މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 783 ވަނަ ޞަފްޙާ

ދިޔަމިގިލީގައި މީހަކަށް ހަމަލާދީފި

ދިޔަމިގިލީގައި މީހަކަށް ހަމަލާދީފި

ތ. ދިޔަމިގިލީގައި މީހަކަށް ހަމަލާދިނުމުން އަނިޔާވެ، ސިއްހީ މަރުކަޒުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދިޔަމިގިލީގައި މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ. އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް މިހާރު އެރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ. މި މައްސަލަހާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން...

ޔުމްނާ ޢަލީ
ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 15 ސްކޮލާޝިޕް ފުރުޞަޠު

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 15 ސްކޮލާޝިޕް ފުރުޞަޠު

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 15 ސްކޮލާޝިޕް ފުރުޞަޠަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. ހަޔާ އެޑިޔުކޭޝަނުން މި ފުރުޞަތުތައް ހުޅުވާލައި ކުރި ޢިއުލާންގައި ވާގޮތުން މި 15 ފުރުޞަޠު ވަނީ 7 ހޮސްޕިޓަލްތަކަށް ބަހާލާފައެވެ. މިގޮތުން އުތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 3 ފުރުޞަޠު އަދި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އެއް ފުރުޞަޠު ޚާާއްޞަކޮށްފަވެއެވެ. މި ފުރުޞަޠުތައް ހުޅުވާލާފައި ވަނީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ޕާކިސްތާން، އަފްގާނިސްތ...

ޝިއުނާ އާދަމް
ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ދަރިވަރަކަށް ފަރުވާދެނީ

ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ދަރިވަރަކަށް ފަރުވާދެނީ

ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މާފިލާފުށީގައި ސިފައިންގެ ތަމްރީން ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސް ދަނީ ފަރުވާ ދެމުންނެވެ. އެ ދަރިވަރުންނަށް ފަރުވާ ދެމުން ދަނީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ. މި ދެ ދަރިވަރުންނާގުޅޭ އިތުރު މައުލޫމާތު އަދި އެމްއެންޑީއެފުން ހާމައެއް ނުކުރަށްވައެވެ. ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް ހާލު ދެރަވި [...

ޔުމްނާ ޢަލީ
ދެ ދަރިންނާ ބެހުނު ބައްޕަ 20 އަހަރަށް ޖަލަށް

ދެ ދަރިންނާ ބެހުނު ބައްޕަ 20 އަހަރަށް ޖަލަށް

ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕައަކު 20 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. އުތުރުގެ ރަށެއްގައި، 2013 ވަނަ އަހަރު ބައްޕައަކު އޭނާގެ ހަ އަހަރުގެ ކުއްޖަކާއި އޭނާގެ އިތުރު ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވިޔަސް، އެރަށު ކޯޓާއި ހައި ކޯޓުން ނިންމާފައި އޮތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ މައްްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ އޭގެ ތެެރެއިން […]

ހުސައިން ހަބީބް
ހަނގުރާމަ އަށް ދިޔަ އާއިލާއެއް ރާއްޖެ ގެނެސްފި

ހަނގުރާމަ އަށް ދިޔަ އާއިލާއެއް ރާއްޖެ ގެނެސްފި

ރާއްޖެއިން ބޭރު ގައުމެއްގައި ކުރި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިން ރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް މިއަދު އަނބުރާ ރާއްޖެ ގެނެސްފިއެވެ. ފުލުހުންގެ ޚިދުމަތުން އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް 2013 ވަނަ އަހަރު ދިވެހިރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް ދިވެހިރާއްޖެއަށް މިއަދު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އަނބުރާ އަންނަ ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތަކާމެދު އަމަލު...

އަލީ އާދިލް
ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާތައް ހަރުދަނާ ކުރުމަށް ގައިޑްލައިނެއް އިފްތިތާހު ކޮށްފި

ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާތައް ހަރުދަނާ ކުރުމަށް ގައިޑްލައިނެއް އިފްތިތާހު ކޮށްފި

ތެލަސީމިއާ ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ދެވޭ ފަރުވާތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް “ގައިޑްލައިން އޮން މެނޭޖްމަންޓް ޓްރާންސްފިއުޝަން ޑިޕެންޑަންޓް ތެލެސީމިއާ އިން މޯލްޑިވްސް” އިފްތިތާހު ކޮށްފި އެވެ. މި ގައިޑްލައިނަކީ މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ފޯރުކޮށްދޭ ތެލެސީމިއާ ފަރުވާއަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އާއި ތެލެސީމިއާ އިންޓަރނޭޝަނަލް ފެޑެރޭޝަން (ޓީ.އައި.އެފް) އިން ތެލެސީމިއާ ފަރުވާގެ ގޮތުގައި ބޭނުންކުރުމަށް އިރުޝާދު ދެއްވާފައިވާ ފަރުވާތަކެކެވެ. ތެލަސީމިއާ ތަޙައްމަލް...

އިބްރާހިމް އަސްވާޤް
ޤައުމީ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލައްވައިފި

ޤައުމީ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލައްވައިފި

ޤައުމީ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާގުޅިގެން އެ ކޮމިޓީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން އެކުލަވައިލައްވައިފި އެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަނަކަށް ހަމަޖެއްސެވީ، ކުރިންވެސް އެ މަގާމުގައި ހުންނެވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ. އެ ކޮމިޓީއަށް އަލަށް ޢައްޔަނު ކުރެއްވި ބޭފުޅުންނަކީ، މައްޗަންގޮޅީ މާފުނަ މުޙައްމަދު އިސްމާޢީލްފުޅާއި، މައްޗަންގޮޅީ ކަޝްމީރުވާދީ އިބްރާހީމް ޙުސައިން މަނިކާއި، މާފަންނު ދިޖުލަތު ކޯރު ޙަފީޡާ އިބްރާހީމާއި، މާފަންނު އަލި...

އިބްރާހިމް އަސްވާޤް
ޖައިލަމްގެ މަރުގެ ދައުވާލިބުނު މީހުން ސަލާމަތްވެއްޖެ

ޖައިލަމްގެ މަރުގެ ދައުވާލިބުނު މީހުން ސަލާމަތްވެއްޖެ

ދަރުބާރުގެ ކައިރީގައި މީގެ ހަތް އަހަރު ކުރިން މަރާލި ހ. ހަންޑްރެޑްފްލާވާސް ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ. 2015 ވަނަ އަހަރު ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ޖައިލަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގް އަދި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާން އަދި ގއ. ވިލިނގިލި ފިޔަޖަހާގެ މުހައްމަދު ހުމައިދުގެ […]

ހުސައިން ހަބީބް
ފިނިފެންމަލަށް ނިސްބަތްކޮށް މަހަކަށް ނަން ދީފި

ފިނިފެންމަލަށް ނިސްބަތްކޮށް މަހަކަށް ނަން ދީފި

ރާއްޖެއާއި ސްރީލަންކާއިން ފެންނަ މަހެއް ކަމަށްވާ ރޯސް ވެއިލްޑް ފެއާރީ ރާސް (wrasse fairy veiled-Rose) އަށް ފިނިފެންމަލަށް ނިސްބަތްކޮށް ނަން ކިޔައިފިއެވެ. މިމަހުގެ ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމާ (finifenmaa Cirrhilabrus) މިހެނެވެ. މިމަހާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވީ މިމަސް ފެންނަނީ ފަރުތަކުގެ 70-40 މީޓަރު އަޑިން ކަމަށެވެ. މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރވެސް ބޭނުންކުރަމުނ...

އައިޝަތު ނަސާޔާ
ކައުންސިލް ތަމްސީލުކުރަން އޭޖީ ކޯޓަށް ދާ މައްސަލަތައް އަނބުރާ ފޮނުވާލައިފި

ކައުންސިލް ތަމްސީލުކުރަން އޭޖީ ކޯޓަށް ދާ މައްސަލަތައް އަނބުރާ ފޮނުވާލައިފި

ބިމުގެ މައްސަލަތަކުގައި އެޓާނީ ޖެނެރަލަށް ކައުންސިލްތައް ކޯޓުގައި ތަމްސީލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު، އޭޖީ އޮފީހުގައި ހުރި ކައުންސިލްތަކާ ގުޅޭ ބިމުގެ މައްސަލަތައް އެ އޮފީހުން އަނބުރާ ފޮނުވާލައިފި އެވެ. ހައި ކޯޓުން މިދިޔަ އަހަރު ނިންމީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމުގެ މައްސަލަތަކުގައި ކައުންސިލްގެ ފަރާތުން ކޯޓުތަކަށް ދާންޖެހޭނީ އޭޖީ ކަމަށެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެ ހުކުމް ބާތިލްކޮށް، އޭޖީއަށް […]

ހުސައިން ހަބީބް
ޒުވާން އަންހެނުން އިސް ސަފަށް ނެރޭ ކޮންމެ ފަހަރަކު ހެޔޮ ބަދަލެއް ގެނެސްދީފައިވޭ: އަސްރާ

ޒުވާން އަންހެނުން އިސް ސަފަށް ނެރޭ ކޮންމެ ފަހަރަކު ހެޔޮ ބަދަލެއް ގެނެސްދީފައިވޭ: އަސްރާ

ތާރީޚް ދައްކާގޮތުން ޒުވާން އަންހެނުން އިސް ސަފަށް ނެރޭ ކޮންމެ ފަހަރަކު ރަނގަޅު ހެޔޮ ބަދަލެއް ގެނެސްދީފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެމްއެންޕީގެ މާލޭ މައި ޖަގަހައިގައި ރޭ އެ ޕާޓީން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްރާ ވިދާޅުވީ، ޤައުމެއް ކުރިއަރާދިއުމުގައި ޒުވާނުންގެ ދައުރު މުހިންމުކަމާމެދު ޝައްކެއް ނެތްކަމަށެވެ. އެހެންނަމަވެސް ޒުވާނުންގެ ދައުރު ފުޅާކުރުމަށް ޖުމް...

އަލީ އާދިލް
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކޮށްފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކޮށްފި

ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ރޭ ފާސްކޮށްފިއެވެ. މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުން އެ އިންތިޚާބު ބާއްވަން ކުރިން ފާސްކުރީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އެ އިންތިޚާބު ބާއްވާށެވެ. ނަމަވެސް އެ ދުވަސް ރޯދަމަހާއި ދިމާވާތީ ރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ އެ ތާރީޚް ފަސްކުރަން […]

އަލީ އާދިލް
ކިހާދޫގެ އަންހެނުން އެރަށުގެ އިކޯ ސެންޓްރޯގެ އޮޕަރޭޝަންސް ހިންގައިފި

ކިހާދޫގެ އަންހެނުން އެރަށުގެ އިކޯ ސެންޓްރޯގެ އޮޕަރޭޝަންސް ހިންގައިފި

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ.ކިހާދޫގެ އަންހެނުން އެރަށު އީކޯ ސެންޓްރޯ ހިންގުމާއި ހަވާލުވެއެއްޖެއެވެ. އީކޯ ސެންޓްރޯގެ މެނޭޖްމަންޓާއި، އޮޕަރޭޝަންސްގެ ހުރިހާ މަސައްކަތެއް މިއަދު ކުރިއަށް ގެންދިޔައީ ކިހާދޫގެ އަންހެނުންނެވެ. މީގެ އިތުރުން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަށް ދަރަވަންދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކައުންސިލް މެންބަރުން ވެސް ކިހާދޫއަށް އައިސްފައިވެ އެވެ. ކިހާދޫގެ 26 ޒީރޯ...

އިބްރާހިމް އަސްވާޤް
އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަޝްވަރާކުރައްވައިފި

އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަޝްވަރާކުރައްވައިފި

  ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ހިންގާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ބައްދަލުވުމުގައި ވަޒީރުން ވަނީ ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ މަސްރަޙުގައި ތަކެތީގެ އަގުތައް އުފުލުމ...

ޔުމްނާ ޢަލީ
އޭޖީ މެދުވެރިނުކޮށް، ކައުންސިލްތަކުން އަމިއްލައަށް ކޯޓުތަކަށް ދެވޭނެ: ސުޕްރީމް ކޯޓް

އޭޖީ މެދުވެރިނުކޮށް، ކައުންސިލްތަކުން އަމިއްލައަށް ކޯޓުތަކަށް ދެވޭނެ: ސުޕްރީމް ކޯޓް

ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް އަމިއްލައަށް ކޯޓަށް ނުދެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށް، ކައުންސިލްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ނިންމައިފި އެވެ. އދ. ފެންފުށީ ބިމެއްގެ މައްސަލާގައި ހައި ކޯޓުން ނިންމާފައި އޮތީ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކުން ކޯޓަށް އަންނަން ޖެހޭނީ އެޓާނީ ޖެނެރަލް މެދުވެރިކޮށް ކަމަށެވެ. އެކަމަކު ލާމަރުކަޒީ ގާނޫނު ބުނާގޮތުން ކައުންސިލްތަކަކީ އަމިއްލައަށް ދައުވާކޮށް އަދި ދައުވާލިބިގަނެވޭ މުއައްސަސާތަކެކެވެ. ހައި ކޯޓުގެ އެ...

ހުސައިން ހަބީބް