ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ ދެ ދިރާސާއެއް އިއްޔެ ލޯންޗު ކޮށްފިއެވެ. ޔޫ.އެސް އެއިޑްގެ އެހީތެރިކަމާއެކު ޓްރާންސްޕޭރެންސީން ކުރިއަށް ގެންދިޔަ މި ދެ ދިރާސާއަކީ “ގާނޫނާ ޚިލާފްވާ މީހުންނާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމައަށް އައުމަށް ހުރި ފުރުސަތާއި ގުޅޭ ހާލަތު ދެނެގަތުމުގެ ސަރވޭ 2022 ރިޕޯޓް” އަދި “ރާއްޖޭގެ ޖަލުތަކުގައި ހައްދުފަހަނައަޅައި ދިއުން ހިނގާ ގޮތް ދެނެގަތުމުގެ ދިރާސާ ރިޕޯޓް” އެވެ. ދިރާސާގެ ރިޕޯޓު ލޯންޗް ކޮށްދެއްވުމަށްފ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަތަރު ވަނަ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް އެ ޕާޓީން ފަށައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ޖޭޕީގެ މައި ޖަގަހަ، ކްނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ލީޑަރު، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާޙީމް ވިދާޅުވީ، އެ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިގޮތުން އެކަމަށް ހަތް މެންބަރުންގެ ސްޓިއަރިން ކޮމެޓީއެއް އެ ޕާޓީގެ ކައުންސިލުން ނަގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގ...
އަލީ އާދިލް
ދިހަ ސައިންސްވެރިން ހިމެނޭ ބައިނަލްއަޤްވާމީ ޓިމަކާއެކު ދިވެހިރާއްޖޭގެ ފުން ކަނޑުތައް ދިރާސާ ކުރަން ހަމަޖެހިފައިވާ ނެކްޓަން މިޝަންގައި ދިވެހި ދެ އަންހެނުން ބައިވެރިވާގޮތަށް ހަމަޖެހި ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ. މި ދިރާސާ މިޝަންއާއި އެކު ދުނިޔެ ހޫނުވުމުން ލިބިދޭ ގެއްލުންތަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ހޯދިގެންދާނެއެވެ. މި މިޝަންގައި ބައިވެރިވާ ދިވެހިންގެ ޓިމް ލީޑް ކުރަން ހަމަޖެހިފައިވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނައީ...
އަލީ އާދިލް
އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އަލަމްގީރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ އުފުލައި އަޑުއެހުންތައް އިއްޔެ ފަށާފައިވާއިރު، އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ކުރ...
ޔުމްނާ ޢަލީ
އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ނ. އަތޮޅާއި، މާލެއާއި ދެމެދު ދަތުރުކުރާ، ލަންދޫ ބޯޓު ގާފަރު ކައިރިއަށް ދިޔައީ މިއަދު ހެނދުނުއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ލަންދޫ ބޯޓު، އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ. […]
ޔުމްނާ ޢަލީ
ނ. އަތޮޅާއި، މާލެއާއި ދެމެދު ދަތުރުކުރާ، ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ “ލަންދޫ ބޯޓު” ވަނީ ދިޔަވެ ކ. ގާފަރު ފަރަށް އަރާފައި ކަމަށެވެ. މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައް ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. ”ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުން. މި ހާދިސާގެ މަޢުލޫމާތ...
ޔުމްނާ ޢަލީ
ޚިޔާލު ތަފާތުވުން ހުރިނަމަވެސް މާލޭ ސިޓީގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އުފަލާއެކީ އެއްބާރުން ދެއްވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުޢިއްޒު މިހެން ވިދާޅުވީ، މާލޭގެ އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށްފަހު ދެއްވި ވީޑިއޯ މެސެޖެއްގައެވެ. މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަ...
އަލީ އާދިލް
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި އަތުލައިގަތުމަށްފަހު، މި ތަކެއްޗާއި މި މައްސަލާގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ކަސްޓަމްސްއަށް މަސްތުވާތަކެތި އަތުލައިގަނެވުނީ މިދިޔަ ޖޫން 29 ވަަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށެވެ. އެއީ މެފެޑްރޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އަތުލައިގަނެވުނު މަސްތުވާ...
ޔުމްނާ ޢަލީ
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކުރީގެ މުޝީރު އިބްރާހިމް ރާފިއު (އެމްޑީޕީ ރާއްޕެ) ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ އިދާރާގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ. އެހެންވ...
އަލީ އާދިލް
ރ. އުނގޫފާރުގައި ފީނަން ގޮސްއުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އުނގޫފާރުން ފީނަންދިޔަ މީހަކު ގެނބިފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް މިއަދު ލިބުނު ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދެއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ، 25 އަހަރުގެ މީހެކެވެ. މިކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ.
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ކުރެހުމުގެ މުބާރާތަކީ، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މި މުބާރާތުގައި ތިން ތީމަކަށް ކުރެހުންތައް ކުރެހެއެވެ. އެ ތީމް ތަަކަކީ: ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި...
ޔުމްނާ ޢަލީ
އިންޑޮނޭޝިއާގެ ސްމާޓްރާއަށް މިއަދު ހެނދުނު އައި ބިން ހެލުމުން ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭކަމަށް ރާއްޖޭގެ މޫސުމާގުޅޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސަސް، މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން ބުނީ އިންޑޮނޭޝިއާގެ ސުމަތުރާއަށް މިއަދު ހެނދުނު 8:29 ގައި ބިންހެލުމެއ އައިސްފައިވާ ކަމަށެވެ. ’’ރާއްޖެއަށްވެސް އިހުސާސްކުރެވުނު. މިބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ’’ މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން މައުލޫމާތު ދެއްވާގޮތުގައި މި ބިންހެލުން އައިސްފައި ވަނީ މާލެއާއި...
ޔުމްނާ ޢަލީ
ޤައުމަށާއި ރަށްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތަށް ވާނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އަންނަ ދައުރަށް ވެރިކަމަށް ގެނަން މަސައްކަތް ކޮށްދިނުން ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި މަސައްކަތް ކުރަށްވާ ހަސަނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ހަސަނާ ވިދާޅުވީ، ޤައުމާއި ރަށްޔިތުންނަށް މިއަދު ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތަކަށްވާނީ ޕީޕީއެމް/ޕ...
އަލީ އާދިލް
ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މުލަކު އަތޮޅު ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކަ ފުޅުގައެވެ. މިއަދު މެންދުރުކުރި ވޭވަށުގެ އާ އިންޖީނުގެ ސަރަޙައްދުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓ...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދު، ވިޔަ މޮޑިއުލް އަދި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ. މި ޕްރޮގްރާމަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކަ...
ޔުމްނާ ޢަލީ