މާލެ އަތޮޅު ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކަށް ޙަމަލާދީ އަދި އެ ހަމަލާ ހުއްޓުވަން ދިޔަ ފުލުހުންމަށް ވެސް ހަމަލާދީފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ އަތޮޅު ރަށެއްގައި ޢުމުރުން ސާދަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް މިއަދު އިރުއޮއްސި 6:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް ބަޔަކު ހަމަލާ ދީ އަނިޔާ ކުރާތީ އެކަން ހުއްޓުވުމަށް ހަރަކާތްތެރިވީ ފުލުހުންނަށް ވެސް ޙަމަލާދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހަމަލާގެ ސަބަބުން މި މައްސަލައިގައި ތުހުމަތު ކުރެވުނު މީހާ އަށާއި އަނިޔާ ކުރަމުން ދިޔަ މީހުން ހުއްޓުވުމަށް މަސައްކަތް ކުރަމުން ގެންދިޔަ ފުލުހުންނަށް ވެސް ހަމަލާ ދިނުމުގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާވެފައި ވެއެވެ.

އެހެން ކަމުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ އިތުރުން ފުލުހުންނަށާއި ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާއަށް ހަމަލާ ދީފައިވާ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމުގައި ފުލުހުން ވިދާޅުވެފައި ވެއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓު ކުރަމުން ގެންދާ މިންވަރު އިތުރު ވަމުން އަންނަ ކަމަށް ފާހަގަ ކުރެވެއެވެ.