މާލޭގައި ހުންނަ މީޑިއާނެޓްގެ މައި އޮފީހުގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނިގޮތުގައި އޯކިޑުމަގުގައި ހުންނަ އެ އޮފީހަށް މީހަކު ވަދެ މާރާމާރީ ހިންގާފައިވަނީ މިއަދު ހަވީރު 5:48 ހާއިރުއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ނަމަވެސް އަނިޔާވި މީހާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!