މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 727 ވަނަ ޞަފްޙާ

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން، އޮކްޓޫބަރު މަހުގެ 3 ސަރުކާރު ބަންދު

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން، އޮކްޓޫބަރު މަހުގެ 3 ސަރުކާރު ބަންދު

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރުމަށް، އަންނަ އޮކްޓޫބަރުމަހުގެ 3 ވަނަދުވަސް ސަރުކާރު ބަންދުކުރުމަށް ނިންމަވައިފި އެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ، މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން 2022 އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށެވެ....

އިބްރާހިމް އަސްވާޤް
ދީނަށް ފުރައްސާރަކުރި މީހާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް، އެކަމަކު މިނިވަންވެއްޖެ

ދީނަށް ފުރައްސާރަކުރި މީހާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް، އެކަމަކު މިނިވަންވެއްޖެ

ސޯޝަލް މީޑިއާގައި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖްތަބާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް މިއަދު އިއްވިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ މިއަދު މިިނިވަންވެއްޖެ އެވެ. ރުސްތުމްގެ މައްޗަށް ދައުލަތުން ކުރި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފަ އެވެ. ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. […]

ހުސައިން ހަބީބް
ސަވާދީއްތަ ދަތުރުން ފަތުރުވެރިންނަށް "އަސްލު ދިވެހިރާއްޖެ" އެނގިގެންދޭ: ރާއިދު

ސަވާދީއްތަ ދަތުރުން ފަތުރުވެރިންނަށް "އަސްލު ދިވެހިރާއްޖެ" އެނގިގެންދޭ: ރާއިދު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިސްތިހާރުކުރުމަށް ކުރިއަށް ގެންދާ ޔޮޓް ރެލީ، ”ސަވާދީއްތަ ދަތުރު”ގެ ސަބަބުން ފަތުރުވެރިންނަށް “އަސްލު ދިވެހިރާއްޖެ” އެނގިގެންދާކަމަށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވެއްޖެއެވެ. މި ދަތުރުގެ ފުރަތަމަ ބުރު ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ހއ. ހޯރަފުށިންނެވެ. މި ބުރުގައި ކުރިއަށް ގެންދިޔަ ދަތުރުގައި 12 ޔޮޓެއް ބައިވެރިވެފައި ވެއެވެ. މީގެ ތެރ...

މުޙައްމަދު ވަސީމް
އެމްސީއެސްއިން ހިންގި ''އިންސްޓްރަކްޓާ ޓްރެއިނިން ކޯސް'' ނިންމާލައިފި

އެމްސީއެސްއިން ހިންގި ''އިންސްޓްރަކްޓާ ޓްރެއިނިން ކޯސް'' ނިންމާލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ހިންގި ”އިންސްޓްރަކްޓަރ ޓްރޭނިންގ ކޯސް” ނިމުމުގެ ރަސްމިއްޔާތު އިއްޔެ މާފުށީ ޖަލުގައި ބާއްވައިފިއެވެ. މި ކޯހަކީ އެމްސީއެސްގެ މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން ހިންގި ކޯހެކެވެ. އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދިޔަ  15 ދުވަހުގެ މި ކޯހުގެ މިއީ ފުރަތަމަ ބެޗުކަމަށް އެމްސީ...

ޔުމްނާ ޢަލީ
އެއްޖިއްސުން ގުޅުން ހިންގަނީ ރުހިގެން ކަމަށްބުނެ މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެ: އިޔާޟް

އެއްޖިއްސުން ގުޅުން ހިންގަނީ ރުހިގެން ކަމަށްބުނެ މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެ: އިޔާޟް

އެއްޖިއްސުން ގުޅުން ހިންގާ މީހުން އެކަން ކުރަނީ އެމީހުން ރުހިގެން ކަމަށްބުނެ، މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެކަމަށް ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ދާދިފަހުން ވަނީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރު އާއެކު ރާއްޖޭގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެފައެވެ. އެ ތުހުމަތު ކުރެވުނު ބައެއް މީހުންގެ ވީޑިއޯތައް ވެސް މީސް މީޑިއާގައި ޢާންމު ވިޔެވެ. އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކ...

މުޙައްމަދު ވަސީމް
ދިއްގަރާއި ގާދިއްފުށީގެ ބައި-އިލެކްޝަން: ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދައިފި

ދިއްގަރާއި ގާދިއްފުށީގެ ބައި-އިލެކްޝަން: ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދައިފި

މ. ދިއްގަރާއި ތ. ގާދިއްފުށީގެ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމަށް މީހުން އިންތިޚާބު ކުރުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ކުރި ހޯދައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މ. ދިއްގަރު ކައުންސިލަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބުދުﷲ ޢާރިފްއެވެ. އޭނާއަށް 375 ވޯ...

އަލީ އާދިލް
ނޮޅިވަރަމް ތަރައްޤީއަށް އެންމެ މުހިންމުވެފައިވާ ކަންކަން ހިއްސާކޮށްފި

ނޮޅިވަރަމް ތަރައްޤީއަށް އެންމެ މުހިންމުވެފައިވާ ކަންކަން ހިއްސާކޮށްފި

ހދ. ނޮޅިވަރަމްގެ ތަރައްޤީއަށް މިހާރަށް އެންމެ މުހިންމު ކަންކަން އެރަށު ކައުންސިލާއި، އެރަށު މުއައްސަސާތަކުގެ ވެރިން ނައިބު ރައީސް ފައިސަލް ނަސީމަށް ދަންނަވައިފިއެވެ. މި ކަންކަން ނައިބު ރައީސާއި ހިއްސާ ކުރަށްވާފައި ވަނީ، ނައިބު ފައިޞަލް ނަސީމް، ނޮޅިވަރަމް ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައެވެ. މިއަދު ހަވީރު ނޮޅިވަރަމް ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލު...

ޔުމްނާ ޢަލީ
ދެވަނަ ދައުރެއް ލިބުނަސް ވައްކަންނޫން އެހެން ކަމެއް ނުކުރާނެ: ޝިފާޢު

ދެވަނަ ދައުރެއް ލިބުނަސް ވައްކަންނޫން އެހެން ކަމެއް ނުކުރާނެ: ޝިފާޢު

ކުރީގެ ރައީސް، އިދިކޮޅު ލީޑަރު އަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށް ދެވަނަ ދައުރަކު ރާއްޖޭގެ ވެރިކަން ކުރާން ފުރުސަތު ލިބުނު ނަމަވެސް ވައްކަންނޫން އެހެން ކަމެއް ނުކުރާނެކަން ޔަގީންވާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަކީ ކުރީ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު ޚިޔާނާތުގެ ޢަމަލެވެ. އެ ޚިޔާނާތަށް އިޝާރާތް ކުރައް...

އަލީ އާދިލް
''ކޯވިޑާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުން ދެއްކީ ނަމޫނާއެއް''

''ކޯވިޑާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުން ދެއްކީ ނަމޫނާއެއް''

ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދިވެހި ޒުވާނުންގެ ފަރާތުން ވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަ ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ.ގެ އޮފީސް ގުޅިގެން، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައ...

ޔުމްނާ ޢަލީ
''ރާއްޖޭގެ ތަރައްޤީގައި ޒުވާން އާބާދީ އަދާކުރަނީ ވަރަށް މުހިންމު ދައުރެއް''

''ރާއްޖޭގެ ތަރައްޤީގައި ޒުވާން އާބާދީ އަދާކުރަނީ ވަރަށް މުހިންމު ދައުރެއް''

ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި، ރާއްޖޭގެ ޒުވާން އާބާދީ އަދާކުރަމުން ދަނީ ވަރަށް މުހިންމު ދައުރެއް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ ގެ އޮފީސް ގުޅިގެން، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި...

އަލީ އާދިލް
ތިލަދުންމަތީ ފަސް ސްކޫލެއްގެ ދަރިވަރުންނާއެކު ފުރާވަރު ކޭމްޕު އުތީމުގައި ފަށައިފި

ތިލަދުންމަތީ ފަސް ސްކޫލެއްގެ ދަރިވަރުންނާއެކު ފުރާވަރު ކޭމްޕު އުތީމުގައި ފަށައިފި

ތިލަދުންމަތީގެ ފަސް ސްކޫލެއްގެ ދަރިވަރުންނާއެކު ފުރާވަރު ކޭމްޕު އުތީމުގައި މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ. މިކޭމްޕް ކުރިއަށް ދާނީ ތިން ދުވަހުގެ މުއްދަތަށް އުތީމު ގާޒީ ބަންޑާރައިން ސްކޫލުގައެވެ. މި ކޭމްޕްއާއި ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިކޭޕްގައި ތިލަދުންމަތީ އުތުރުބުރީ ފަސް ސްކޫލެއް ހިމެނޭހެން ޖުމްލަ 131 ދަރިވަރުން ބައިވެރިވެއެވެ. އެދަރިވަރުންގެ ތެރޭގައި ހިމެނެނީ 61 އަންހެން ދަރިވަރުންނާއި 70 ފިރިހެން ދަރިވަރުންނެވެ. މި ކޭމްޕުގައި ބައިވެރިވަނީ ގާޒީ ބަންޑާރައިން ސްކޫލުގެ ދަރިވ...

އަލީ އާދިލް
މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ އެބަފެނޭ: ނައިބު ރައީސް

މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ އެބަފެނޭ: ނައިބު ރައީސް

އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ނަތީޖާފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިހެން ވިދާޅުވީ، ޢިމާދުއްދީން ސްކޫލުގައި ޤާއިމްކުރި “ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި” އިފްތިތާޙްކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައ...

ޔުމްނާ ޢަލީ
ވެރިކަމަށް އަންނަން ކޯލިޝަނެއް ބޭނުމެއް ނޫން: ސިޔާމް

ވެރިކަމަށް އަންނަން ކޯލިޝަނެއް ބޭނުމެއް ނޫން: ސިޔާމް

މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެރިކަމަށް އައުމަށް ކޯލިޝަނެއް ބޭނުން ނުވާ ކަމަށާއި، އެފަދަ ވިސްނުމެއް ވެސް ނެތް ކަމަށް އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ސިޔާމް ވިދާޅުވީ އެމްޑީއޭ އަކީ ސާފުތާހިރު ބައެއް ކަމަށެވެ. އެ ޕާޓީގެ ފަސްބައި ވަރަށް ސާފު ވާނެ ކަމަށާއި، ވެރިކަމަށް އަންނަން ބޭނުން ނަމަ ކޯލިޝަނެއް ބޭނުމެއް ނުވާނެ ކަމަށެވެ. އަންނަ އަހަރު އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބަށް ވެސް […]

ޝިއުނާ އާދަމް
ޓީ ޖެޓީއަށް ގާތްކުރާ އަތޮޅު ފެރީން އަނެއްކާ ވެސް ފީ ނަގަނީ

ޓީ ޖެޓީއަށް ގާތްކުރާ އަތޮޅު ފެރީން އަނެއްކާ ވެސް ފީ ނަގަނީ

މާލޭގެ ޓީޖެޓީ ސަރަހައްދުގައި ބަނދަރުކުރާ ރަށްރަށުގެ ފެރީތަކުން އަނެއްކާ ވެސް ފީ ނަގަން ފަށަން އެމްޕީއެލުން ނިންމައިފި އެވެ. ޓީޖެޓީ އަކީ، ރަށްރަށަށް ބޭނުންވާ އަސާސީ މުދާ ބަލާ މާލެ އަންނަ އުޅަނދުފަހަރާއި ފެރީތައް އާންމުކޮށް ބަނދަރުކުރާ ސަރަހައްދެވެ. އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން އެ ބަނދަރަށް ކައިރިކުރާ އުޅަނދުތަކުން ފީ ނުނަގާގޮތަށް ދިން ލުއި އުވާލަން ނިންމާފައި ވާ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން އެ ލުއިތައް އުވާލާނެ ކަމަށް […]

ޝިއުނާ އާދަމް
ނާޒިމް ސައްތާރު ބަންދުން ދޫކޮށްލައިފި

ނާޒިމް ސައްތާރު ބަންދުން ދޫކޮށްލައިފި

ލިވާތުކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުރި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ދޫކޮށްލައިފިއެވެ. ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރު އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ނާޒިމްގެ ބަންދުގެ މުއްދަތާމެދު ގޮތް ނިންމުމަށް ޖުލައި 29 ވަނަ ދުވަހު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާ ހަތް ދުވަހު ބަންދުގައި ބަހައްޓަން މުއްދަތު ޖަހާފައެވެ. އެ މުއްދަތު ހަމަވާތީ އޯގަސްޓް 5 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް...

އަލީ އާދިލް