ލޯންޗެއް ފަޅައިގެންގޮސް، އޭގައި ތިބި މީހުން ކަނޑުވުމާ ގުޅިގެން މެރިން ޕޮލިހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މާތިލަފުށިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ދިއުމާ ގުޅިގެންނެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު، ކަނޑުވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
"މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިހުގެ ލޯންޗު އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން" ފުލުހުން ބުންޏެވެ.
ނަމަވެސް އެ ވަގުތު ލޯންޗުގައި ތިބީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.
މި ހާދިސާ ހިނގި ސަރަހައްދު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ލޯންޗުން ދަތުރުކުރި މީހުން ތިބީ ލައިފް ޖެކެޓް އަޅައިގެން ކަނޑުމަތީގައެވެ. ލޯންޗު ވެސް ވޯޑިއޯ އިން ފެނެއެވެ.
މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗް، ހުޅުމާލެއާ ހިސާބުން ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައި ކަމަށެވެ. އަދި އެ ކުދިން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!