ހުޅުމާލެ ފޭސް 2 ގައި ދެ އެކްސިޑެންޓެއް، އެކަކު ނިޔާވެ، އަނެކަކުގެ ހާލު ސީރިއަސް
ހުޅުމާލެ ފޭސް 2 ގައި ދެ އެކްސިޑެންޓެއް، އެކަކު ނިޔާވެ، އަނެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ފްލެޓު ކައިރީ ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:56 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި 59 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް […]