އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމްޑީއެންއިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި އެ ޖަމްއިއްޔާ ސަސްޕެންޑް ކުރުމަށްފަހު ސަރުކާރުން އުވާލާފައިވާނީ 2019 ވަނަ އަހަރު އެވެ.
އެމްޑީއެންގައި މަސައްކަތްކުރި ޝަހިންދާ އިސްމާއިލްގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން
ސިިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެމްޑީއެން އުވާލަން ނިންމީ ޖަމްއިއްޔާތަކާބެހޭ ގާނޫނުގައި ބުނާ އިޖްރައާތު ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.
ހުކުމުގައިވަނީ އިސްލާމްދީނާ ހިލާފް އަމަލުތައް ކުރުމާއި ދީނީ އެއްބައިވަންތަކަން ގެއްލޭ ކަންކަން ކުރުމަކީ ޖަމްއިއްޔާތަކަށް މަނާ ކަމެއް ކަމަށެވެ. އަދި އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ޚިލާފް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެމްޑީއެން އުވާލަން ނިންމީ އެ ޖަމްއިއްޔާއާ ދެކޮޅަށް ރާއްޖޭގައި ގިނަ މުޒާހަރާތަކެއް ކޮށްފައި ވަނިކޮށެވެ. އެ މައްސަލަ އޭރު ފުލުހުން ބަލަން ފެށި އެވެ. އެކަމަކު އެއްވެސް މީހަކަށް އެ މައްސަލާގައި ދައުވާއެއް ނުކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!