މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 611 ވަނަ ޞަފްޙާ

ދެވަނަ ފިޔަވަހީގައި ހުޅުވި ފިހާރައިން އަމިއްލަ ވިޔަފާރި ތަކަށާއި ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެވޭނެ: އަމްރު

ދެވަނަ ފިޔަވަހީގައި ހުޅުވި ފިހާރައިން އަމިއްލަ ވިޔަފާރި ތަކަށާއި ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެވޭނެ: އަމްރު

ހުޅުމާލެ ފިޔަވަހީގައި އެސްޓީއޯ އިން ހުޅުވި “ރޯދަ މާޓު” ގެ ހަރުތައް ވަނީ އަމިއްލަ ވިޔަފާރިތަކަށް ދޫކުރެވިފައި ކަމަށާއި، މީގެ އިތުރުން އެ ފިހާރައިން ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެއްވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފިހާރައިން ރޯދަ މަހު ހުޅުމާލެ 2 ގަ އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމަށެވެ. އަދި މި ފިހާރައިގަވެސް ހަރުތައް އަމިއްލަ ވިޔަފާރިތަކަށް […]

މުޙައްމަދު އަފްރާޙް
ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާނެ: ރައީސް

ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާނެ: ރައީސް

ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގާ ބޭނުން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާޅިހު ވިދާޅުވެއްޖެއެވެ. ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޓޭޒާ ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށެވެ. ޓޭޒާ ބަޑިއަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު، ފުލުހުންނާއި ކުށްވެރިޔާގެ ވެސް ރައްކަލަކަށް ބޭނުންކުރާ ވަސީލަތެއް ކަމަށާއި މިއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަ...

މުޙައްމަދު އަފްރާޙް
ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހެއް ގައިގައި ޖެހުމުން: ފުލުހުން

ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހެއް ގައިގައި ޖެހުމުން: ފުލުހުން

ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ބޭއްވި މުޒާހަރާ ތެރެއިން “އަވަސް” ނޫހުގެ ވީޑިއޯ ޖާނަލިސްޓް ހުސެއިން ޖުމާން ހައްޔަރު ކޮށްފައި ވަނީ ފުލުހެއްގައިގައި ޖެހުމުން ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށް މިއަދު ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ބުރާސްފަތި  ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކު...

އިބްރާހިމް ޚަލީލް
"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" ދީފި

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" ދީފި

ސަރުކާރުން ދޭ “މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023” ރޭ ދީފިއެވެ. މި އެ ވޯޑަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި، މި އެ ވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑްތައް ލިބުނު ފަރާތްތަކަށް އެ ވޯޑުތައް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިގޮތުން ރޭ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިލް ޓްރެކްގައި ބޭއްވި މިއެވޯޑް ޙަފްލާގައި، “ލައިފްޓައިމް […]

ޔުމްނާ ޢަލީ
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި އަސްކަރިއްޔާގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އިއްޔެ ހުޅުވާލައިފިއެވެ. ސިފައިންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލައި، މިނިސްޓްރީ އޮފް ޑިފެންސް އިން ކޮށްފައިވާ ޢިއުލާންގައި، ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ހިމެނެއެވެ. މީގެ އިތުރުން އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު...

ޙުސައިން ޝަހުދީ
ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލާ ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލާ ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލަރ މުހައްމަދު އަހްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް ހަމަޖައްސައިފިއެވެ. މި މަގާމަަށް، މުހައްމަދު އަހްމަދު ހަމަޖައްސާފައިވާއިރު، އޭނާ އެމްއެންޕީ އަށް ސޮއި ކުރައްވައި، ޕާޓީގެ މެންބަރޝިޕް ފޯމު ވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް ހަވާލު ކޮށްފައެވެ. މުހައްމަދު އަހުމަދަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދިސަރުކާރާއި އެކި ކ...

މުޙައްމަދު އަފްރާޙް
ރައީސަށް މުހިއްމީ ޚިދުމަތްކުރުން، އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށްވަޑައިގަންނަވާނެ: މިޢުވާން

ރައީސަށް މުހިއްމީ ޚިދުމަތްކުރުން، އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށްވަޑައިގަންނަވާނެ: މިޢުވާން

ރައީސަށް މުހިއްމީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށާއި އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ހަފުތާއެއްގެވެސް ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ ސަރުކާރުގައި ތިބެގެން ރައީސްއާ ދެކޮޅަށް މަސައްކަތްކުރާ ނުވަތަ ވާދަވެރި ކެންޑިޑޭޓަކާ އެއްކޮށް ކުރިއަށް ދިއުމަށް ގޮންޖެހުންތަކެއް ހުންނާނެކަން ފާހަގަ ކުރައްވާފައެވެ. “ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ހައްދަވާ ބޭފުޅުންނާއި ސަރުކ...

މުޙައްމަދު އަފްރާޙް
އެމްއެމްޕީއާރްސީ ޚިޔާނާތް: މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ

އެމްއެމްޕީއާރްސީ ޚިޔާނާތް: މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ

އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ މި މައްސަލައިގަ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާ ކޮށްދިނުމަށް ކަމ...

މުޙައްމަދު އަފްރާޙް
ޒުވާނުން ބާރުވެރި ކުރެވި، ރައްޔިތުންނަށް ފޯރުންތެރި ފަހި ދިރިއުޅުމެއް ގާއިމު ކޮށްދެވިއްޖެ: ނަހުލާ

ޒުވާނުން ބާރުވެރި ކުރެވި، ރައްޔިތުންނަށް ފޯރުންތެރި ފަހި ދިރިއުޅުމެއް ގާއިމު ކޮށްދެވިއްޖެ: ނަހުލާ

މިހާރު ޒުވާނުން ބާރުވެރި ކުރެވިއްޖެ ކަމަށާއި ރައްޔިތުންނަށް ފޯރުންތެރި، ފަހި ދިރިއުޅުމެއް ގާއިމް ކުރެވިއްޖެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނަހުލާ ވިދާޅުވީ އަމިއްލަ ރަށުގައި ތިބެގެން ފައިދާ ހޯދޭނެ މަގު ތަނަވަސްވެ، ގައުމުގެ އިގްތިސޯދީ ދުވެލި ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ. “އުތުރާއި ދެކުނު ހިމެނޭ ގޮތުން މުޅިރާއްޖެ ތަރައްގީ ކުރުމުގެ ތަސައްވުރެއް ރައީ...

މުޙައްމަދު އަފްރާޙް
ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރަން ބޭނުންވާ މެމްބަރުންނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ޕާޓީން ނެރުނު އިއުލާނެއްގައި ވަނީ އެޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުން މަތީން ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެކަމަށެވެ. ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ މެމްބަރުނ...

މުޙައްމަދު އަފްރާޙް
ރޯދަ މަހު އައިޖީއެމްއެޗުން ހިދުމަތް ދޭ ގަޑިތައް ހާމަކޮށްފި

ރޯދަ މަހު އައިޖީއެމްއެޗުން ހިދުމަތް ދޭ ގަޑިތައް ހާމަކޮށްފި

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) މިއަހަރުގެ ރަމަޟާން މަހު އައިޖީއެމްއެޗުން ހިދުމަތް ދޭ ގަޑިތައް ހާމަކޮށްފިއެވެ. މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތްދުވަހު އެ ހޮސްޕިޓަލުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކުރުމަށް ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ޝްޕެޝަލިސްޓް އޯ.ޕީ.ޑީ ކޮންސަލްޓޭޝަންގެ ޚިދުމަތް ދޭނީ ހެނދުނު 09:00 ން ހަވީރު 4 ޖަހަންދެން ކަމަށެވެ. ލެބޯޓްރީގެ ޚިދުމަތްތަކަށް ބަލާއިރު، ހެނދުނު 08:00 ން ހަވީރު 5 ޖަހަންދ...

މުޙައްމަދު އަފްރާޙް
ފަރެސްމާތޮޑާގައި ލަސްނުކޮށް ގެސްޓްހައުސް ވިޔަފާރި ފެށުމަށް ރައީސް އެދިވަޑައިގެންފި

ފަރެސްމާތޮޑާގައި ލަސްނުކޮށް ގެސްޓްހައުސް ވިޔަފާރި ފެށުމަށް ރައީސް އެދިވަޑައިގެންފި

ފަރެސްމާތޮޑާގައި ލަސްނުކޮށް ގެސްޓްހައުސް ވިޔަފާރި ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ސަރުކާރުން އެރަށުގައި ތަރައްގީކުރި “ފަރެސްމާތޮޑާ އެއަރޕޯޓު” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިއީ ހުވަދުއަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރީގެ އުންމީދުގައި ތިބި ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެފަދަ ފަރާތްތަކަށް މިހާރު މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެންވެ، ލަސްނުކުރައްވ...

މުޙައްމަދު އަފްރާޙް
ޕާކިސްތާނުގައި ހާލުގައި ޖެހިފައިތިިބި އަންހެނުންނަށް ބީސީއެމް އިން ފައިސާގެ އެހީތެރިކަމެއް

ޕާކިސްތާނުގައި ހާލުގައި ޖެހިފައިތިިބި އަންހެނުންނަށް ބީސީއެމް އިން ފައިސާގެ އެހީތެރިކަމެއް

ޕާކިސްތާނުގައި ހާލުގައި ޖެހިފައިތިިބި އަންހެނުންނަށް ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބީސީއެމް އިން ބުނީ ފައިސާގެ އެހީތެރިކަން ފޮރުކޮށްދިނުމަށް، މާލޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީގައި ހާއްސަ ހަފުލާއެއް ބާއްވާފައިވާ ކަމަށެވެ. އަދި ގާތްގަޑަކަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން 46،327 ރުފިޔާ، ހަދިޔާކޮށްފައިވާ ކަމަށް ބުނެއެވެ. ޕާކިސްތާން ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެގައުމުން ރާއްޖެއަށް ކަނޑައަޅު...

މުޙައްމަދު އަފްރާޙް
ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީ ކޮށްފައިވާ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ. މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވާއިރު، ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މި މާރިޗު މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު 3:45 ގައެވެ. ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރު Q2-6482 އެވެ. އެއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ. މި މަހުގެ 16 […]

މުޙައްމަދު އަފްރާޙް
ޑީއާރުޕީ އާއި ލޭބަރ ޕާޓީ އުވާލައިފި

ޑީއާރުޕީ އާއި ލޭބަރ ޕާޓީ އުވާލައިފި

ގާނޫނީ އަދަދު ހަމަނުވާތީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީޕާޓީގެ ޤާނޫނު ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އެ ދެ ޕާޓީއަށް ދެވުނު 3 މަސް ދުވަހުގެ މުއްދަތުގައި، ޤާނޫނު ލާޒިމްކުރާ ޢަދަދަށް މެންބަރުން ހަމަކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެ މަތިން މި ދެ […]

މުޙައްމަދު އަފްރާޙް