ހުނަރާއި އީޖާދުގެ މަރުކަޒު ”ފަންނު ވެށި” މިރޭ އިފްތިތާޙްކޮށްފިއެވެ. ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީން ދިނުމަށްޓަކައި ގާއިމްކުރާ ހަބް ސްކޫލްތަކުގެ ތެރެއިން ޢިމާދުއްދީން ސްކޫލުގައި ޤާއިމްކުރި ހުނަރާއި އީޖާދުގެ މަރުކަޒު ”ފަންނު ވެށި” މިރޭ އިފްތިތާޙްކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންވެސް ހިމެނޭހެން ތަޢުލީމާއި ތަމްރީން ފޯރުވައިދިނުމަށް ގާއިމް ކުރާ މި މަރުކަޒަކީ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ގާނޫނުގައި...
ތިލަދުން
ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް ފަތުރަމުން ދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ބިދޭސީ ފިރިހެނަކާއި އެކު ދިވެހިން އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް މި ފަހުން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކި ދުވަސް މަތިން މިފަދަ އެކި ވީޑިއޯ އާންމުކުރާއިރު، މި ވީޑިއޯތަކުން ފެންނަ މީހުން ކަމަށް ތުހުމަތުވާ މީހުންގެ ވަނަަރު ވެސް ބައެއް މީހުން އަންނަނީ އާންމުކުރަމުންނެވެ. އެކަމާ ގުޅިގެން […]
ޝިއުނާ އާދަމް
އެއް ޖިންސުން ގުޅުން ހިންގި ބައެއްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފިއެވެ. އަލަމް ގިރި ނަމަކަށް ކިޔާ ބިދޭސީ އަކާއި އެކު އެއް ޖިންސުން ގުޅުން ހިންގި ބައެއްގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، އޭގެ ފަހުން އެ ނޫން ވެސް ބައެއް މީހުންގެ ވީޑިއޯ އާންމުވެފައިވާއިރު، މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ […]
ޝިއުނާ އާދަމް
ބަދުއަހުލާގީ ވީޑިއޯތަކާއި، ބައެއް މަރުތަކުގެ ރިޕޯޓުތައް ގެންނައިރު، އެއްވެސް ސެންސަރެއް ނެތި އެކަން ކުރާތީ އެޑިޓަރސް ގިލްޑުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޑިޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީއަކު ގިނަ ބަޔަކާ އެކު އެއްޖިއްސުން ގުޅުން ހިނގި ކަމަށް ބުނެ ލީކްވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން ރިޕޯޓުކުރާއިރު އެ މަންޒަރުތައް ލޮލަށް ސާފުވާހެން ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ. އެއްޖިއްސުން ގުޅުން ހިންގުމަކީ މާތްالله ނަކީ ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށް ވާއިރު އެ ފާހިޝް...
ޝިއުނާ އާދަމް
ސިޔާސީ ޕާޓީތަކުން މީޙުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ފޯމުތަކެއްތޯ ޔަގީންކުރުމަށް ލިސްޓު އާންމުކޮށްފިއެވެ. އެއް ޕާޓީގައި ހުންނަ މީހާ އަނެއް ޕާޓީއަށް ރަޖިސްޓްރީ ކުރުމާއި، ނޭނގި ޕާޓީތަކުގައި މީހުން ރަޖިސްޓްރީކޮށްފައި ހުންނަ މައްސަލަތައް ފެންމަތިވާވަރު ބޮޑުވެ އެކަން ހައްލުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ އައު އުސޫލުތަކެއް ހަދާފައެވެ. އެގޮތުން މިހާރު ޕާޓީތަކުން ހުށަހަޅާ ފޯމުތައް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އެ ފޯމުތަކުގެ ލިސްޓު އާންމު...
ޝިއުނާ އާދަމް
ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ކުރި މަސްތުވާތަކެތީގެ ބޮޑު ދައުވާ އޭނާގެ މައްޗަށް ސާބިތުނުވެ، ކްރިމިނަލް ކޯޓުގައި މިއަދު އޭނާ ސަލާމަތްވެއްޖެ އެވެ. ކުށް ސާބިތުވި ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު، އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ ފަދަ ބޮޑު ދައުވާ މަލްގެ މައްޗަށް އުފުލީ އޭނާ 2019 ވަނަ އަހަރު މާމިގިއްޔަށް ދިޔައިރު އޭނާގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ. މަލްގެ އިތުރުން އިތުރު އަންހެނަކަށް ވެސް […]
ހުސައިން ހަބީބް
އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ. މިކަމާއި ގުޅޭގޮތުން އެމްޕީއެލް ސްޕޯކްޕާރސަން ދާނިޝް ނިޒާމް މީޑިޔާތަކަށް މަޢުލޫމާތު ހިއްސާކުރަމުން ބުނީ، މާލެ ކޮމާރޝަލް ހާބަރުގައި ހުރި ކޮންޓެއިނަރެއްގެ ތެރޭގައި ހުރި ކްލީނިންގ އައިޓަމް ތަކެއް ލީކްވެގެން ދުންއަރާތީ އެމްއެންޑީއެފުން އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ކެމިކަލް ރިލޭޓެޑް ހާލަތްތަކުގައި އެކުންފުނީގައި އަމަލުކުރުމުނ...
އަލީ އާދިލް
ދިވެހި ނޫސްވެރިންނަށް އިތުރު ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައިހުންނަ ޖަޕާންގެ އެމްބަސީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގަ އެވެ. މި މަޝްވަރާ ތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަފާޢު ހަސަން، މެންބަރު އަލީ ހުސައިން، މެންބަރު އިބްރާހިމް ފައުޒީ އަދި ކައުންސިލުގެ ސެކް...
ޔުމްނާ ޢަލީ
ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް މިއަދު ފޮނުވައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު މިއަދު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފޮނުވީ ކޮން ޤައުމަކަށް ކަމެއް ވިދާޅެއްނުވެއެވެ. ރަޙުމްކުޑަ، އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މި އޯގަސްޓްމަހުގެ 6 ވަނަ ދުވަހުގެ ރެއެވެ. މި ހާދިސާ ހިނގި ކަމުގެ...
އަލީ އާދިލް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގުމަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޤަރާރެއް ހުށަހަޅުއްވައިފި އެވެ. އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް (ޝިއްޕެ)ގެ ތާއީދާއެކު ނަޝީދު މިއަދު ހުށަހެޅުއްވި މި ޤަރާރުގައި ވިދާޅުވެފައި ވަނީ، ޤާނޫނުއަސާސީގައި ރާއް...
އަލީ އާދިލް
ހއ. ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރަން ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ. އަދި ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނައިހްއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ތަމްސީލް...
ޔުމްނާ ޢަލީ
ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ކުރީގެ ލޯބިވެރިޔާ ބްލެކްމެއިލްކޮށް އަދި ހުތުރުކަން ބޮޑު އަމަލުތަކެއް ހިންގަން މަޖުބޫރުކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހަކު ކުށް ސާބިތުނުވެ، މިނިވަންވެއްޖެ އެވެ. ސ. މަރަދޫ ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2015 ވަނަ އަހަރު އޭނާގެ ކުރީގެ ލޯބިވެރިޔާގެ ބަރަހަނާ މަންޒަރުތަކެއް ރެކޯޑް ކުރުމަށްފަހު ބްލެކްމެއިލް ކުރި މައްސަލާގަ އެވެ. ދައުލަތުން ބުނާގޮތުން ބްލެކްމެއިލް ކުރުމުގެ ގޮތުން އެ މީހާ ވަނީ ކުރީގެ ލޯބިވެރިޔާއަށް އޭނާގެ ބައްޕައާ އެކު ޖިންސީ […...
ހުސައިން ހަބީބް
ދަރިވަރުންނަށް ދޫކޮށްފައިވާ ފޮތްތަކުގެ ތެރެއިން ދީނާ ހިލާފު ވާހަކަ ހިމެނާފައި ވަނީ ކުރީގެ ޗާޕެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ދީނާ ހިލާފު ވާހަކަތަކެއް ހުރި ކަމަށް ފާހަގަވެފައި ވަނީ ގްރޭޑް 8ގެ ދަރިވަރުންގެ އިނގިރޭސި ފޮތްތަކުގައެވެ. އެކަމާ ގުޅިގެން މިނިސްްޓްރީން ބުނީ މައްސަލަ ހުރި ޗާޕަކީ 2014 ވަނަ އަހަރުގެ ޗާޕެއް ކަމަށެވެ. އޭރުވެސް އެ މައްސަލަ ފާހަގަވެ އެކަން އިސްލާހުކޮށްފައިވާ ކަމަށާއި، އައު ޗާޕުގައި އެ މައްސަލަ ނުހުންނާނެ ކަމަށެވެ. މިނިސްޓްރީން ބުނީ މައްސަލަ […]
ޝިއުނާ އާދަމް
އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢު މިއަދު ފަށައިފިއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވިދާޅުވިގޮތުގައި މިއީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބިޔަ މަޝްރޫޢުއެވެ. އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމި...
އަލީ އާދިލް
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަޝްރޫޢަށް 120،405،400.00 ރުފިޔާ ހޭދަވާއިރު، މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވިގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނާއެކު އެ މިނިސްޓްރީން މިއަދުވި އެއްބަސްވުމުގެ ދަށުން ދިއްދޫގައި 700 އަކަފޫޓު...
ޔުމްނާ ޢަލީ