އުމަރުގެ ރިޔާސީ ކެމްޕެއިން އަލުން ފަށައިފި
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރިޔާސީ ކެމްޕެއިން އަލުން ފެއްޓެވިކަން އޭނާ ޢިއުލާން ކުރަށްވައިފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަހު، އުމަރުގެ އޭނާ ކެމްޕެއިން މެދުކަނޑާލެއްވީ އޭނާގެ ހޯމް މިނިސްޓަރުކަމުގައި 2015 ވަނަ އަހަރު ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީ އިން ތުހުމަތު ކުރާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ނިންމާ ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވުމުންނެވެ. އުމަރު އަލުން […]