ސާޖަރީއަށް ފަހު، ރައީސް ޞާލިޙް ހޮސްޕިޓަލުން ދޫކޮށްލައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ރައީސް ޞާލިޙް ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރަށްވާފައި ވަނީ ސިންގަޕޫރުގައެވެ. އެ އޮޕަރޭޝަން ކުރެއްވީ މިދިޔަ ފެބްރުއަރީ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްތެރޭ އަނބުރާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި...