ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް، ޒިކުރުކުރުމަށް، ދީނީ އިލްމުވެރިޔާ މުފްތީ މެންކް ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ. އޭނާ މިފަދައިން ނަސޭހަތްތެރިވެ ވަޑައިގެންނެވީ މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ރޭ ދެއްވި ދަރުހުގަ އެވެ. މި ދަރުހުގައި މުފްތީ ވަނީ ހިތާމަތަކުން އަރައިގަތުމަށް ކިޔޭނެ ގުރްއާނުގެ އާޔަތްތަކާއި އޭގެ މާނަ އޮޅުންފިލުވައިދެއްވައި، ހެޔޮ ކަންކަމުން ވާގި ހޯދުމަށާއި ކާމިޔާބަކީ ﷲގެ މަގުގައި ސާބިތުވެ، އެކަމަށް ގަދައަޅައި މަސައްކަތްކުރާ މީހާގެ ހައްގެއްކަން ހަނދުމަކޮށްދެއްވާފަ އެވެ. “ﷲ (ސ.ވ)...
މުޙައްމަދު އަފްރާޙް
ގުދުރަތްތެރިކަން ބޭނުންކޮށްގެން ދިވެހިން ބޭނުންވާ އުމްރާނީ ތަރައްޤީ ހޯދެން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. “ކުރަމަތި ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް” ފޮތް ނެރުމަށް ކުރަމަތި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރަމަތި ގައިޑް ޓު ޕްލާންސްޓް އިން މޯލްޑިވްސް ފޮތުގެ ޒަރިއްޔާއިން އެ މަގަށް ވިސްނުން ބައްޓަންވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވ...
މުޙައްމަދު އަފްރާޙް
މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި ކަމަށް “މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް” ރިޕޯޓުގައި ހާމަކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެ ރިޕޯޓުގައި ވިދަޅުވެފައިވަނީ މިއަހަރުގެ މިހައިތަނަށް 1,317,573 މިލިއަން ފަތުރުވެރިން، ރާއްޖެއަސް ވަނީ އައިސްފަ އެވެ. އެންމެގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިން ކަމަށާއި އެ ގައުމުން ރާއްޖޭގެ މާކެޓުގެ 14.1 ޕަސެންޓް ހިއްސާކުރަމުން އަންނަކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ. އަދި ދެވަނައަށް އެންމެގިނައިން ފަތުރުވެ...
މުޙައްމަދު އަފްރާޙް
މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ވިދާޅުވެއްޖެ އެވެ އެ އިދާރާ އިން ކޮންމެދުވަހަކު ވެސް ނެރޭ “މޫސުމީ ބްލެޓިންގ” ގައި މިއަދު، ދެކުނާއި މެދުރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކ...
މުޙައްމަދު އަފްރާޙް
ޑިޕްރެޝަނަށް ދިއުމަކީ އަގީދާ ބަލިކަށިވެގެން ދިމާވާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެ އެވެ. އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިހާރުރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ އިލްމު ވެރިޔާ މުފްތީ މިހެން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުހުގަ އެވެ. “ޑިޕްރެޝަން, އެންޒައިޓީ އެންޑް ސްޓްރެސް” މި މައުޟޫއަށް ކުރިއަށް ގެންދެވި ދަރުހުގައި އޭނާ ވިދާޅުވީ މާތް ﷲ ފަރުމާކުރައްވާފައިވާ ސިސްޓަމާ އެއްގޮތަށް ހުރިހާ ކަމެއް ކުރާނަމަ, މީހާ ބާރުވެރިކުރުވައި، ނުރަނގަޅު މާހައުލުތަކ...
މުޙައްމަދު އަފްރާޙް
ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުޠުބާ ޚާއްސަކޮށްފައިވަނީ ”ހަޤީޤީ ބާއްޖަވެރިކަން” މި މައުޟޫއަށެވެ. މިއަދު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި އިމާމްވެ ހުކުރު ނަމާދުކުރެއްވީ ދިނީ ޢިލްމުވެރިޔާ މުފްތީ މެންކްއެވެ. މިއަދުގެ ޚުޠުބާގައި މި ދުނިޔޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ހޯދަންކަމަށާއި އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގުދީ...
ޙުސައިން ޝަހުދީ
ޗާގޯސްގެ މައްސަލައިގެ ސައްހަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ. އެ ޕާޓީން މިހެން ގޮވައިލީ ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށް ބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް ހާމަކޮށް ނެރުނު ބަޔާނުގަ އެވެ. އެ ބަޔާނުގައި ރާއްޖެއަކީ އިސްލާމްދީނުގެ އަޤީދާތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދ...
މުޙައްމަދު އަފްރާޙް
ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުއްޓައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިފިއެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ އިދާރާގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. އަތޮޅު ހޯޑެއްދޫ ވަލުތެރެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި އެރަށު ވަލުތެރޭގައި ވަޅުލާފައި ހުއްޓައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. މި އޮޕަރޭޝަ...
ޔުމްނާ ޢަލީ
ގދ. ހޯޑެއްދޫ، ސްވެން، ޢަބްދުالله ރަޝީދު 2022 އޮކްޓޫބަރު 25 ވަނަ ދުވަހު ނިޔާވި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވިދާޅުވެއްޖެ އެވެ. އެ ކޮމިޝަނުން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މައްސަލައިގާ ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މި ކޮމިޝަނުން އިސްނަގައިގެން […]
މުޙައްމަދު އަފްރާޙް
ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޤާއިމްކުރުމަށް ސޮއި ކޮށްފި އެވެ. މިއީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ (ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް) މަޝަރޫއުގެ ދަށުން ޑިޒައިން-ބިލްޑް-ފައިނޭންސް-އޮޕަރޭޓް އެންޑް ޓްރާންސްފަރ އުސޫލުން ގާއިމުކުރާ ތަނެކެވެ. މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ސޮއި ކުރައްވާފައިވަނީ މެރިކަލްޗަރ ދާއި...
މުޙައްމަދު އަފްރާޙް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބްދުﷲ ރަޝީދު ނިޔާވި މައްސަލަ، ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހަވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލައިގެ ތަޙުޤީޤުގެ ޕްރައިމެރިލީ އިންވެސްޓިގޭޓިންގް އޭޖެންސީ އަކީ އެންއައިސީ ކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން ހިންގާ މުއާމަތާތުތައް ހިންގާނީ އެންއައިސީން ކަމަށާއި މައްސަލައާ ގުޅޭ މައުލޫމާތު އާންމު ކުރާނީ ވެސް އެންއައިސީ އިން ކަމަ...
މުޙައްމަދު އަފްރާޙް
ޕޯސްޓުން ރާއްޖެ ގެނައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަނެފި އެވެ. އެ އިދާރާ އިން ވިދާޅުވީ މިތަކެތި އަތުލައިގަތީ ސެޕްޓެމްބަރު 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ. މިތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިނ...
މުޙައްމަދު އަފްރާޙް
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މުފްތީ މެންކަށް ރާއްޖެއިން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަަލީއާއި މިނިސްޓްރީގެ އިސްވެރިންނެވެ. މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީ މުފްތީ މެންކް އެވެ. މާދަމާ އިނގިރޭސި ބަހުން މުފްތީ ދެއްވާ ހުތުބާގެ މައުޟޫއަކީ ”ތިބާއާއި މާތްﷲއާ ދެމެދުގެ ގުޅުންތައް ދިރުވުން” އެވެ. މިމަހުގެ 28 […]
ޙުސައިން ޝަހުދީ
މިފަހަކަށް އައިސް އެންމެ ހޫނު، ބަހުސެއްގެ ގޮތުގައި ކުރިއަށްދާ ޗާގޯސްގެ މައްސަލައިގާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފިއެވެ. ރާއްޖޭ އިސްލާމް ވީ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު ދެ ޤައުމަށް ހަމަހަމަވާ ގ...
މުޙައްމަދު އަފްރާޙް
ކުރީގެ ހުރަވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކިންގ ޒޯނުގައި 226 ސައިކަލަށް ޕާކު ކުރެވޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އޭނާ މިއަދު ކުރައްވާފައިވާ ޓްވީތެއްގައި ވިދާޅުވީ “ހުރަވީ ބިލްޑިން ހުރި ބިމުގައި ކުރަހަނީ 226 ސައިކަލުގެ ޕާކިން ޒޯނެއް” ކަމަށެވެ. މިކަމާއިގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އެގްޒެކެޓިވް މަރިޔަމް ޝިއުނާ (ނަންނަ) ވިދާޅުވީ އެއްވެސް ޒޯނެއްގައި ޕާކުކުރާ ސައިކަލު ނުވަތަ ދެފުރޮޅުލީ އުޅަނދުތަކުން ފީ އެއް […]
މުޙައްމަދު އަފްރާޙް