2023 ގެ "ބޮޑު ބަޖެޓު" މަޖިލީހަށް ހުށަހެޅުން މާދަމާ
އަންނަ 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ބަޖެޓު މާދަމާ މަޖިލިހަށް ހުށަހަޅަން ނިންމައިފި އެވެ. ދައުލަތުން އަންނަ އަހަރަށް ލަފާކުރައްވާފައިވާ 41.5 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވާނީ މިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މިިނިސްޓަރ މަޖިލީހަށް ވަޑައިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި، ހަރަދު ވާނެ ގޮތާއި، މަޝްރޫއުތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލު، ދެއްވާނެ އެވެ. ދައުލަތުގެ ފަރާތުން މާދަމާ ބަޖެޓް ހުށަހެޅުމުން، އެއަށް ބަހުސްކޮށް ދިރާސާކުރާނެ ތާރީހެއް...