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް އައްޔަނުކޮށްފަ ވަނީ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

މަޖިލީހުގައި 17 ދާއިމީ ކޮމެޓީއެއް އޮވެއެވެ. އަދި 22 ވަގުތީ ކޮމެޓީއެއް އޮވެއެވެ.