އަންނަ 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ބަޖެޓު މާދަމާ މަޖިލިހަށް ހުށަހަޅަން ނިންމައިފި އެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކުރައްވާފައިވާ 41.5 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވާނީ މިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

Ad
rt

މިިނިސްޓަރ މަޖިލީހަށް ވަޑައިގެން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި، ހަރަދު ވާނެ ގޮތާއި، މަޝްރޫއުތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލު، ދެއްވާނެ އެވެ.

ދައުލަތުގެ ފަރާތުން މާދަމާ ބަޖެޓް ހުށަހެޅުމުން، އެއަށް ބަހުސްކޮށް ދިރާސާކުރާނެ ތާރީހެއް ނިންމާނެ އެވެ.

މާދަމާ ބަޖެޓް ހުށަހަޅާއިރު، އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑުކުރުމުގެ އިސްލާހު އޮތީ މުޅި މަޖިލީހުގެ ކޮމިޓީގަ އެވެ.

މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަންނަ އަންގާރަ ދުވަހަށް ޓެކްސް ބޮޑުކުރުމުގެ އިސްލާހުގެ މަސައްކަތްތައް ނިންމަވައިލައްވާނެ ކަމަށެވެ.

ޓެކްސް ބޮޑުކުރުމުގެ މައްސަލައިގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ ޓެކްސް ބޮޑުކުރުން އެއް އަހަރު ދުވަހަށް ފަސްކުރުމަށް އެދިފަ އެވެ.