މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

Ad
rt

ކޯވިޑް-19 އާއި ގުޅިގެން އިސްލާމީ މަރުކަޒުގައި ކުރިން އަޅާފައިވާ ކާޕެޓު ނަގައި، ނެވިލޯން ވަނީ އަޅާފައެވެ.

އޭގެ ފަހުން ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިނުވަނީ އޭރުގެ ޙާލަތަށް ރިޢާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދެއްވާފައިވާތީއެވެ.

ދެ އަހަރަށްފަހު މިހާރު އައު ކާޕެޓް އަޅަން ފަށާފައިވާއިރު، މިސްކިތް ސާފުކުރުމުގެ މަސައްކަތްތަކާއި، މިސްކިތުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ދަނީ ކުރަމުންނެވެ.