މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 725 ވަނަ ޞަފްޙާ

ފެންނަ ނުފެންނަ ވޯޓަކަށް ދެކޮޅެއް ނުހެދޭނެ: ނަޝީދު

ފެންނަ ނުފެންނަ ވޯޓަކަށް ދެކޮޅެއް ނުހެދޭނެ: ނަޝީދު

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި މެދު ދެކޮޅު ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިހާރު ވެރިކަން ހިންގަމުން އަންނަ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް ނަޝީދު އަންނަނީ މަސައްކަތްކުރައްވަމުންނެވެ. ރިޔާސީ ނިޒާމެއްގައި ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ރައީސް ނަޝީދަކީ އެންމެ ފުރަތަމަ 2008 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓު ނެގި އިރު ވެސް ބަރުލަމާނީ އަށް ތާއިދުކުރެއްވި ބޭ...

ޝިއުނާ އާދަމް
މީޑިއާނެޓު އޮފީހަށް މީހަކު ވަދެ މާރާމާރީ ހިންގައިފި

މީޑިއާނެޓު އޮފީހަށް މީހަކު ވަދެ މާރާމާރީ ހިންގައިފި

މާލޭގައި ހުންނަ މީޑިއާނެޓްގެ މައި އޮފީހުގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި އޯކިޑުމަގުގައި ހުންނަ އެ އޮފީހަށް މީހަކު ވަދެ މާރާމާރީ ހިންގާފައިވަނީ މިއަދު ހަވީރު 5:48 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ނަމަވެސް އަނިޔާވި މީހާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ޝިއުނާ އާދަމް
ތިން ޤައުމަކަށް ސަފީރުން އައްޔަނުކުރަން ރުހުން ދީފި

ތިން ޤައުމަކަށް ސަފީރުން އައްޔަނުކުރަން ރުހުން ދީފި

ރާއްޖެ އިން ތިން ޤައުމަކަށް އަލަށް ކަނޑައަޅާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. އެ ތިން ޤައުމަކީ އިންޑިއާ، މެލޭޝިއާ އަދި އެމެރިކާ އެވެ. އެ ޤައުމުތަކަށް ސަފީރުން އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ، ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ ބަހުސް ކުރުން ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު ވޯޓުގެ ގަޑީގައި ވަނީ ރާއްޖެ އިން އެ ތިން ޤައުމަށް […]

އަލީ އާދިލް
ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ނ. އަތޮޅު ކެނދިކުޅުދޫގައި ފުލުހުންގެ މަރުކަޒެއް ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވުމަށްފަހު މި ދެބޭފުޅުން ވަނީ ޕޮލިސް ސްޓޭޝަންގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަންގަވައި ދެއްވާފައެވެ. އެ ރަސްމިއްޔާތުގައި...

ޔުމްނާ ޢަލީ
އެމްޑީޕީ ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދިވަޑައިގެން އާޒިމްގެ ސިޓީއެއް

އެމްޑީޕީ ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދިވަޑައިގެން އާޒިމްގެ ސިޓީއެއް

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް ފަސްކޮށްދެއްވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެދިވަޑައިގެންފިއެވެ. އާޒިމް މި ގޮތަށް އެދިވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލަށް އެޑްރެސްކުރައްވައި މިއަދު ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި އާޒިމް ވިދާޅުވެފައި ވަނީ އެމްޑީޕީގެ އަސާސީގަވާއިދުގައި ބުނާގޮތުގެ މަތިން އެ ޕާޓީގެ އެންމެ އިސް ގުނަވަނަކީ އެ ޕާޓީގެ ކޮންގެރެސް ކަމަށެވެ. އަދި ކޮންގްރެސްގެ ކޮމްޕޮޒ...

އަލީ އާދިލް
އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނި ގޮތުގައި 2022 ވަނަ އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު 12:00 އިން ފެށިގެން ވަނީ ދޫކުރަން ފަށާފަ އެވެ. އެ ޑިޕާޓްމަންޓުން ބުނީ އިމްތިހާނުތަކުގެ ނަތީޖާ ލިބޭނީ އެ ދަރިވަރަކު އިމްތިހާނުގައި ބައިވެރިވި މަރުކަޒަކުން ކަމަށެވެ. އިމްތިހާނުގެ ނަތީޖާގައި މަައްސަލައެއްވާ ނަމަ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ […]

ޔުމްނާ ޢަލީ
ބައިނަލްއަޤުވާމީ މައިދާނުގައި ރަޝިޔާއިން ރާއްޖެއަށް ދޭ އެހީތެރިކަމަށް ރައީސް ޞާލިޙްގެ ޝުކުރު

ބައިނަލްއަޤުވާމީ މައިދާނުގައި ރަޝިޔާއިން ރާއްޖެއަށް ދޭ އެހީތެރިކަމަށް ރައީސް ޞާލިޙްގެ ޝުކުރު

ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިއީ ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ، ރައީސް ޞާލިޙްގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތެކެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ، ރާއްޖެއާއި ރަޝިޔާގެ ގުޅުން ބަދަހިކުރެއްވުމަށް ރަޝިޔާގެ ސަފީރު...

ޔުމްނާ ޢަލީ
ސްޓެލްކޯގެ އިންޖީނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސްޓެލްކޯގެ އިންޖީނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގްރޭޓަރ މާލޭ ސަރަހައްދުގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯގެ އިންޖީނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމް.އެން.ޑީ.އެފް އިން ވިދާޅުވީ ސްޓެލްކޯގެ އިންޖީނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް އެ އިންޖީނުގައި ރޯވި އަލިފާންގަނޑު މާގިނައިރުތަކެއް ނުވަނީސް ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:15 ގައެވެ. އަދި 12:26 ގައި އަލިފާން ނިވާލެވިފައިވާ ކަމަށް އެމް.އެން.ޑީ.އެފް އިން ވިދާޅުވެއެވެ....

އަލީ އާދިލް
17 ރަށެއްގައި ކުޅިވަރުގެ ވަސީލަތް ގާއިމްކުރަން ހަވާލުކޮށްފި

17 ރަށެއްގައި ކުޅިވަރުގެ ވަސީލަތް ގާއިމްކުރަން ހަވާލުކޮށްފި

17 ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނީ އެމްޕަވަރމަންޓުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ. އިއްޔެ ކޮންޓެރްކްޓަރުންނާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައިީ ހދ. ވައިކަރަދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުން ހިމެނެއެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މީގެ އިތުރަށް އއ. ފެރިދޫ، އއ. އުކުޅަސް، ށ.ފޭދޫ އަދި ހދ. ނާވައިދޫގައި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ގާއިމުކުރުމުގެ މަސައ...

ޝިއުނާ އާދަމް
ހުޅުމާލެ ބީޗުން ނުރައްކާތެރި ޖެލީ ފިޝް

ހުޅުމާލެ ބީޗުން ނުރައްކާތެރި ޖެލީ ފިޝް

ހުޅުމާލޭގެ އަތިރިމަތިން ނުރައްކާތެރި ބާވަތެއްގެ ޖެލީ ފިޝްތަކެއް ފެނިފައިވާތީ އަތިރިމައްޗާއި މޫދަށްދާ މީހުން އެކަމަށް ސަމާލުވުމަށް އެޗްޑީސީން އެދިއްޖެ އެވެ. ހުޅުމާލޭގެ އަތިރިމަތިން ފެންނަމުންދަނީ “ބްލޫ ބޮޓަލް” ނަމަކަށް ކިޔާ ބާވަތެއްގެ ޖެލީފިޝްތަކެކެވެ. ބީޗް ސަރަހައްދަށާއި މޫދަށް ގޮސްއުޅޭ އެންމެހާ ބޭފުޅުންގެ ސަމާލުކަމަށް ⚠️⚠️⚠️ pic.twitter.com/lJAniPuNHw — HDC (@hdcmaldives) August 17, 2022   އެޗްޑީސީން ބުނިގޮތުގައި ހުޅުމާލޭގެ އަތިރިމަތިން ވަރަށް ގިނަ އަދަދަކަށް މި ދަނީ ފެންނަމުންނެވެ. މި ޖެލީ ފިޝ...

ޝިއުނާ އާދަމް
ހިޔާ ފްލެޓެއްގައި އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓެއްގައި އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ދެފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. މީހަކު މިރޭ ފޭސް ބުކްގައި ވަނީ މި މަންޒަރުތައް ލައިވް ވެސް ކޮށްފައެވެ....

އަލީ އާދިލް
ކާނިވާ ސަރަހައްދުގައި ގައު އެތުރަމާއި ސިޔާސީ ޕާޓީއަކުން ބާއްވާ ޖަލްސާއަކާ ގުޅުމެއްނެތް: މާލެ ސިޓީ ކައުންސިލް

ކާނިވާ ސަރަހައްދުގައި ގައު އެތުރަމާއި ސިޔާސީ ޕާޓީއަކުން ބާއްވާ ޖަލްސާއަކާ ގުޅުމެއްނެތް: މާލެ ސިޓީ ކައުންސިލް

ކާނިވާ ސަރަހައްދުގައި ގައު އެތުރަމާއި ސިޔާސީ ޕާޓީއަކުން ބާއްވާ ޖަލްސާއަކާ ގުޅުމެއްނެތް ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލްގެ ވެހިކަލްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަަމަށް ތުހުމަތުކޮށް ފޮޓޯތަކަކާއެކު އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ނައިބު ރައީސް ހުސައިން ޝިފާއު މިއަދު ވަނީ ޓްވީޓެއް ކޮށްފައެވެ. ޝިފާއުގެ ޓްވީޓްގައި ހިމެނޭ ފޮޓޯތަކާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލެ ސިޓީގައި މިނީބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރ...

ޔުމްނާ ޢަލީ
އަދާލަތަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ، އިސްކުރާނީ ގައުމުގެ މަސްލަހަތު: އިމްރާން

އަދާލަތަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ، އިސްކުރާނީ ގައުމުގެ މަސްލަހަތު: އިމްރާން

ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި އަދާލަތު ޕާޓީ (އޭޕީ) އަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި، ނަމަވެސް އެ ޕާޓީން އިސްކުރާނީ ގައުމުގެ މަސްލަހަތުކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ސައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސްވައިގާ ހިފާފައިވާއިރު، އިމްރާން ކުރިން ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ،  ބަރުލަމާނީ […]

އަލީ އާދިލް
ގާސިމް ވެސް ތާއީދު ކުރަށްވަނީ ރިޔާސީ ނިޒާމަށް

ގާސިމް ވެސް ތާއީދު ކުރަށްވަނީ ރިޔާސީ ނިޒާމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ތާއީދު ކުރައްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި އޮތުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޓަވާފައެވެ. އަންނަ ހުކުރު ދުވަހު އޮންނަ އެ ޕާޓީގެ ކޮންގްރެސްއަށް މިކަމާބެހޭ ގަރާރެއް ހުށަހަޅުއްވައި، އެމްޑީ...

އަލީ އާދިލް
ޝާހިދުވެސް ހުންނެވީ ތިން ބާރު ވަކިކޮށް އޮންނަ ރިޔާސީ ނިޒާމްގެ ދިފާއުގައި

ޝާހިދުވެސް ހުންނެވީ ތިން ބާރު ވަކިކޮށް އޮންނަ ރިޔާސީ ނިޒާމްގެ ދިފާއުގައި

އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ތާއިދު އޮތީ ރިޔާސީ ނިޒާމަށްކަން ހާމަ ކުރައްވާ ރިޔާސީ ނިޒާމުގެ ދިފާއުގައި އެމަނިކުފާނު މިއަދު ނިކުންނަވައިފި އެވެ. ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާމަކުރައްވާފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމ...

އަލީ އާދިލް