މިދިޔަ އަހަރު ލޯބީގެ މައްސަލައެއްގައި މަރާލި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، މޭރީގެ މެޑިކަލް ޗާޓު ނެތް ކަމަށް ދައުލަތުން ބުނާ ބުނުން އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ދޮގުކޮށްފި އެވެ. ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކުރަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކޯޓުން އޮތީ މޭރީއަށް ފަރުވާ ދިން މެޑިކަލް […]
ހުސައިން ހަބީބް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ ހަލީމް އައްޔަން ކުރައްވައިފި އެވެ. އެ އޮފީހުގެ އެކްޓިންގ ސީއީއޯގެ މަގާމުގައި ހުންނެވި ސުޖާތާ، ސީއީއޯގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޕެންޗަނާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ. 2015 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަގާމް އަދާ ކުރައްވާފައިވާ ސުޖާތާއަކީ ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފް ކުރަން ކުރި މަސައްކަތުގެ އެންމެ ކުރީ ސަފުގައި...
މުޙައްމަދު އަފްރާޙް
މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ލޯގޯއާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ. އެ ޖަމިއްޔާއިން ވިދާޅުވީ ލޯގޯގައި ހިމަނަންޖެހޭ ކުލަތަކަކީ ރަތް ކުލައާއި ފެހިކުލަ ކަމަށާއި މި ކުލަތަކުގެ އިތުރުން ރަތާއި ފެއްސާ ގުޅޭ އެހެން ކުލައެއް ޑިޒައިންއާ ގުޅޭނަމަ ބޭނުންކުރެވިދާނެކަމަށެވެ. ދިހަ ހާސް ރުފިޔާގެ އިނާމެއް ލިބޭ ގޮތަށް، ލޯގޯ ފަރުމާކުރުމަށް ހުޅުވާލާފައިވާއިރު، ލޯގޯ ފަރުމާކުރުމުގައި ދިދައާ ގުޅޭގޮތަށް ފަރުމާކުރުމަށް ސަމާލުކަން ދިނުމަށާއި ދިދައާއި ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓ...
މުޙައްމަދު އަފްރާޙް
ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިއުލާންކޮށް، އާއިލާއާއި ރައްޓެހިންނާ ހަމައަށް އެވާހަކަތައް ގެންދިއުމުގެ މާނައެއް ނެތްކަމަށް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ. ”އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް” މި މައުޟޫއަށް ހޯމަ ދުވަހުގެރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮތް ދަރުހުގައި ތަޤްރީރުކުރައްވަމުން އޭނާ ވިދާޅުވީ ދިރިއުޅުމުގައި މައްސަލައެއް ޖެހޭއިރަށް އަނެކަކު ކުށްވެރިނުކޮށް މައްސަލަ ހައްލުކުރުމަށް އެކަކު އަނެކަކަށް މަސައްކަތްކުރަންޖެހެނީ އިޚްތިރާމާއިއެކު ކަ...
މުޙައްމަދު އަފްރާޙް
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޕާކިސްތަނުގެ ސަފީރުގެ މަޤާމުގައި ހުންނަވައި، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައ...
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު (ނަންބަރު 2020/26) އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފި އެވެ. މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 17 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ މި ޤާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުން […]
މުޙައްމަދު އަފްރާޙް
ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އަންނަ އަހަރަށް ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރ ވިދާޅުވީ ސިއްހީ ދާއިރާގެ އެންމެ މުހިންމު ވަސީލަތަކީ އިންސާނީ ވަސީލަތް ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވެފައިވާ ގޮތަށް، ސިއްހީ ދާއިރާގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބަޖެޓުގ...
މުޙައްމަދު އަފްރާޙް
އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާއިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ދުންފަތުގެ ބާވަތްތައް ރަމްޒު ކޮށްދޭ ނަންބޯޑުތަކާއި އިލެކްޓޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ އަދި އެހެނިހެން އޮންލައިން ޕްލެޓްފޯމްތަކުގައި ކުރަމުންދާ ދުންފަތުގެ އިޝްތިހާރުތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަމަށެވެ. މީގެ އިތުރުން އޮންލައިން ވަސީލަތްތައް ބޭނުންކޮށް...
މުޙައްމަދު އަފްރާޙް
ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ. މިއީ 15,660,758.00 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުން 220 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ. މި މަސައްކަތުގެ ދަށުން 45 މީޓަރުގެ 8 (އަށެއް) ޓީ-ޕްރޮއިން ޤާއިމްކުރުމާއި އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށް ޕްލޭ...
މުޙައްމަދު އަފްރާޙް
ކޮވިޑް-19އިން އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓް ކަމަށާއި މިބަޖެޓާއި ހަމައަށް އާދެވުނީ އިޤްތިސާދީ ގަދަކަނޑެއްގައި ދަތުރުކުރުމަށްފަހު ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ 2023 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިހާރުކުރިއަށްދާ ޖަލްސާގަ އެވެ. އަމީރު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ގޮންޖެހުން އަދިވެސް ބޮޑު ކަމަށާއި މުޅި ދުނިޔޭގެ އިޤްތިސާދީ ތަ...
މުޙައްމަދު އަފްރާޙް
އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ މެންކް ނަސޭހަތްތެރިވެވަޑައިގެންފި އެވެ. އޭނާ މިފަދައިން ނަސޭހަތްތެރިވެވަޑައިގެންނެވީ އާދިއްތަ ދުވަހުގެރޭ، އައްޑޫ ސިޓީގައި ބޭއްވި ދަރުހުގައި ތަޤްރީރުކުރައްވަމުން ނެވެ. “އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށް” މި މައުޟޫއަށް ކުރިއަށްގެންދެވި ދަރުހުގައި މުފްތީ ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު، އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން އަޅުކަމާއި ދިރިއުޅުމ...
މުޙައްމަދު އަފްރާޙް
މީންޒަމާނަކު ނުހިންގާވަރަށް، އަރިއަތޮޅު އުތުރުބުރީ މާޅޮހުގައި ތަރައްޤީގެ މަޝްރޫޢުތައް މިހާރު ކުރިއަށްދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެކައުންސިލުން މިފަދައިން ވިދާޅުވެފައިވަނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުވުމުގައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށ...
އަލީ އާދިލް
ތަމްރީނު ހަދަމުންދިޔަ ކަރެކްޝަންގެ އަންހެން އޮފިސަރަކު ނިޔާވެއްޖެ އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ނިޔާވެފައިވަނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިންގ ކޯސް ހަދަމުންދިޔަ ޓްރޭނީ އާމިނަތު ނަޝްވާ ނަސީމް (18 އަހަރު) ކަމަށެވެ. މި ހާދިސާ އާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާފުށީގައި ޓްރެއިނިންގ ހަދަމުންދިޔަ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ މިއ...
މުޙައްމަދު އަފްރާޙް
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ދާދިފަހުން ހެޔޮބަދަލު ގެނައި ނަމަވެސް އެ ދާއިރާއިން ރިޓަޔާވާ މީހުންގެ އުސޫލަށް ގެނައި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙުއަށް ފެޓިޝަނެއް ހުށަހަޅައިފި އެވެ. 560 މީހުންގެ ސޮޔާއެކު ހުށަހެޅި މި ޕެޓިޝަނުގައި އާންމުގޮތެއްގައި ސޮއިކޮށްފައިވަނީ މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ޓީޗަރުން ނެވެ. އެހެންނަމަވެސް ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގެ ޓީޗަރުން ވެސް މި ޕެޓިޝަނުގައި ސޮއިކޮށްފައި ވެއެވެ. އެ ޕެޓިޝަންގައި ފާހަގަކުރައްވާފައިވ...
މުޙައްމަދު އަފްރާޙް
ޑްރަގް މައްސަލައެއްގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ހައްޔަރުކުރަން ހައި ކޯޓުން ނެރުނު އަމުރު ގޯސް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ނުވަ ކިލޯގެ ޑްރަގް މައްސަލައެއްގެ އިސް މީހާ ކަމަށް ތުހުމަތުކުރާ އަރުޝަދު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު މިމަހު ކުރީކޮޅު ރާއްޖެ އައުމުން އޭނާ ހައްޔަރުކުރީ ނުވަ ކިލޯ ޑްރަގް މައްސަލާގައި ކުށް ސާބިތުނުވި މައްސަލާގައި ހައި ކޯޓަށް ހާޒިރުކުރަން އޭނާ ހައްޔަރު ކުރަން އެ […]
ހުސައިން ހަބީބް