މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 606 ވަނަ ޞަފްޙާ

1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލުވުމުގެ އުއްމީދު އައު ވެއްޖެ

1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލުވުމުގެ އުއްމީދު އައު ވެއްޖެ

ރާއްޖެއަށް މިއަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒަށް ވާސިލުވުމުގެ އުއްމީދު އައު ވެއްޖެއެވެ. އެގޮތުން މި މާރިޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބައިމިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި އެދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 500597 ފަތުރުވެރިން އައިސްފައެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މި ކާމިޔާބީ ހޯދުމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަ...

މުޙައްމަދު އަފްރާޙް
އެސްޓީއޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމަށް ކޮށީގޭ ސައީދުގެ ނަން ފޮނުވައިފި

އެސްޓީއޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމަށް ކޮށީގޭ ސައީދުގެ ނަން ފޮނުވައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސުމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ގެ ނަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވައިފިއެވެ. ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ ކަންވެސް ކުރައްވާފައިވާ ސައީދު، އެސްޓީއޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް މިހާރުއަންނަނީ ކުރަމުންނެވެ. ސައީދު މިހައިތަނަށް ހުންނެވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަ...

މުޙައްމަދު އަފްރާޙް
ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކަށް ފަސް ބޭފުޅަކު

ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކަށް ފަސް ބޭފުޅަކު

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކް މުޅިން އަލަށް ފަސް ބޭފުޅެއް ޕްރޮމޯޓްކޮށް، މަޤާމުގެ ކުރިއެރުންދެއްވައިފިއެވެ. މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި އޮތް ރަސްމިއްޔާތެއްގައި މަޤާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހާވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ. މީގެ އިތުރުން މި ފަސް ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. […]

ޔުމްނާ ޢަލީ
ރައީސް އަށް ކުރިމަތިވެދާނެ އިތުރުކަމަކަށް ވަރަށްބޮޑަށް ވިސްނަންޖެހޭ: ޖާބިރު

ރައީސް އަށް ކުރިމަތިވެދާނެ އިތުރުކަމަކަށް ވަރަށްބޮޑަށް ވިސްނަންޖެހޭ: ޖާބިރު

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކުރިމަތިވެދާނެ އިތުރުކަމަކަށް ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމަށާއި އެކަމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު މިފަދައިން ވިދާޅުވީ ރައީސް ސާލިހުގެ މޮޓޯކޭޑު ހުއްޓުވި މައްސަލައަށް ރިޔާއަތް ކުރައްވައެވެ. ޖާބިރު ވިދާޅުވީ ރައީސްގެ މޮޓޯކޭޑު ހުއްޓުވައި، ހުރަސް އެޅުމަކީ ވަރަށް ވެސް ދެރަ އަމަލެއް ކަމަށާއި މިހެންވެ، ކުރިއަށް އޮތްތަނުގައި އަތުވެދާނެ އިތުރު ކަމަކަ...

މުޙައްމަދު އަފްރާޙް
ބޯޓުގެ މައްސަލާގައި ބައްޕަ ގޮވައިގެން ކައިޒީން ހައި ކޯޓަށް

ބޯޓުގެ މައްސަލާގައި ބައްޕަ ގޮވައިގެން ކައިޒީން ހައި ކޯޓަށް

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާގައި ކައިޒީން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ މައްސަލަ ކައިޒީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރީ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓު ގަތުމުން، ކައިޒީންގެ ރުހުން ނެތި ބައްޕަގެ ނަމުގައި ބޯޓު ރަޖިސްޓަރީ ކުރި ކަމަށް ބުނެ […]

ހުސައިން ހަބީބް
ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހެޅުމަށް އެދިއްޖެ

ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހެޅުމަށް އެދިއްޖެ

ރަމަޟާން މަހުގެ އިނާޔަތް ނުލިބޭނަމަ، ޝަކުވަ ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެދިއްޖެއެވެ. އެ އޮތޯރިޓީން ބުނީ އެކަމަށް ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ އޮތޯރިޓީއަށް ގޮސްގެން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް އެތަނެއްގައި ވަޒީފާ އަދާކުރާ މުސްލިމު މުވައްޒަފުންނަށް ދޭ ރަމަޟާން އިނާޔަތުގެ ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާ ދިނުމަށް ގާނޫނު ލާޒިމު ކުރެއެވެ. އެހެންނަމަވެސް ވަޒީފާ ދޭ […]

މުޙައްމަދު އަފްރާޙް
ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ޝަމްހާ އައު ކޮށްފި

ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ޝަމްހާ އައު ކޮށްފި

ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ޝަމްހާ އަހްމަދު އައު ކޮށްފިއެވެ. އޭނާ މި ރެކޯޑު އައު ކުރީ ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރަތަންގައި ދުވެ، 39 މިނިޓް 34 ސިކުންތުން ނިންމައިގެންނެވެ. މި ރެކޯޑު މީގެކުރުން ވެސް އޮތީ އުމުރުން 40 އަހަރުގެ ޝަމްހާ އަތުގައެވެ. އެއީ އޮސްލޯ މެރަތަންގައި ދުވެ، 40 މިނިޓް 39 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޝަމްހާ އަމިއްލަ ރެކޯޑު އައުކޮށްފައިވާއިރު، އޭނާ ވަނީ މި ރޭހުގައި އުމުރުފުރާ ކެޓަގަރީން ރަން […]

މުޙައްމަދު އަފްރާޙް
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖާ ޙުސައިން ރަޝީދު

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖާ ޙުސައިން ރަޝީދު

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު އައްޔަން ކުރައްވައިފިއެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވީ މި މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މަޢުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ. ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެކެވެ. މިފަދަ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަ...

މުޙައްމަދު އަފްރާޙް
''އަބަދުވެސް ތިބެންވާނީ މަރަށް ތައްޔާރުވެގެން''

''އަބަދުވެސް ތިބެންވާނީ މަރަށް ތައްޔާރުވެގެން''

އަބަދުވެސް ތިބެންވާނީ މަރަށް ތައްޔާރުވެގެން ކަމަށް ޤައުމީ ޔުނިވާސިޓީގެ ޝަރީޢާ ފެކަލްޓީގެ ޑީން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެއެވެ. ޑރ. އަބުދުއްސައްތާރު މިހެން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ މިއަހަރުގެ އިހްޔާ ފޯރަމްގައި އާދީއްތަ ދުވަހުގެ ރޭ ތަޤްރީރު ކުރައްވަމުންނެވެ. އާދީއްތަ ދުވަހުގެ ރޭ ބޭއްވި އިހްޔާ ފޯރަމްގެ މައުޟޫއަކީ ” މަރާއި މަރުހިއްޕެވުން ” އެވެ. މި އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ، މަރަކީ ކަނޑައެޅިފައިވާ ކަމެއްކަމަ...

ޔުމްނާ ޢަލީ
ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް ރައީސް އަޅުއްވާނެ: އިމްރާން

ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް ރައީސް އަޅުއްވާނެ: އިމްރާން

ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިޔަވަޅު އެޅުމަކީ ހިތިކަމާއި ފޮނިކަން އެކުލެވިގެންވާ ކަމެއްކަން ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ‘’ކޮންމެހެން އަޅުވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެކަން ކަން ދަންނަ މީހުންނަށް އެނގޭ’’ އިމްރާން ވިދާޅުވެފަވެއެވެ. އެއަށްފަހު އިމްރާން ވިދާޅުވ...

ޔުމްނާ ޢަލީ
ގުރައިދޫ ދާއިރާ ބައި-އިލެކްޝަން: ރީ ރެޖިސްޓްރީ ވުމަށް މި މަހުގެ 30ގެ ނިޔަލަށް

ގުރައިދޫ ދާއިރާ ބައި-އިލެކްޝަން: ރީ ރެޖިސްޓްރީ ވުމަށް މި މަހުގެ 30ގެ ނިޔަލަށް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ރީ ރެޖިސްޓްރީ ވުމަށް މި މަހުގެ 30ގެ ނިޔަލަށް ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ގުރައިދޫ، މާފުށި އަދި ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން ކަމަށެވެ. މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށާއި އެހެން ނޫނ...

މުޙައްމަދު އަފްރާޙް
52 މިލިއަން ދޭން ޔާމީނަށް އެންގި މައްސަލަ ހައިކޯޓުން ބަލައިގެންފި

52 މިލިއަން ދޭން ޔާމީނަށް އެންގި މައްސަލަ ހައިކޯޓުން ބަލައިގެންފި

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް އެ މައްސަލާގައި ލޯންޑާ ކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދޭން ކޯޓުން މިދިޔަ މަހު އަމުރެއް […]

ހުސައިން ހަބީބް
ޖަލުގެ އާބާދީގެ 80 އިންސައްތަ ގައިދީންނަކީ އެންޑީއޭގެ ފަރުވާނުލިބި ތިބި މީހުން: ސަމާއު

ޖަލުގެ އާބާދީގެ 80 އިންސައްތަ ގައިދީންނަކީ އެންޑީއޭގެ ފަރުވާނުލިބި ތިބި މީހުން: ސަމާއު

ޖަލުގެ އާބާދީގެ 80 އިންސައްތަ ގައިދީންނަކީ އެންޑީއޭގެ ފަރުވާނުލިބި ތިބި މީހުން ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ގުޅިގެން ކުރި މަސައްކަތުން، ޖަލުތަކުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭ 300 މީހުން، އެ ޕްރޮގްރާން ފުރިހަމަނުކޮށް އެބަތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މަސްތުވާތަކެތި ހާލަތު ގެނެގަތުމަށް ހެލްތު މިނިސ...

މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާރިސް ފާޅު ކުރައްވައިފި

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާރިސް ފާޅު ކުރައްވައިފި

މޯލްޑިވްސް ރީޕޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ފާޅު ކުރައްވައިފިއެވެ. ފާރިސް މިކަން ހާމަކުރެއްވީ ކްލަބްހައުސްގައި “މާއްދާ27” ގްރޫޕުގައި ވާހަކަ ދައްކަވަމުންނެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފާނަންތޯ ބައިވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނަމަ، ވާދަކު...

މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި

ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބު އޮބްޒާވްކޮށް، މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ބައިނަލްއަޤްވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކާއި ބޭރުގެ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މާރިޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސ...

މުޙައްމަދު އަފްރާޙް