ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އައްޑޫ އަށް
ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމު ކޮށްގެން މިއަދުން ފެށިގެން މި އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ. ދުނިޔޭގެ މަޝްހޫރު މުރަކައިގެ ތަޖުރިބާކާރުންނާއި ސައިންޓިސްޓުން ފެސްޓިވަލުގައި ބައިވެރިވާއިރު، މުރަކައިގެ ތަޖުރިބާކަރު...