ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފުވައްމުލައް ސިޓީގައި ހިންގި ހަރަކާތް ތަކުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
އެގޮތުން އިއްޔެ ހަވީރު ފުވައްމުލަށް ސިޓީ އެއަރޕޯޓުން ފެށިގެން ތުނޑީ ސަރަޙައްދާއި ހަމައަށް ބޭއްވި ބައިސްކަލް ބުރުގައި އެ މަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައެވެ.
މީގެ އިތުރުން ނައިބު ރައީސްގެ މި ދަތުރުފުޅުގައި ވަނީ ފުވައްމުލައް ސިޓީ ޓޭބަލް ޓެނިސް ސެންޓަރު ހުޅުއްވައި ދެއްވާފައެވެ.
މިއީ މިފަދަ ސެންޓަރެއް މާލެ ނޫން ރަށެއްގައި ޤާއިމު ކުރެވުނު ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!