މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މާލެ ތެރޭގައި މަގުމަތީގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް އެ ކައުންސިލުން ފަށާފައިވާ ކަމަށެވެ.

Ad
rt

މީގެ ކުރިން ވެސް އެ މަސައްކަތް ފެށުމަށްފަހު، ވަނީ ހުއްޓާލާފަ އެވެ.

އެކަމާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެގޮތަށް ޕެލެޓު ބަހައްޓާފައި ހުންނަނީ ގޭގެއަށް ވަނުމަށް ފަސޭހައަކަށް ކަމަށާއި އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްފަހު ނޫނީ ޕެލެޓުތައް ނުނަގާނެ ކަމަށެވެ.

"ގިނައިން ޕެލެޓް ބަހައްޓާފައި ހުންނަނީ ގޭގެއަށް ވަންނަން ފަސޭހައަކަށް. އެ ޕެލެޓުތައް ނަގައިފިއްޔާ އެމީހުންނަށް ވެސް އުނދަގޫތަކެއް ކުރިމަތިވާނެ. އެހެންވީމަ ޕެލެޓުތައް ނެގޭނީ އެ މީހުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދީފަ ނޫންތޯ." މޭޔަރު ވިދާޅުވެފައި ވެއެވެ.

މާލޭގެ އެކި ހިސާބުތަކުގެ މަގުތަކުގައި ގޭގެއަށާއި ފިހާރަތަކަށް ވަނުމަށް ޕެލެޓާއި އެފަދަ ތަކެތި ވަރަށް ގިނައިން ބަހައްޓާފައި ހުރެއެވެ.އެފަދަ ބައެއް ތަކެތި ލަކުނޑިން ހުންނައިރު، ދަގަނޑުން ހަދާފައި ހުންނަ ތަކެތި ވެސް ބަހައްޓާފައި ހުރެއެވެ. އަދި ބައެއް ފަރާތްތަކުން ވެހިކަލް ޕާކު ކުރުމަށް ތަން ހޯދުމުގެ ބޭނުމުގައި ވެސް އެފަދަ ތަކެތި ބަހައްޓަ އެވެ.