މިއަހަރުގެ ރިޔާސީ އިންތިޚާބު ކަވަރު ކުރެވޭނީ ޚާއްސަ ތަމްރީނެއް ފުރިހަމަކޮށްގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އެ ކޮމިޝަނުން މިކަން ހާމަކުރީ ރިޔާސީ އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މިގޮތަށް ނިންމީ ބައެއް ނޫސްތަކުގެ ފަރާތުން އިންތިހާބުތައް ކަވަކުރަން ފޮނުވި ފަރާތްތަކުން ވޯޓުލާ މަރުކަޒުގައި މާރާމާރީ ހިންގުން ފަދަ ކަންތައްތައް ކޮށްފައިވާތީ ކަމަށެވެ. ރިޕޯޓަރެއްގެ ހައިސިއްޔަތުން، ވޯޓުލާ މަރުކަޒަށް ވެ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް ބަހްރައިން އާއެކު މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާ ކުރައްވާފައިވަނީ ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ(ބަޓެލްކޯ)ގެ ޗެއާމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލްޚަލީފާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ، ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށާއި އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާ...
މުޙައްމަދު އަފްރާޙް
ނޫރާއްޖެއިން ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ރިޕޯޓް އާންމުކޮށްފިއެވެ. މުޅި ރާއްޖެ އެކުލެވޭ ގޮތަށް ހަދާފައިވާ ސާރވޭއާއެކު 25,000 ދިވެހިން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާ ގޮތް އިނގިގެންދާނެއެވެ. ނޫރާއްޖޭގެ ޓީމުން ވަނީ ސާރވޭގެ ހޯދުންތައް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ބޭއްވި ސެޝަންއެއްގައި ހިއްސާކޮށްފައެވެ. އަދި ރަސްދޫގައި ކޮމިއުނިޓީ އިވެންޓެއް ބާއްވާ ސާރވޭގެ ރިޕޯޓް ނިމުން ވަނީ ފާހަގަކޮށްފައެވެ. ރަސްދޫއަކީ މަސްވެރިކަމާ ޓޫރިޒަމްގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށެއްގ...
މުޙައްމަދު އަފްރާޙް
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާލިބޭ އަދުހަމް މުހައްމަދު މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. ހުކުމުގައިވަނީ ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައިވާތީ […]
ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބަށް ލަފާދޭ ގައުމީ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. މިއީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުންނާއި އިންތިހާބުގެ ކަންކަން ވީހާވެސް ދެފުށް ފެންނަގޮތަށް ކުރުމަށް އެކުލަވާލީ ކޮމެޓީއެކެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މި ކޮމިޓީ އަކީ 2008 ވަނަ އަހަރުގެ ރިޔާސީން އިންތިހާބުން ފެށިގެން ކޮންމެ ރިޔާސީ އިންތިހާބަކަށް އެކުލަވައިލާ ކޮމިޓީއެއް ކަމަށެވެ. އެ ކޮމެޓީގައި ހިމަނާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިޔާސީ...
މުޙައްމަދު އަފްރާޙް
މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ ދައުވާލިބޭ މީހުންގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ގްރޫޕަކުން ވަދެ،އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގާއި ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް […]
ހުސައިން ހަބީބް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޤާއިމުކުރި ކިޑްސް ކެއާ ސެންޓަރު މިއަދު ހުޅުވައިފިއެވެ. މިއަދު ހެނދުނު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި ސެންޓަރު ހުޅުއްވައި ދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އެވެ. މި ސެންޓަރަކީ ސަރުކާރުގެ ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން، އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތ...
ޔުމްނާ ޢަލީ
ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫޢޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އާއެވެ. އެސް.ޖޭ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 95،980،140 ރުފިޔާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކުރިއިރު، މި […]
ޔުމްނާ ޢަލީ
ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ވިލިމާލެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ފެނުނީ ހުޅުމާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މާރިޗު މަހުގެ 18 ވަނަ ދުވަހުގެރޭ 1:33 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގެ ބައެއް މަސްދަރުތަކުގައި […]
މުޙައްމަދު އަފްރާޙް
ބައިނަލްއަޤްވާމީ ‘އަޔަން ލޭޑީ އެވޯޑް’ ޑރ. އަނާރާ ނައީމަށް ލިބިއްޖެއެވެ. މިއީ އިންޑިއާގެ އެޑިއުފާމް އިންޓަނޭޝަނަލް އެކަޑަމީ އާއި ސިންގަޕޫރުގެ އޭސިއީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ދޭ އެވޯޑެކެވެ. ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ އަންހެން ކަނބަލުންނަށް ދޭ މި އެވޯޑް ޑރ. އަނާރާއަށް ލިބިވަޑައިގެންނެވީ މުޖުތަމައުގައި މީހުން ބާރުވެރިކުރުވައި، މީހުންނަށް ކާމިޔާބު ހޯދުމަށް ހިތްވަރު ދެއްވުމަށް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުންނެވެ. އަދި މުޖުތަމައުގެ...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީގެ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ޝަރީފް ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ އެމްޑީޕީ އަކީ ރައީސް ނަޝީދު މޮޑެން ގެންގުޅުއްވާ ފުށްގަނޑެއް ނޫން ކަމަށެވެ. ޝަރީފުގެ މި ބަސްތައް އަމާޒުކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިން ނަޝީދު ބަލިވުމާއި އެކު، “ފިކުރެއްގެ ދ...
މުޙައްމަދު އަފްރާޙް
މި އަހަރުގެ ހައްޖު ދަތުރުގައި އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފިރިހެނުން ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން އަނެއްކާވެސް އިޢުލާން ކޮށްފިއެވެ. އެ ކުންފުނިން މި އަހަރު ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފިރިހެނުން ހޯދަން މި މަހު ހަތްވަނަ ދުވަހު ވެސް ވަނީ އިޢުލާން ކޮށްފައެވެ. ނަމަވެސް އެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ލިބިފައިނުވާތީ އެ ކުންފުނިން މި ވަނީ މީހުން ހޯދުމަށް ދެވަނަ ފަހަރަށް […]
އިބްރާހިމް ޚަލީލް
މަސްބައިއަޅާ ބަހާ އުސޫލުން މިހާރު ސިޔާސީ ބޮޑުންގެ މެދުގައި ވޯޓު ބަހައި ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު، ހޯމު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާރު ހުންނަނީ؛ އަޑުގަދަ ގެނދަބުޅި އިންޖީނުގެ އާވެ ރީތިވީމާ ދޭ ވޯޓާއި، ނަޖިސްފެނުން ސާފުފެނަށް ބަދަލުވީމާ ދޭ ވޯޓު ކަމަށެވެ. އަދި ޗަކަމަގު ތާރުމަގަށް ބަދަލުވީމާ ދޭ ވޯޓާއި ބޯހިޔާވަހިކަމަށް ދޭ ވޯޓު ކަމަށެވެ. ސަރުކާރުން ތަރައްގީކުރި، ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް […]
މުޙައްމަދު އަފްރާޙް
ވިލިމާލެއިން 13 އަހަރުގެ އަންހެންކުއްޖެއް ގެއްލިއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ވިލިމާލެއިން ގެއްލިގެން ހޯދަމުން އަންނަކަމަށެވެ. އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 1:33 ހާއިރު ކަމަށެވެ. އެހެންނަމަވެސް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ ޒޯޔާ ކިޔާ ކުއްޖެކެވެ. އެ ކުއްޖާގެ އާއިލާ އާ ހަވާލާދީ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޒޯޔާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމ...
މުޙައްމަދު އަފްރާޙް
ދިވެހި ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް, ރިފޯމް ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފެށީ ކަމުގެ ހަޤީގަތް އެނގިތިބެ, އެ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމާއެކުގައި ކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު ފެށި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސާއި ގުޅޭގޮތުން މި...
ޔުމްނާ ޢަލީ