މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 605 ވަނަ ޞަފްޙާ

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ނިންމަވައިފިއެވެ. ޖޭޕީގެ ރިޔާސީ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރުމަށް ނިންމަވައި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް ޤާސިމް ފޮނުއްވި ސިޓީ އެ ޕާޓީގެ ރަސްމީ ޓްވީޓާގައި މިހާރު ވަނީ އާންމުކޮށްފައެވެ. އެ ސިޓީގައި ޤާސިމް ވިދާޅުވެފައި ވަނީ، އެ ޕާޓީގެ ރިޔާސީ ޓިކެޓްގައި ވާދަކުރުމުގެ ޝަރުތު ހަމަވާ އެ ޤާބިލުކަން ހުރި އެތައް ބޭފުޅުންނެއް […]

ޔުމްނާ ޢަލީ
ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންކަން: ރައީސް

ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންކަން: ރައީސް

މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންކަން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް މިހެން ވިދާޅުވީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި “ސަމިޓް ފޮރ ޑިމޮކްރަސީ”ގެ ދެވަނަ ބައްދަލުވުމުގައި އިއްވެވި ޤައުމީ ބަޔާނުގައެވެ. ރައީސްގެ ބަޔާނުގައި ވަނީ 2021 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއަރުންތަކަށް އަލިއަޅުވާ...

ޔުމްނާ ޢަލީ
ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް: ނާޒިމް

ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް: ނާޒިމް

ޅ. ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު، އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނައިފަރުގެ ފެނާ ނަރުދަމާގައި ހުރި މައްސަލަތަކާ ބެހޭގޮތުން ނައިފަރު ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުންނެވެ. އެ ޤަރާރަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ނައިފަރުގައި 2022 ވަނަ އަހަރު ނިންމައި މީހުން ދިރިއު...

މުޙައްމަދު އަފްރާޙް
52 މިލިއަން ދައްކަން ޔާމީނަށް އެންގީ ގާނޫނީ އިމުން ބޭރުން: ވަކީލުން

52 މިލިއަން ދައްކަން ޔާމީނަށް އެންގީ ގާނޫނީ އިމުން ބޭރުން: ވަކީލުން

ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް, ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އެންގި އެވެ. އެ ނިންމުން […]

ހުސައިން ހަބީބް
ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އިބްރޭ

ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އިބްރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމަށް، އިބްރާހީމް ވަޙީދު (އިބްރޭ) މިއަދު ޢައްޔަންކުރައްވައިފިއެވެ. ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ)ގެ މަގާމުގައި ހުންނެވި އިބްރޭ ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އިބްރޭ އަކީ، 2009 އ...

ޔުމްނާ ޢަލީ
ފާއިތުވި ތިން އަހަރު، ޒަކާތު ފަންޑުން ބޭސްފަރުވާއަށް 35 މިލިއަން ރުފިޔާ

ފާއިތުވި ތިން އަހަރު، ޒަކާތު ފަންޑުން ބޭސްފަރުވާއަށް 35 މިލިއަން ރުފިޔާ

ފާއިތުވި ތިން އަހަރު، ޒަކާތު ފަންޑުން ބޭސްފަރުވާއަށް 35 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކުރީ ޒަކާތު ފަންޑުން ވޭތުވެދިޔަ ތިން އަހަރު ބޭސްފަރުވާއަށް ކުރި ހަރަދުގެ ތަފުސީލު ހާމަކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ލިޔުމުގައެވެ. މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، އިސްލާމިކް މިނިސްޓަށް ހުށަހަޅުއްވާފައިވާ ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވ...

މުޙައްމަދު އަފްރާޙް
ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރިކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެއީ ތެދެއް ކަމަށާއި ޝިފާޒު، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވައެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް ޝިފާޒު ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ. “އަޅުގަ...

މުޙައްމަދު އަފްރާޙް
ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ރޭ 12:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާނެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑް އޮފިސަރުން އަދި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު […]

މުޙައްމަދު އަފްރާޙް
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ. އެ ދެ މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މި މާރިޗު މަހުގެ 26 ގައެވެ. އެ އަމުރުގައި ބުނެފައިވަނީ، ހާދިސާ ހިނގި ގޮތުގެ ފުޓޭޖާއި ދިފާއުން ހުށަހަޅާފައިވާ ފުޓޭޖުން ހާދިސާ ހިނގި ގޮތް ފެންނަ ކަމަށާއި ފުލުހުންގެ ފަރާތުން ހުށަހެޅި ސްނެޕްޝޮޓުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، މި ކުށް ތަކުރާރުވުމުގެ ފުރުސަތު ކުޑަކަމަށް ފެންނަ ކަމަށެވެ. އެހެންވެ، މި ދެ […]

މުޙައްމަދު އަފްރާޙް
އޮފީހެއް ފަޅާލައި 7 ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

އޮފީހެއް ފަޅާލައި 7 ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

މާލޭގައި ހުންނަ އޮފީހެއް ފަޅާލައި 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި ފަޅާލާފައި ވަނީ މާލޭ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރަތަަމަ ފަންގިފިލާގައި ހުންނަ އޮފީހެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތުހުމަތުގައި މާލެއިން އުމުރުން 43 އަހަރުގެ ފިރިހެނެއް މިއަދު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅުނު ތަން ބަލައިފާސްކޮށް […]

ޔުމްނާ ޢަލީ
ގިނަ ދުވަސްވެފައިވާ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެނުކުރެވޭނެގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ

ގިނަ ދުވަސްވެފައިވާ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެނުކުރެވޭނެގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ

ގިނަ ދުވަސްވެފައިވާ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެނުކުރެވޭނެގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީއާއި ހިއްސާކުރައްވަމުންނެވެ. ނަހުލާ ވިދާޅުވީ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެނުކުރެވޭނެގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައަޅުއްވާފައިވާ ކ...

މުޙައްމަދު އަފްރާޙް
އެމްޑީއެން އުވާލަން ނިންމީ ރަނގަޅަށް: ސިވިލް ކޯޓް

އެމްޑީއެން އުވާލަން ނިންމީ ރަނގަޅަށް: ސިވިލް ކޯޓް

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެމްޑީއެންއިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި އެ ޖަމްއިއްޔާ ސަސްޕެންޑް ކުރުމަށްފަހު ސަރުކާރުން އުވާލާފައިވާނީ 2019 ވަނަ އަހަރު އެވެ. އެމްޑީއެންގައި މަސައްކަތްކުރި ޝަހިންދާ އިސްމާއިލްގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސިިވިލް ކޯޓުން މިއަދު ކުރި ހު...

ހުސައިން ހަބީބް
ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން އެދެފި

ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން އެދެފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން އެ މަނިކުފާނުގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާކޮށް, އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. […]

ހުސައިން ހަބީބް
ދަރަނި ރީސްޓްރަކްޗާ ކުރުމުން ރޭޓިން އޭޖެންސީތަކުން ސަރުކާރުގެ ރޭޓިން ދަށްކުރާނެ: އަމީރު

ދަރަނި ރީސްޓްރަކްޗާ ކުރުމުން ރޭޓިން އޭޖެންސީތަކުން ސަރުކާރުގެ ރޭޓިން ދަށްކުރާނެ: އަމީރު

ދަރަނި ރީސްޓްރަކްޗަރ ކުރުމަކީ ރޭޓިން އެޖެންސީތަކުން ސަރުކާރުގެ ރޭޓިން ދަށްކުރާނެކަމެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ލިޔުމުން ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައެވެ. ބޮންޑާ ވަނީ 2021 ވަނަ އަހަރުގެ ކަރަންޓް ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ ކޮބައިތޯ އާއި 2022ވަނަ އަހަރަށް ލަފާކުރާ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ ކޮބައިތޯއާއި ދައުލަތުގެ ދަރަނި ބޮޑުއިރު، ދަރަނި މަދުކޮށް ރީސްޓްރަކްޗަރ ކުރުން މުހިން...

މުޙައްމަދު އަފްރާޙް
މީޑިއާތަކުގެ ދަފްތަރެއް އެކުލަވާލަނީ

މީޑިއާތަކުގެ ދަފްތަރެއް އެކުލަވާލަނީ

ދިވެހި މީޑިއާގެ ދަފުތަރެއް އެކުލަވާލައި އާއްމުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ. އެމްއެމްސީ އިން ނިންމާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްމަޖައްލާތަކާއި އެނޫން ވެސް މީޑިއާގެ ވަސީލަތްތައް ހިމެނޭހެން އެއް މަސްދުވަހުގެ ތެރޭގައި ދަފްތަރެއް އެކުލަވާލުމަށެވެ. ދިވެހިސަރުކާރުގެ ގެޒެޓުގައި، އެމްްއެމްސީން އާއްމުކުރި އުސޫލުގައިވާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ އާއްމު މައުލޫމާތާއި ނޫސްމަޖައްލާތައް ނެރުމަށް ހަމަޖެހިފައިވާ ގޮތް އެ އު...

މުޙައްމަދު އަފްރާޙް