ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބާއްވަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ. އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު، އެމްޑީޕީ ހަރުގޭގަ އެވެ. ސާލިހުގެ ކެމްޕެއިން ޓީމުން ވަނީ މި ޖަލްސާއަށް ވީހާވެސް ގިނަ އެމްޑީޕީގެ މެމްބަރުންނާއި ތާއީދު ކުރައްވާ ފަރާތްތަކުން ދިއުމަށް ދައުވަތު އަރުވާފަ އެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ސ...