ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގައި ނަގާ ވޯޓުތައް ހާމަކޮށް ގެންދަން ފާސްކޮށްފިއެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަގޮތުން ނަމަ ކޮންގްރެސްގެ ވޯޓުލުން ކުރިއަށްދަނީ ސިއްރުންނެވެ. އެކަމަކު ކޮންގްރެސްގައި މިއަދު ނަގާ ހުރިހާ ވޯޓެއް ކުރިޔަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ވަކި ވޯޓެއްނަގައި އަގުލަބިއްޔަތުން ނިންމީ ހާމަކޮށް އެކަން ގެންދާށެވެ. އެގޮތުން 776 ކޮންގްރެސްމަނުން ވޯޓު ދެއްވީ ހާމަކޮށްގެން ކުރިޔަށް ގެންދިޔުމަށ...
ޝިއުނާ އާދަމް
ވެރިކަންކުރާ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަަން ނިންމަވައިފިއެވެ. އެމްޑީޕީގެ އިސް ބޭފުޅަކު ވަނީ މިކަން “ތިލަދުން” އަށް ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމެވި ނަމަވެސް ރަސްމީކޮށް އަދި އެ ގަރާރު އަނބުރާ ގެންދަވާފައި ނުވާކަމަށެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމްޑީޕީ ކޮންގްރެސްއަށް ރުހުން ހޯދަން ނަޝީދު ހުށަހެޅުއްވި ގަރާރާ ރައީސް އިބްރާހިމް މުހައ...
ޝިއުނާ އާދަމް
އިންޑިއާގެ އެމިޓީ ޔުނިވާސިޓީ (ނޮއިޑާ) އިން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ނޫސްވެރިންނާއި އެޑިޓަރުންގެ ވަފުދެއް އިންޑިއާ އަށް މިއަދު ފުރައިފި އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ “އިން ސަރވިސް ޓްރެއިނިންގެ އޮފް އެޑިޓަރސް އެންޑް ޖަރނަލިސްޓްސް އޮފް މޯލްޑިވްސް” ގެ ނަމުގައި އިންޑިއާގެ އެމިޓީ ޔުނިވާސިޓީ އިން އިންތިޒާމްކުރާ 8 ދުވަހުގެ މި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުރި ދިވެހި ނޫސްވެރިންނާއި އެޑިޓަރުންގެ ވަފުދުގައި ޖުމްލަ 20 ފަރާތެއް ހިމެނޭ ކ...
ޔުމްނާ ޢަލީ
އަށް ރަށެއްގައި އައުޓް ޑޯ ވޮލީކޯޓު އަޅަން ޔޫތު މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. އެރަށްތަކުގައި އައުޓްޑޯ ވޮލީކޯޓު ތަރައްޤީކުރުމަށް ޔޫތު މިނިސްޓްރީން މިއަދު ހަވާލުކުރީ ޓްރިޕަލް އެއިޓް އަދި ބްރިލިއަންޓް ކޮމްޕެނީ އާއެވެ. މިއަދު ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ދަށުން ހދ. ކުރިނބީ، ޅ. ކުރެންދޫ އަދި ބ. ދަރަވަންދޫ ގައި ވޮލީކޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައި ވަނީ ޓްރިޕަލް އެއިޓް އަށެވެ. މޯގެ އިތުރުން ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ނ. މާފަރު އަދި ބ. ކިހާދޫގެ އިތުރުން […]
ޔުމްނާ ޢަލީ
އަތޮޅުތެރޭގެ ރަށްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް އައި އިރު 19 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ނިޒާމަށް ގައުމު ހިންގުމުގެ އުސޫލުގެ ދަށުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެކު ކޮންމެ ރަށެއްގެ ވެސް ލޭންޑް ޔޫޒް ޕްލޭން އެ ރަށެއްގެ ކައުންސިލުން ހެދުން ލާޒިމްކުރެއެވެ. މީގެ ކުރިން ކައުންސިލްތަކަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަތޮޅާއި […]
ޝިއުނާ އާދަމް
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ތެރޭގައި ކުންފުނިތަކުން މަޖުބޫރުކޮށްގެން މުވައްޒަފުންގެ ސިޔާސީ ނިންމުންތަކާ ގުޅުވައި ވަޒީފާ ގެއްލުވާލާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެނަކައިން މިސާލު ނެގީ އެ ކުންފުންޏަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކޮންގްރެސްގައި އަމަލުކުރާ ގޮތަކުން ވަޒީފާއަށް އެއްވެސް ހިޔަންޏެއް ނޭޅޭނެ ކަމުގެ ޔަގީންކަ...
ޝިއުނާ އާދަމް
މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ގޮތުގައި ފެށި ހިޔާ މަޝްރޫއުގެ ބޮޑު ބައި ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހިޔާ މަޝްރޫއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައިގެން އެތަނުގައި ފެށި ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އެ މަޝްރޫއު ނުނިމެނީސް ވެރިކަން ބަދަލުވެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ނިންމީ މި ސަރުކާރުންނެވެ. އެކަމަކު ރަ...
ޝިއުނާ އާދަމް
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ 6،500 ރުފިޔާއަށް ކުޑަކޮށްފިއެވެ. ނިމުނު ދައުރުގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިމްތިޙާންގެ ފީ އެއް ކަމުގައި ކަނޑައަޅާފައި ވަނީ 10،000 ރުފިޔާއެވެ. ނަމަވެސް އަލަށް ހޮވުނު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ވަނީ މި ޢަދަދު ކުޑަކޮށް އެކަން މިއަދު ޢިއުލާން ކޮށްފައެވެ. ބާ އިމްތިހާނު މިހާރު ބޭއްވުމަށް […]
ޔުމްނާ ޢަލީ
އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ބަރުލަމާނީ ނިޒާމަށް ވަކާލާތު ކުރައްވައި، ރިޔާސީ ނިޒާމަކީ މަޖުބޫރުވި ނިޒާމެއް ކަމަށް ވިދާޅުވެއްޖެއެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތްކުރައްވާ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސް އަށް އެމަނިކުފާނު ގަރާރެއް ހުށަހަޅާފައިވާއިރު، އެމަނިކުފާނު އަންނަނީ އެފަދަ ވޯޓަކަށް އެއްވެސް ބަޔަކަށް ނޫނެކޭ ނުބުނެވޭނެ ކަމަށް ވިދާޅުވަމުންނެވެ. 2008 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތ...
ޝިއުނާ އާދަމް
މި ސަރުކާރު ނޫއިގުތިސޯދު މިއޮތީ ހަގީގަތުގައި ވެސް ނޫފައިގެންފައިކަމަށް ވިދާޅުވެ މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ. މި ސަރުކާރުން ރާއްޖޭގެ ދަރަނި ރެކޯޑު މިންވަރަކަށް އުފުލާލިއިރު އިގުތިސޯދު ދުޅަހެޔޮކޮށް އާރާސްތުކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތަށް ފާޑު ވިދާޅުވެފައިވަނީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ދެ...
އަލީ އާދިލް
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެކަމަށާއި 700 ޑޮލަރު ގެއަށް ނުގެންދާ އެންމެ ކުއްޖަކުވެސް ރިސޯޓެއްގައި ނެތްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރޭ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، މި ސަރުކާރަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ އަދި ރައްޔިތުންގެ އަޑު ވަރަށް ކައިރިން އަހާ ސަރުކާރެއްކަން ހާމަކުރައްވަމު...
އަލީ އާދިލް
އެއްވެސް ބަޔަކަށް ހުރިހާ ކަމެއްގައި އެއްބަސް ނުވެވޭނެ ކަމަށާއި، އެމްޑީޕީގައި އޮތް ގޮތަކީ ޚިޔާލުތަފާތުވުންތަކާއި އެކު ކުރިއަށްދިއުން ކަމަށް އެ ޕާޓީގެ ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީއެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށާއި، ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ ކަމަށެވެ. ”އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރ...
ޝިއުނާ އާދަމް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ބޮޑު ޚިޔާނާތުގެ މައްސަލަ އޮއްބާލައި އެކަމުގައި ހިމެނޭ ކަންތައްތަކެއް ސިއްރުކުރަން އުޅޭ ކަމަށް އެމަނިކުފާނު ތުހުމަތުކުރައްވައިފިއެވެ. ކުރިއަށް 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބަށް އެޕާޓީން ވާ ތައްޔާރީތަކުގެ ތެރެއިން ރިޔާސީ ޓިކެޓު ރައީސް ޔާމީނާ ހަވާލުކުރުމަށް މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ ތެރޭގައި ވެސް އިންތިހާއަށް ކޮރަޕްޝަން އެބައޮތް ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މައްސަލަ މިހާ ދިގުލ...
ޝިއުނާ އާދަމް
އިދިކޮޅު ޕްރޮގްރެސިވްއިދިކޮޅު ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކޮށްފައި ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމާއި މިރޭ ހަވާލު ކޮށްފިއެވެ. އިދިކޮޅު ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުންދާ ‘ހަވާލޭ ވަތަން’ ޖަލްސާގައެވެ. މާލޭގެ ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށްދާ މި ޖަލްސާގައި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ކޮންމެ ރަށަކުން ރައްޔިތުން ތަމްސީލުކުރާ މަންދޫބެއް ރައީސް ޔާމީނަށް ރިޔާސީ...
ޔުމްނާ ޢަލީ
މާލެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އަޅާފައި އޮތް ފަށް ފޭރިގަތް މީހާ ހައްޔަރުކޮށްފިއެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަގޮތުގައި މާލޭގެ މަގުމަތިން ދިޔަ އެ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެ ފިރިހެނެކެވެ. އޭގެ ތެރެއިން ފަށް ޖަހައިގަތީ ފަހަތުގައި އިން މީހާއެވެ. އެ ވީޑިއޯއިން ދެމީހުންގެ މޫނު ވެސް ސާފުކޮށް ފެނެއެވެ. މި މައްސަލާގައި ސައިކަލު ދުށްވަން އިން މީހާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. […]
ޝިއުނާ އާދަމް