ތ. ދިޔަމިގިލީގައި މީހަކަށް ހަމަލާދިނުމުން އަނިޔާވެ، ސިއްހީ މަރުކަޒުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދިޔަމިގިލީގައި މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.
އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް މިހާރު އެރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަހާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ދިޔަމިގިލީގައި މާރާމާރީއެއް ހިނގިއިރު، ރޭ ވަނީ ބިދޭސީއަކަށް ހަމާލާދީ ޒަޚަމް ކޮށްލާފައެވެ. އެމީހާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!