މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 757 ވަނަ ޞަފްޙާ

ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވްކުރަނީ

ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވްކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވްކޮށް ދައްކަން ނިންމައިފި އެވެ. ރ. ފުއްގިރި މައްސަލަ އާއި ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ނުކުރާތީ ޔާމީންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކްރިމިނަލް ކޯޓުން މިއަދު ބުނީ އާރަށް މައްސަލާގައި މާދަމާ ބާއްވާ އަޑުއެހުން ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށް ދައްކާނެ ކަމަށެވެ. ފުއްގިރި މައްސަލާގައި ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އާރަށް މައްސަލާގައި ޔާމީނަށް [...

ހުސައިން ހަބީބް
ޞައްޙަނޫން ފޯމުތައް ހުށަހަޅާ ޕާޓީތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރަނީ

ޞައްޙަނޫން ފޯމުތައް ހުށަހަޅާ ޕާޓީތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރަނީ

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކަށް މީހުންވައްދައި އިލެކްޝަންސް ކޮމިޝަނުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ފޯމެއް ހުށަހެޅި ޕާޓީއެއް ދިހަ ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަނުން އެގޮތަށް ނިންމީ މިއަދު ކަމަށެވެ. ޕާޓީތަކުގެ އިތުރުން ކޮންމެ ޕާޓީއެއްގެ ރަޖިސްޓްރާ ވެސް އެފަދަ […]

ސަނިއްޔާ އަބޫބަކުރު
ނެއްލައިދޫ ކައުންސިލް ކަޕް ސްޕޮންސާ ކުރަންއެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ނެއްލައިދޫ ކައުންސިލް ކަޕް ސްޕޮންސާ ކުރަންއެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

1443 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހާއި ގުޅިގެން ހދ. ނެއްލައިދޫ ކައުންސިލުން ބާއްވާ ކައުންސިލްކަޕްގެ ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. އެގޮތުން ސްޕޮންސަރ ކުރެވޭނެ ކެޓަގަރީތަކަކީ ޓައިޓްލް ސްޕޮންސަރ 20 ހާސް ރުފިޔާ، މެއިން ސްޕޮންސަރ 15 ހާސް ރުފިޔާ، ކޯރ ސްޕޮންސާ 13 ހާސް ރުފިޔާ އަދި ސްޕޮންސަރ އަ ބޯޑް އެއްހާސް ރުފިޔާގެ ކެޓަގަރީއެވެ. މި މުބާރާތް ސްޕޮންސަރ ކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 15 […]

ސަނިއްޔާ އަބޫބަކުރު
ދޯންޏެއް ގެއްލިގެން ހޯދަނީ

ދޯންޏެއް ގެއްލިގެން ހޯދަނީ

ސަފާރީއެއްގެ ކަފުގައި އޮތް ފަރުމަސްވެރިކަންކުރުމަށް ބޭނުންކުރާ ކުޑަ ދޯންޏެއް ކަނޑައިގެން ގޮސް ގެއްލިފައިވާތީ، އެ ދޯނި ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. މި ދޯންޏަކީ، މާލެއިން ފުރައިގެން ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީއަށް ދަތުރުކުރި ސަފާރީއެއްގެ ކަފުގައި އޮތް 23 ފޫޓުގެ ދޯންޏެކެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސަފާރީގެ ކަފުގައި އޮތް “މާކޯނި” ނަމަކަށް ކިޔާ ފަރުމަސްވެރިކަން ކުރާ މި ދޯނި ކަނޑައިގެންގޮސް ގެއްލިފައިވާކަމަށެވެ. އެހެންވެ ދޯނި ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް...

ޔުމްނާ ޢަލީ
ތިލަދުންމަތިން ފެށިގެން ކ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ތިލަދުންމަތިން ފެށިގެން ކ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ކ.އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި އަތޮޅުތަކަށް ޔެލޯ އެލާރޓް ނެރެފައިވަނީ މިރޭ 22:45 އިން ދަންވަރު 01:30 އާއި ހަމަ އަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާޢްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މި އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި […]

ސަނިއްޔާ އަބޫބަކުރު
ވިލިމާލެ ދާއިރާއަށް އިންތިޚާބުވި ނާޒިމާ އިޤުރާރުގައި ސޮއިކޮށްފި

ވިލިމާލެ ދާއިރާއަށް އިންތިޚާބުވި ނާޒިމާ އިޤުރާރުގައި ސޮއިކޮށްފި

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވިލިމާލެ ދާއިރާއަށް އަލަށް އިންތިޚާބުވި މެމްބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކޮށްފިއެވެ. އިޤުރާރުގައި ސޮއިކޮށްފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލްގައި ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ފާތިމަތު ނާޒިމާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ހޮވިފައިވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. މާލެ ސިޓީ އަންހެނުންގެ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެމްބަރަކު ހޮވުމަށް އިންތިޚާބު ބާއ...

އަލީ އާދިލް
އިންޑިއާ އައުޓް ބެނާ މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް ނުދާން ނިންމައިފި

އިންޑިއާ އައުޓް ބެނާ މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް ނުދާން ނިންމައިފި

އިންޑިއާ އައުޓް ބެނާ އަތުލަން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކުރި މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ނުދާން ނިންމައިފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ މިދިޔަ މަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ގެންގޮސްފައި ވަނިކޮށް ހައި ކޯޓުން ދާދިފަހުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ. އަމުރު ބާތިލްކުރީ ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް […]

ހުސައިން ހަބީބް
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން ޢިއުލާންކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން ޢިއުލާންކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޢިއުލާންކޮށްފިއެވެ. ފުލުހުން ވިދާޅުވީ، އެމީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް، ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާ އަކީ، ކްރިމިނަލް ކޯށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެއްކަމަށް ވެސް ވިދާޅުވިއެވެ. ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން ހޯދަމުންދަނީ، ހއ. ހޯރަފުށި/ ހ...

އަލީ އާދިލް
ޖިންސީ ގޯނާގެ ތުހުމަތުވި އާމިނަތުދިޔަ ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓް

ޖިންސީ ގޯނާގެ ތުހުމަތުވި އާމިނަތުދިޔަ ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓް

އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާމިނަތުދިޔަ ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. މިދިޔަ މާޗް މަހު ސްކޫލެއްގައި މަސައްކަތް ކުރަމުން އުޅުމުގެ ތެރޭގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހައްޔަރުކުރި އުމުރުން 59 އަހަރުގެ އާމިނަތުދިޔަ މިދިޔަ މަހު ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަންގާފައި ވަނިކޮށެވެ. އޭނާ ބަންދުކުރި ފަހުން ޕީޖީން ނިންމީ ދައުވާ ކުރެވޭނެ ހެއްކެއް ނެތް […]

ހުސައިން ހަބީބް
މިއަހަރުގެ އަމީރުލް ޙައްޖަކަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު

މިއަހަރުގެ އަމީރުލް ޙައްޖަކަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު

އަމީރުލްޙައްޖުގެ ގޮތުގައި މި އަހަރު ވަޑައިގަންނަވާނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިކަން ހާމަ ކުރައްވައި ރައީސް އޮފީހުން ވިދާޅުވީ އަމީރުލް ޙައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ހަމަޖެއްސެވީ މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށް ކަމަށެވެ. އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާ...

ސަނިއްޔާ އަބޫބަކުރު
ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ހައިކޯޓުން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ވޭތުވެދިޔަ 11 އަހަރު ފަނޑިޔާރުކަމުގެ މަގާމުގައި އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތަށް ހައިކޯޓުން ވަނީ ޝުކުރު ދަންނަވާފައެވެ. ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަޤާމުން އިސްތިއުފާ ދެއ...

ސަނިއްޔާ އަބޫބަކުރު
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް ނުރައްކާ ތިމާވެށީގެ މައްސަލައެއް: ރައީސް

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް ނުރައްކާ ތިމާވެށީގެ މައްސަލައެއް: ރައީސް

ބައިނަލް އަޤްވާމީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް މިއަހަރު ދުނިޔޭގައި ފާހަގަ ކުރަމުންދަނީ އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މިހެން ވިދާޅުވީ، ބައިނަލް އަޤްވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދުންފަތަކީ އޭގެ ބޭނުންކ...

ސަނިއްޔާ އަބޫބަކުރު
ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް ފަރުމާކޮށް، އިމާރާތްކުރަން މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ. އެ ހޮސްޕިޓަލްތަކަކީ، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ރ. އަލިފުށި ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ހޮސްޕިޓަލްތައް ފަރުމާކޮށް، ޑިޒައިން ކުރަން ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސ...

ޝިއުނާ އާދަމް
ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފި

ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުޞަތު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން “އޭ ސްޓަރ” ހާޞިލްކޮށްފައިވާ ނުވަތަ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް މަދަރުސާއަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން “އޭ ސްޓަރ” ހާޞިލުކ...

ސަނިއްޔާ އަބޫބަކުރު
އަންހެނުންގެ ކޮމެޓީތަކަށް ދޫކުރާ ބަޖެޓް ބޮޑުކުރަން މަސައްކަތްކުރާނަން: ރައީސް

އަންހެނުންގެ ކޮމެޓީތަކަށް ދޫކުރާ ބަޖެޓް ބޮޑުކުރަން މަސައްކަތްކުރާނަން: ރައީސް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށާއި، އެކޮމެޓީ މިހާރަށްވުރެ ހަރަކާތްތެރި ކޮމެޓީއަކަށް ހެއްދެވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ޗެއަރކުރައްވައި އެ ސެޝަނުގައި ކޮންފަރެންސް ނިންމަވާލެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ކުރިއަށް ދިޔަ އެ ކޮންފަރ...

ޝިއުނާ އާދަމް