އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ބިނާކުރާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ޢާއްމުކޮށް އިއުލާނު ކޮށްފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރި އިއުލާނެއްގައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ނިންމާފައިވާ ރަށްތައްކަކީ އއ.އުކުޅަސް، ޏ.ފުވައްމުލަށް، ލ.ގަމު، ޅ.ނައިފަރު، ރ.އަލިފުށީ، ރ.ދުވާފަރު، ސ.ފޭދޫ އަދި ސ.މީދޫ ގައިއެވެ.
ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ އިރު، މި މަސައްކަތްތަކާއި ބެހޭ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!