މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 585 ވަނަ ޞަފްޙާ

މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް

މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭ ފަދަ ވަގުތީ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. އަރަބިއްޔާގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން ހުއްޓުވާތީ އެކަމާ ދެކޮޅަށް ބެލެނިވެރިންތަކެއް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، މައްސަލަ ނިމެންދެން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭފަދަ ވަގުތީ އަމުރަކަށް އެދުނެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމީ އަމުރު ނެރެނުދިނުމަށެވެ. އެ ނިންމުން އިސްތިއުނާފް […]

ހުސައިން ހަބީބް
ހުޅަނގު މޫސުން ވަނީ ފެށިފައި: މެޓް އޮފީސް

ހުޅަނގު މޫސުން ވަނީ ފެށިފައި: މެޓް އޮފީސް

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާ އިން ބުނީ އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު، ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. މީގެ އިތުރުން މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުމުގެ […]

މުޙައްމަދު އަފްރާޙް
ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފި

ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފި

ޚަބަރު ނުވެގެން ހޯދަމުންދާ ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފިއެވެ. މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓުގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފް ހާމަކުރެއްވީ މިއަދު ހެނދުނު 11:17 ހާއިރުއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިފައިވާ ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން މިބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާ ކަމަށެވެ. “މިމީހުން […]

ޔުމްނާ ޢަލީ
އޭޓީއެމް ފެއާގެ ހަވާސާގައި 'މޯލްޑިވްސް މީޑިއާ މީޓް' ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް

އޭޓީއެމް ފެއާގެ ހަވާސާގައި 'މޯލްޑިވްސް މީޑިއާ މީޓް' ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް

އޭޓީއެމް 2023ގެ ހަވާސާގައި އެކްސްކްލޫސިވް ‘މޯލްޑިވްސް މީޑިއާ މީޓް’ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ބޭއްވި ބައްދަލުވުމެކެވެ. މެއި 2 ވަނަ ދުވަހު، އަލް އައިން ސުއީޓް ބީގެ ހޯލް 3 ގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުއިރުމައްޗާއި ދުނިޔޭގެ މުހިންމު މީޑިއާތަކުގެ 50 އަށް ވުރެ ގިނަ މެންބަރުން ވަނީ ބައިވެރިވެފައެވެ. މި ނޫސްވެރިންގެ ބައްދަލުވުން ފަށާފައިވަނީ […]

މުޙައްމަދު އަފްރާޙް
މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ބޯއްޓެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ބޯއްޓެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަމުން އަންނަކަމަށް ގައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ. އެ އިދާރާ އިން ބުނީ މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓު ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަުން އަންނަކަމަށެވެ. “ސާވާރީ” ނަމަކަށް ކިޔާ އެ ބޯޓުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް ވެސް ބުނެއެވެ. މި ބޯޓު ދަތުރު ކުރަމުން […]

މުޙައްމަދު އަފްރާޙް
ސިޓީ ކައުންސިލުން މާލެ ސިޓީގެ ހުރިހާ ގޭބިސީތަކަށް ފޮތި ކޮތަޅު ބަހަނީ

ސިޓީ ކައުންސިލުން މާލެ ސިޓީގެ ހުރިހާ ގޭބިސީތަކަށް ފޮތި ކޮތަޅު ބަހަނީ

މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބަހަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް މާލެ ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު އެ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކަށް ގޮސް ބަހާގޮތަށެވެ. މިކަމާއި ގުޅިގެން މި ޖަލްސާގައި މޭޔަރު ޑރ. […]

މުޙައްމަދު އަފްރާޙް
އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގައި މި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގައި މި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރެއްވުމުގައި، މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ. ހޮޓެލް ޖެން ގައިި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގައުމީ އިޖްތިމާއީ ރައްކާތެރިކަމުގެ އައު އޮ...

މުޙައްމަދު އަފްރާޙް
ރައީސް އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ

ރައީސް އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މިރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު، މިޢުވާން މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެގައުމުގެ ރަސްކަމާ، ރަސްގެފާނު ޗާލްސް ތިނެއް ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ރަސްމިއްޔާތު އޮންނާނީ މި މެއި މަހުގެ ހަވަނަ ދުވަހު އެވެ. ރައީސް ގެ މިދަތުރުފުޅުގައި ކޮމަންވެލްތ...

މުޙައްމަދު އަފްރާޙް
ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި

ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި

ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނި ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ހެރިޓޭޖް މިނިސްޓަރުގެ ނާއިބު އަހްމަދުﷲ ޖަމީލު ސޮއި ކުރެއްވިއިރު، ޑައިނޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަލީއެވެ. ބޭންކް އޮފް މޯލްޑިވްސް (ބޭއެމްއެލް) ގެ ސީއެސްއާރްގެ ދަށުން ކުރިޔަށްގެންދާ މި މަސައްކަތަށް އެ ބޭ...

މުޙައްމަދު އަފްރާޙް
ކަންބޮޑުވުންތަކުގެ އަޑު އިއްވަން އިދިކޮޅު ވަފުދެއް ކޮލަމްބޯއަށް ފުރަނީ

ކަންބޮޑުވުންތަކުގެ އަޑު އިއްވަން އިދިކޮޅު ވަފުދެއް ކޮލަމްބޯއަށް ފުރަނީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ދެ ލީޑަރުން ކޮލަމްބޯއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން ބުނީ ކޮލަމްބޯ އަށް ވަޑައިގަންނަވާނީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަމަށާއި އެ ދެ ބޭފުޅުން މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ބުނެއެވެ. އެ ދެބޭފުޅުން ކޮލޮމްބޯއަށް ވަޑައިގެން ބޭރުގެ ޑިޕްލޮމެޓުންނާއި ރައީސް ޔާމީންގެ […]

މުޙައްމަދު އަފްރާޙް
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް އެމްއެމްސީން ފޯރަމެއް ބާއްވަނީ

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް އެމްއެމްސީން ފޯރަމެއް ބާއްވަނީ

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ފޯރަމްއެއް ބާއްވަން ނިންމައިފިއެވެ. އެމްއެމްސީ އިން ބުނީ މިއީ އެ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ހަރަކަތެއް ކަމަށެވެ. މި ފޯރަމްގައި އެންމެ ޚާއްސަ އެއް ހަރަކާތަކީ މީޑިއާގެ މިނިވަންކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ދެ ދުވަހުގެ ފޯރަމް ކަމަށާއި މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވ...

މުޙައްމަދު އަފްރާޙް
ޔާމީން ރިޝްވަތެއް ނުހިފާ, ސިޔާމާއެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް: ވަކީލުން

ޔާމީން ރިޝްވަތެއް ނުހިފާ, ސިޔާމާއެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް: ވަކީލުން

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އަތުން ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތު […]

ހުސައިން ހަބީބް
"ނޫސްވެރިކަން މިނިވަންކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ"

"ނޫސްވެރިކަން މިނިވަންކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ"

ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދު ވެސް ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވ...

މުޙައްމަދު އަފްރާޙް
މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ

މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ

މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ އެވެ. އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީ މަހު ފައިސާއިން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7062.65 ރުފިޔާއެވެ. ނަމަވެސް މިފަހަރުގެ ޢަދަދު ވަނީ އިތުރުވެފައެވެ. މިގޮތުން، އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާގޮތުގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން މިދިޔަ އޭޕްރިލްމަހުގެ 30 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒ...

ޔުމްނާ ޢަލީ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދެއެއްގެ ނިރޮޅު މަގުގައެވެ. ޕިކަޕަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓާގުޅިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު 15:17 ހާއިރުއެވެ. ”މިއެކްސިޑެންޓްގައި 20 އަހަރުގެ މީހަކަށް އަނިޔާވެފައިވޭ، އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން” ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓާއި ގުޅިގެން ބައްލަވަންޖެހޭ ކަންކަން ބ...

ޔުމްނާ ޢަލީ