މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 587 ވަނަ ޞަފްޙާ

ކީރިތި ޤުރްއާނަށް ލޯބިކުރާ ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުން ތިބިކަން ރަން ތާޖު ޤުރްއާން މުބާރާތުން އެނގިއްޖެ: ރައީސް

ކީރިތި ޤުރްއާނަށް ލޯބިކުރާ ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުން ތިބިކަން ރަން ތާޖު ޤުރްއާން މުބާރާތުން އެނގިއްޖެ: ރައީސް

ކީރިތި ޤުރްއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން ރަންތާޖު ޤުރުއާން މުބާރާތުން އެނގިގެން ހިނގައްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ ކަމަށެވެ. އޭރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކުރާނެ އެތައް ޤާރީންނަކާއި އެތައް ޙާފިޒުންނެއް އ...

މުޙައްމަދު އަފްރާޙް
''ރަންތާޖު ޤުރުއާން'' މުބާރާތުގެ 1 ވަނަ ސާއީ އަށް

''ރަންތާޖު ޤުރުއާން'' މުބާރާތުގެ 1 ވަނަ ސާއީ އަށް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، ރާއްޖެޓީވީ ގުޅިގެން ކުރިޔަށް ގެންދިޔަ ރަންތާޖު ޤުރުއާން މުބާރާތުގެ ފަޚުރުވެރި 1 ވަނަ މުހައްމަދު ސާއީ މުބާރިކް ހާސިލްކޮށްފިއެވެ. މި މުބާރާތުގެ 1 ވަނަ ހޯދައި، ރަންތާޖު ހާސިލްކުރި ސާއީ އަކީ ނ. ހޮޅުދޫއަށް ނިސްބަތްވާ ފަރާތެކެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު ޤުރުއާން މުބާރާތް ނިންމުމުގެ ހަފުލާ ރޭ ބާއްވާފައިވާއިރު، މުބާރާތުން އެއްވަނަ ހޯދި ސާއީ އަށް […]

ޔުމްނާ ޢަލީ
ދިވެހި ކަނޑުގެ ސަރަހައްދެއް ''ގެއްލުވާލުމުގެ'' ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ: އެމްއެންޕީ

ދިވެހި ކަނޑުގެ ސަރަހައްދެއް ''ގެއްލުވާލުމުގެ'' ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ: އެމްއެންޕީ

ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށާއި، އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓައާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ޗާގޯސް މައްސަލައާއި ގުޅޭގޮތުން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދިވެހިންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލު...

މުޙައްމަދު އަފްރާޙް
ދޯންޏެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި

ދޯންޏެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި

ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ ދިވެހި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ދޯންޏަކީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ. ދިޔަމިގިއްޔަށް ދަތުރަމުން ދިޔަ ދޯންޏެކެވެ. “މާކުރީ 7″ ނަމަކަށް ކިޔާ މި ދޯނި ތ. ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ”ކޯސްޓުން ވަނީ ދޯންޏަށް ކައިރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި” އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ އިދާރާއި...

ޔުމްނާ ޢަލީ
''ސިއްހީ ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެ''

''ސިއްހީ ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެ''

ސިއްހީ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމަވާފައިވާއިރު، މި ބަދަލާއެކު ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވި ހާއްސަ މެސެޖެއްގައި ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި 1 ވަނަ ދުވަހުން ފެށިގެން ގެންނަވާ ކުރިއެރުންތައް ޢިއުލާންކޮށް ދެއްވާފައެވެ. އޭގެފަހުން ސަރުކާރުން ވަނީ އެ ކުރިއެރުންތަކުގެ ތަފްސީލް ހާމަކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް މި...

ޔުމްނާ ޢަލީ
އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާ ފަސްކޮށްފި

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާ ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓު ހަވާލުކުރުން ފަސްކޮށްފިއެވެ. އެ ޕާޓީން ބުނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ޖަލްސާ ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބާއްވާނެ ތާރީހެއް އަލުން އަންގާނެ ކަމަށެވެ. އެ ޕާޓީގެ ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން މެއި 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގެ […]

މުޙައްމަދު އަފްރާޙް
ފުއްގިރި މައްސަލަ ކުރިއަށް ގެންދާ ގޮތުން ޔާމީން ނުރުހުން ފާޅުކުރައްވައިފި

ފުއްގިރި މައްސަލަ ކުރިއަށް ގެންދާ ގޮތުން ޔާމީން ނުރުހުން ފާޅުކުރައްވައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ އެ މަނިކުފާނު މިއަދު ކޯޓުގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އެހެން މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. […]

ޔުމްނާ ޢަލީ
އިސްލާމިކް ޔުނިވާސިޓީގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ ކޯސްތަކަށް ހުޅުވާލައިފި

އިސްލާމިކް ޔުނިވާސިޓީގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ ކޯސްތަކަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ޔުނިވަރސިޓީން ބުނީ މި ކޯސްތަކުގެ ތެރޭގައި މާސްޓަރސް ލެވެލްގެ 16 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 1 ކޯހަކާއި، ބެޗްލަރސް ލެވެލްގެ 13 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ / އެޑްވާންސްޑް ޑިޕްލޮމާގެ 2 ކޯހެއް ހިމެނޭ ކަމަށެވެ. އަދި ޑިޕްލޮމާގެ 9 ކޯހަކާއި އެކު ސެޓްފިކެޓް ލެވެލް ގެ 19 ކޯހެއް ހިމެނޭ ކަމަށެވެ. ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ […]

މުޙައްމަދު އަފްރާޙް
ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ގާއިމުކުރަން ފެނަކައާ ހަވާލުކޮށްފި

ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ގާއިމުކުރަން ފެނަކައާ ހަވާލުކޮށްފި

ހއ. ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ހަދަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫގައި އައިސް ޕްލާންޓު ހެދުމަށެވެ. ސައުދީ ފަނޑުގެ އެހީގެ ދަށުން މިއިން ކޮންމެ ރަށެއްގައި ގާއިމުކުރާނީ 25 ޓަނުގެ އައިސްޕްލާންޓު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން […]

މުޙައްމަދު އަފްރާޙް
ފުލުހުންގެ ތަރައްގީއަށް އިމްރާން ކުރެއްވި އެއްވެސް ކަމެއްނެތް: ރިޔާޟް

ފުލުހުންގެ ތަރައްގީއަށް އިމްރާން ކުރެއްވި އެއްވެސް ކަމެއްނެތް: ރިޔާޟް

ދިވެހި ފުލުހުންގެ ތަރައްގީއަށް ހޯމް މިނިސްޓަރު އިމްރާން އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި އެއްވެސް ކަމެއްނެތްކަމަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރު އިމްރާންގެ ޒަޢާމަތުގައި ފުލުހުންގެ ޚިދުމަތަށާއި، ފުލުހުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން މިނިސްޓަރު އިމްރާން މީގެ ކުރިން އެކިފަހަރުމަތިން ވަނީ ފާހަގަ ކުރައްވާފައެވެ. ދިވެހި ފުލުުހުންގެ ހިދުމަތަށް 90 އަހަރު ފުުރުން ފާހަގަ ކުރުމ...

ޔުމްނާ ޢަލީ
ހަނިމާދޫން މީހުން ބާލާ ހިސާބަށް ވެސް އަދި ދާނެ: ސުޖާޢު

ހަނިމާދޫން މީހުން ބާލާ ހިސާބަށް ވެސް އަދި ދާނެ: ސުޖާޢު

އިދިކޮޅު ކޯލިޝަނުން ދެއްކި ވާހަކަ ހަނިމާދޫ ކައުންސިލުން އަޑު ނޭހިކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ހދ. ހަނިމާދޫން މީހުން ބާލާ ހިސާބަށް އަދި ކަންތައްތައް ދާނެކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލުގެ ހުއްދަ ނުހޯދައި ބޭރުކުރާތީ އެ ރަށު ކައުންސިލުން އިއްޔެ ވަނީ […]

ޔުމްނާ ޢަލީ
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިއެވެ. ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އެކަން ޢިއުލާން ކުރެއްވީ މިއަދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ. މިއަދު ދައުލަތުގެ މީޑިއާއި ރައީސް އޮފީހުގެ މީޑިއާ މެދުވެރިކޮށް ރައީސް ދެއްވި ހާއްސަ މެސެޖެއްގައި މިކަން ޢިއުލާން ކުރެއްވި އިރު އެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ވަނީ ގެންނަވާފައެވެ. މިގޮތުން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލު ހާމަކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި...

ޔުމްނާ ޢަލީ
އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބައިބަލާ މުބާރާތެއް ބާއްވަނީ

އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބައިބަލާ މުބާރާތެއް ބާއްވަނީ

އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބައިބަލާ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޖުލައި މަހުއެވެ. އެ އެސޯސިއޭޝަނުން ބުނީ މިއީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށާއި މި މުބާރާތް ފެށުމަށް މިހާރުތާވަލުކޮށްފައިވަނީ ޖުލައި 27 ގައި ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ވަރަށްއަވަހަށް ހުޅުވާލާނެ ކަމަށެވެ. 1996 ވަނަ އަހަރުން ފެށިގެން ކޮންމެއަހަރެއްގެ ވެސް ފިތުރު އީދާ ދިމ...

މުޙައްމަދު އަފްރާޙް
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދއްކެވި ވާހަކަފުޅުގައެވެ. ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަމާޒަކީ ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ އެއާޕޯޓް ހަދާ ސަރަހައްދުން ކައުންސިލް ހުއްދަނެތި ގަސް ބޭރުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

ހަނިމާދޫ އެއާޕޯޓް ހަދާ ސަރަހައްދުން ކައުންސިލް ހުއްދަނެތި ގަސް ބޭރުކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލުގެ ހުއްދަ ނުހޯދައި ބޭރުކުރާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެ ސަރަހައްދުން ނެގި ބައެއް ބޮޑެތިގަސްތައް ކައުންސިލުގެ ހުއްދަ ނުހޯދައި އެ ރަށުން ބޭރުކުރާ މައްސަލައެއް މިދިޔަ މާޗު މަހުގެ ފަހުކޮޅު ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ އެ ކައުންސިލުން ވަނީ އީޕީއޭގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. [...

ޔުމްނާ ޢަލީ