ތިލަދުންމަތީގެ ފަސް ސްކޫލެއްގެ ދަރިވަރުންނާއެކު ފުރާވަރު ކޭމްޕު އުތީމުގައި މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.

މިކޭމްޕް ކުރިއަށް ދާނީ ތިން ދުވަހުގެ މުއްދަތަށް އުތީމު ގާޒީ ބަންޑާރައިން ސްކޫލުގައެވެ.

Ad
rt

މި ކޭމްޕްއާއި ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިކޭޕްގައި ތިލަދުންމަތީ އުތުރުބުރީ ފަސް ސްކޫލެއް ހިމެނޭހެން ޖުމްލަ 131 ދަރިވަރުން ބައިވެރިވެއެވެ. އެދަރިވަރުންގެ ތެރޭގައި ހިމެނެނީ 61 އަންހެން ދަރިވަރުންނާއި 70 ފިރިހެން ދަރިވަރުންނެވެ.

މި ކޭމްޕުގައި ބައިވެރިވަނީ ގާޒީ ބަންޑާރައިން ސްކޫލުގެ ދަރިވަރުންގެ އިތުރުން މުރައިދޫ ސްކޫލާއި ވަށަފަރު ސްކޫލާއި ފިއްލަދޫ ސްކޫލު އަދި ކުރިނބި ސްކޫލުގެ ދަރިވަރުން ބައިވެރިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކު އެފެއަރޒާއި ހއ.އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން ކުރިޔަށް ގެންދާ މި ކޭމްޕުގައި އިންސްޓަކްޓަރުންގެ ގޮތުގައި ހަރަކާތްތެރި ވަނީ މިފަދަ ކޭމްޕުތައް ހިންގުމުގެ ތަޖުރިބާ ހުރި ފުލުހުންނެވެ.