އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރި ޓްވީޓެއްގައި ވަނީ މިއަހަރުގެ އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި ކަރުދާސް 1 ޕްރިންޓްކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އެ ކަރުދާސް އަލުން ޕްރިންޓް ކުރަން ނިންމާފައިވާ ކަމަށެވެ.

Ad
rt

މި ޕޭޕަރު އަލުން ޕްރިންޓް ކުރިނަމަވެސް ކަނޑައެޅިފައިވާ ތާރިޚްގައި އިމްތިހާނު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދަވާކަމަށް އެ ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ.

ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓް ކުރަން ނިންމާފަވާއިރު އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 ގެ އިމްތިހާން އޮތީ މާދަމާއެވެ.

ޕޭޕަރު އަލުން ޕްރިންޓް ކުރަން ނިންމި ނަމަވެސް، ދިމާވި މައްސަލައެއް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމާފައި ވަނީ އިއްޔެ އޮތް އެސްއެސްސީ އިމްތިހާނުގައި، އިސްލާމް ޕޭޕަރު ކުދިންނަށް ދިންއިރު އިސްލާމް ޕޭޕަރުގައި ދިވެހި ޕޭޕަރުގެ ބައެއް ޕްރިންޓު ކުރެވިފައިވާ މައްސަލައެއް ފެންމަތި ވުމާއި ގުޅިގެންނެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު 5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފެށީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ.