ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެ ޕާޓީން ވަކިވެއްޖެއެވެ. ހަނަފީ ޖޭޕީން ވަކިވެ، ޖޭޕީގެ ލީޑަރަށް ސިޓީއެއް މިއަދު ފޮނުއްވާއިރު، އޭނާ އެ ޕާޓީން ވަކިވެފައި މިވަނީ އިއްޔެ އޭނާއަށް ޖޭޕީގެ ލީޑަރު، ގާސިމްގެ އެޑްވައިޒަރުގެ މަގާމު ވެސް ހަމަޖައްސާފައި ވަނިކޮށެވެ. ޖޭޕީން ވަކިވާން ނިންމައި ފޮނުވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ޖޭޕީގެ ވިސްނުން މިހާރު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް […]
ޔުމްނާ ޢަލީ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބަުގައި ވާދަކުރައްވާ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރުން މެއި 5 ގައި ބޭއްވުމަށް ނިންމައިފިއެވެ. އެ ޕާޓީން ބުނީ މިގޮތަށް ނިންމީ ރޭ އެ ޕާޓީން ބޭއްވި ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި ކަމަށެވެ. މި ޖަލްސާގެ ރިޔާސަތު އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ބެލެހެއްޓެވިއިރު، ރިޔާސީ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގާ ބަލަހައްޓާނީ އެ ޕާޓީގެ ނާއިބު ރައީސް ހުސޭން އިސްމާއިލް […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާޙީމް މުޙައްމަދު ސާލިހުގެ ސެކިއުރިޓީ ފެއިލްވި މައްސަލަ އެމްއެންޑީއެފާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންބަލަން ފަށައިފިއެވެ. 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ކޮމިޓީން މައްސަލަ ބަލަނީ އަމިއްލަ އިސްނެގުމަށް ކަމަށާއި އެ ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު 11:00 ގައި ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފައިވަނީ ޖެންޑަރ މިނިސްޓްރީން ހުޅުމާލޭގައި ބޭއްވި ރަސްމީ ޖަލްސާ ނިންމާލެއްވުމަށް ފަހ...
މުޙައްމަދު އަފްރާޙް
މާލެއިން 46 އަހަރުގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ހ. ކޯލީފްލާވަރ، އަޙްމަދު ނާޝިދު ކަމަށެވެ. އޭނާ މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ވިދާޅުވީ އެއީ އުމުރުން 46 އަހަރުގެ މީހެއް ކަމަށާއި 2023 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ރިފޯޓްކޮށްފައިވަނީ މާރިޗު […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ މައްސަލައިގާ 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ހަތަރު ފިރިހެނުން ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އަދި ފޮޓޯ އިން ފެންނަގޮތުގައި ރައީސްގެ މޮޓޯކޭޑު ބޮޑުތަކުރުފާނު މަގުން ދަތުރުކުރަނިކޮށް ހުރަސްއަޅާފައިވަނީ އެ ސަރަހައްދުގައި އޭރު މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއިން ބައެކެވެ. އެއީ މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާ އިދިކޮޅު ޕްރޮގްރެސިވް ކޯ...
މުޙައްމަދު އަފްރާޙް
އަންހެނުން ބާރުވެރިކުރުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރަމުން އަންނަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވަނީ މި އަހަރުގެ ރެހެންދި އެވޯޑް މިރޭ ޙާޞިލުކުރެއްވި ފަރާތްތަކަށް އެ ވޯޑު ހަވާލުކޮށް ދެއްވާފައެވެ. އޭގެ ތެރޭގައި އެމްޓީސީސީ ވެސް ހިމެނ...
ޔުމްނާ ޢަލީ
ދެން މަސައްކަތް ކުރަންވީ، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ހުރިހާ ދާއިރާއެއްގައިވެސް މިންތީ ހަމަހަމަކަން ޤާއިމުކުރުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ މަޤާމަށް ބޭފުޅުން އައްޔަނުކޮށްފިއެވެ. އެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަނު ކުރެއްވިކަން އިއްޔެ މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައި ޢިއުލާން ކުރެއްވީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމެވެ. ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި އިއްޔެ ހަމަޖެއްސެވީ ކުރިން އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅެކެވެ. އެއީ ވިލިމާލެ ދާއިރާ...
ޔުމްނާ ޢަލީ
މި ފެށޭ ރޯދަމަހަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށާއި، އެ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް ޞާލިޙް މިފަދައިން އިލްތިމާސް ކުރެއްވީ ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަޚްލާޤީ ރީތި...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް އެމަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު މިއަދު އައްޔަންކުރައްވައިފިއެވެ. އިލްހާމް އެމަގާމަށް އައްޔަންކުރެއްވިކަން ޖޭޕީގެ ލީޑަރު ޤާސިމް އިއުލާކުރައްވާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. އިލްހާމަކީ ގާސިމާއި ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ މީގެ ކުރިން ގެމެނެފުށީ ދާއިރާގެ މަޖިލީސް މެންބަރު ކަމާއި، ދަނގެތީ ދާއިރާ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވާދަކުރާ ކެންޑިޑޭޓު ހޮވުމަށް އެ ޕާޓީން ކެމްޕެއިން ފަށައިފިއެވެ. މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓް ދޭނެ މެންބަރަކު ކަނޑައެޅުމަށް މާރިޗް 11 ގައި ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކޮށްފައި، އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވިފައި ވަނީ ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް އެވެ. މިއަދު ޝާޒްގެ ކެމްޕެއިން ފެށި އިރު އޭނާ އާއިއެކުގައި ސަރުކާރުގެ ވަޒީރުންގެ އިތުރަށް ރައްޔިތު...
ޔުމްނާ ޢަލީ
ކްރިމިނަލް ކޯޓަށް އިސް ގާޟީއަކާއި ގާޟީއެއް ހޯދަން އިއުލާން ކޮށްފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނުގައި ވަނީ މި މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ކަމަށެވެ. މި މަގާމުގެ މުސާރައަކީ 31000 ރުފިޔާ ކަމަށާއި މަގާމަށް އެދި ހުށަހަޅަން ޖެހޭނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މީގެ އިތުރުން ގާޟީއެއް ހޯދުމަށް ކޮށްފައުވާ އިއުލާނުގައި ވަނީ އެ މަގާމުގެ މުސާރައަކީ 30000 […]
މުޙައްމަދު އަފްރާޙް
ފަތުރުވެރިއެއްގެ ކޭޝްކާޑު ވަގަށް ނަގައި، ވިޔަފާރި ކުރި މީހަކު ހައްޔަރު ކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި، އެ ބަހުގައި އޮތް ކޭޝް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އެ މައްސަލައިގައި 42 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައި ވާއިރު، އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މިއަދު އެވެ. ”ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން 5000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ބުނާ ކަށަވަރުކަން ދޭ ވަރަށްވުރެ އެ ޕާޓީގެ ސައިޒު ކުޑަކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ. އެމްއާރުއެމް އަކީ މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގެ ވެސް ބައިވެރިއެކެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މިހާރު ވެސް ވެރިކަން ހިންގަމުން އަންނަ ކޯލިޝަން ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ކުރިއަށް ދިޔުމަށް އެމަނިކުފާނު ވަނީ ކޯލިޝަންގެ ބައިވެރިންނަށް ސިޓީ ފުޅެއް ފޮނުއްވާފ...
ޔުމްނާ ޢަލީ
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ކުރިން އަޅާފައިވާ ކާޕެޓު ނަގައި، ނެވިލޯން ވަނީ އަޅާފައެވެ. އޭގެ ފަހުން ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިނުވަނީ އޭރުގެ ޙާލަތަށް ރިޢާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދެއްވާފައިވާތީއެވެ. ދެ އަހަރަށްފަހު މިހާރު އައު ކާ...
މުޙައްމަދު އަފްރާޙް