ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ ޔޯގާ ޑޭ މި އަހަރު ފާހަގަނުކުރަން ސަރުކާރުގެ އަދި ކަމާ ބެހޭ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ. މި އަހަރުގެ ޔޯގާ ޑޭ ގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް މިސްރުގެ ފަތުވާދޭ މަޖިލީހުން ބުނެފައިވާތީ ރާއްޖޭގައި އެ ހަރަކާތް ބެއްވުނަ ނުދީ ހުއްޓުވުމަށް މި މަހު 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހަށް ހުށަހަޅަފައި […]
ޝިއުނާ އާދަމް
ލިވާތު ކުރާ މީހުން ކިބައިން ޤައުމު ސަލާމަތް ކޮށްދެއްވުމަށް އަރަފާތު ބިމުގައި ދުއާކޮށްދޭން ދިވެހި ހައްޖުވެރިންގެ ކިބައިން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ. އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ކިބައިން ޤައުމު ސަލާމަތް ކޮށްދެއްވުމަށް އަރަފާތު ބިމުގައި ދުޢާކޮށް ދިނުމަށް ޑރ. ޝަހީމް އެދިވަޑައިގެންފައި މިވަނީ ފަހަކަށް އައިސް ރާއްޖޭގައި މިފަދަ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ރާއްޖެއިން ހައްޖަށްދާ ޙައްޖުވެރިންގެ ފުރަތަމަ ޖަމާއަތް ރޭ...
ސަނިއްޔާ އަބޫބަކުރު
މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފިއެވެ. މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އެކަންޏެވެ. ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ ރޭގެ އިތުރުން މި މަހުގެ 29 ވަނަ ދުވަހު އަދި ޖުލައި ދެވަނަ ދުވަހު ރެ އެވެ. އެގޮތުން ރޭ ފުރީ މި އަހަރު ހައްޖަށް ދާ 453 ހައްޖުވެރިންގެ ތެރެއިން 157 މީހުންނެވެ. ރޭ 11:15ގައި ރާއްޖެއިން ސައުދީ އެއަރލައިންގައި ފުރި ހައްޖުވެރިންނަށް […]
ޝިއުނާ އާދަމް
މާލޭ ރައްޔިތުންނަށް 40 އަހަރަށް ފަހު ހިލޭ ގޯތި ދޫކުރަން އިޢުލާނު ކޮށްފިއެވެ. މާލޭ ރައްޔިތުންނަށް އަލަށް ދޫކުރަން ނިންމާފައިވާ 3000 ގޯއްޗަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ. “ގެދޮރުވެރިޔާ” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކާ ހިންގާ “ބިންވެރިޔާ ސްކީމް”ގެ ދަށުން މާލޭ ސަރަޙައްދުން ގޯތިދޫކުރަމަށް ކަނޑައަޅާފައިވާ އުޞޫލު މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުންސިންގ އެންޑް އ...
ސަނިއްޔާ އަބޫބަކުރު
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާން އާއި، ބޮލްގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ: މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39، – މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30، – ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ) 40، މީގެ ތެރެއިން އަހަނދުއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރިކޯޑާއި، ރާއްޖޭގައި ތިބި ދިވެހިން ހަނގުރާމައަށް ސީރިއާ އަށް ރެކްރޫޓްކުރާ ކަމަށް ތުހުމަތުވާ މީހެކެވެ. މި […]
ޝިއުނާ އާދަމް
ކުރީގެ ރައީސް، ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ މައްސަލަތައް ބަލަވާ، ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަލްއުސްތާޛު އަޙްމަދު ޝަކީލްއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ 04 ވަނަ ދުވަހު ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވަނީ މިއަދު ބޭއްވި 44 ވަނަ ބައްދަލުވުމުގައި ކަމަށެވެ. ގާޒީ ޝަކީލުގެ މައްޗަށް ސުލޫކީ […]
އަލީ އާދިލް
މިދިޔަ ރޯދަ މަހު ހުޅުމާލޭގެ ހާންޖީ ރެސްޓޯރެންޓްގެ ތެރޭގައި ބިދޭސީއަކު މަރާލީ އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ހަމަލާއެއްގައި ކަމަށް ޕާކިސްތާނުގެ ކައްކާއެއް ކަމަށްވާ މުހައްމަދު އާބިދު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. ބަންގްލަދޭޝް މީހަކާ ދެމެދު ހިންގި ހަމަނުޖެހުމެއްގައި އޭނާ މަރާލި ކަމަށް ބުނެ އާބިދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ފެށުމާ އެކު، އާބިދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ތަރުޖަމާނެއް މެދުވެރިކޮށް، ޝަރީއަތުގެ ހުރިހާ ވާހަކައެއް އާބިދަށް ކިޔައިދިނެވެ. އާބިދުގެ […]
ހުސައިން ހަބީބް
ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ހެކިބަސް ނަގަން މިއަދު ހެނދުނަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ އެ މައްސަލާގައި ޔާމީނާ އެކު ދައުވާލިބޭ ޔޫސުފް ނައީމްގެ ވަކީލް ބަލިވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ތުހުމަތު ކުރަނީ ޔާމީނަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން […]
ހުސައިން ހަބީބް
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި ރީޓްރީޓް ބާއްވާފައި ވަނީ ރުވާންޑާގެ އިންޓެއަރ ކޮންފަރެންސް އެރީނާގައެވެ. ދެ ސެޝަނަށް ބަހާލައިގެން ކުރިޔަށް ގެންގޮސްފައިވާ މި ރީޓްރީޓްގެ ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ޒުވާނުންނާއި، ޓެކްނޮލޮޖީއާއި، އީޖާދީކަމުގެ މައްޗަށެވެ. އަދި ދެ ވަނަ ސެޝަން އަމާޒު ކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއ...
މުޙައްމަދު ވަސީމް
ދިވެހި ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަޢޫދީޢަަރަބިޔާއިން ބުނެފިއެވެ. ސަޢޫދީން މިހެން ބުނީ ސައުދީއަރަބިއާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޙައްޖު މިޝަންސްގެ ޑިރެކްޓަރ ޖެނެރަލް، ބަހާއު ޙަލަވާނީ އާއި ދިވެހި ޙައްޖު މިޝަންގެ ރައީސް، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް މުޙައްމަދު އަނީލް ބައްދަލު ކުރައްވާ ދިވެހި ޙައްޖު ވެރިންގެ ކަންކަން ފަސޭހަ ކަމާއިއެކު ކުރިޔައްގެންދިއުމާއި ބެހޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުވު...
މުޙައްމަދު ވަސީމް
ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ހަތް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހުގެ ހެދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ [...
އަލީ އާދިލް
ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން ގެއްލުނު ފަތުރުވެރިޔާ މޫދުން ނެގިއިރުވެސް ވަނީ މަރުވެފައިކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. ފުލުހުން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، 42 އަހަރުގެ އޮސްޓްރޭލިއާގެ ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:59 ގައި ކަމަށެވެ. އެމީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްގައިވާކަމަށާއި މިމައްސަލަ ތަޙްޤީގު ކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެމީހާ ފެނިފައިވަނީ މޫދު އަޑީގައި މަރުވެފައި އޮއްވާކަމަށެވެ....
އަލީ އާދިލް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ. ރުވާންޑާގެ ވެރިރަށް ކިގާލީގެ މެރިއޮޓް ހޮޓެލްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، ރައީސް ޞާލިޙާއި، މޮރިޝަސްގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައްވާފައި ކަމަށް ރައީސް އޮފީހުން މައު...
މުޙައްމަދު ވަސީމް
އެގްރޯނެޓާ ގުޅިގެން ސްކޫލްތަކުގައި ގާޑްން ހެއްދުމުގެ ޕްރޮގްރާމުގައި ބައިވެރިވިމުގެ ފުރުޞަތު ސްކޫލު ތަކަށް ހުޅުވާލައިފިއެވެ. އެގްރޯނެޓުން ބުނީ، އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ސްކޫލުތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި، އެންމެ ރަގަޅު ފަސް ހުށަހެޅުމެއް ހުށަހަޅާ ފަސް ސްކޫލަކަށް މިއަހަރު ފުރުޞަތު ދޭނެ ކަމަށެވެ މި ޕްރޮގްރާމަށް ސްކޫލުތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖުލައި މަހުގެ 21 ވާ އ...
ސަނިއްޔާ އަބޫބަކުރު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރުވާންޑާގެ ވެރިރަށް ކިގާލީގެ މެރިއޮޓް ހޮޓެލްގައެވެ. ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިހާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ދެ ޤައުމަށ...
ޔުމްނާ ޢަލީ