ކެނދިކުޅުދޫ ސްކޫލްގައި ތިން ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފި
ނ. ކެނދިކުޅުދޫ ސްކޫލްގައި ތިން ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިގޮތުގައި ކެނދިކުޅުދޫ ސްކޫލްގައި ތިން ބުރީގެ އިމާރާތެއް އަޅަން އެ މިނިސްޓްރީގެ ފަރާތުން ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަވާކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔާ ޕޮލިސީ ޑިރެކްޓާ ނައުޝާދު އިބްރާހީމްއެވެ. އަދި އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ސަދީމް އިބްރާހީމްއެވެ....