ރެޑްވޭވް ފިހާރައިން ދެ ސެންޓް ފުޅި ވަގަށް ނަގަން އުޅުނު މީހަކު 17،000ރ. އިން ޖޫރިމަނާކުރަން ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގަލޮޅު ދަނޑު ކައިރީގައި ހުންނަ ރެޑްވޭވުން ދެ ސެންޓު ފުޅި ވަގަށް ނަގައިގެން ޖިންސާއި އުނަގަނޑާ ދޭތެރެއަށް ޖަހައިގެން ދާން އުޅެނިކޮށް އަތުލައިގަތީ ސ. ހުޅުދޫ ދަނބުގަސްދޮށުގޭ އަބްދުﷲ ސަފީރެވެ.

Ad
rt

އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގަން އުޅުމުގެ ދައުވާއަށް އޭނާ އެއްބަސްވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވި އެވެ. އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ބާކީ އޮތް ދެ މަހާއި 29 ދުވަހުގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރީ އޭނާ އެދިގެންނެވެ. ޖޫރިމަނާއަށް ބަދަލު ކުރުމުން ޖެހުނީ 17،800ރ. އެވެ.

އެ ފައިސާ ތިން މަސް ތެރޭގައި މީރާއަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.