ހއ. ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ހަދަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫގައި އައިސް ޕްލާންޓު ހެދުމަށެވެ.
ސައުދީ ފަނޑުގެ އެހީގެ ދަށުން މިއިން ކޮންމެ ރަށެއްގައި ގާއިމުކުރާނީ 25 ޓަނުގެ އައިސްޕްލާންޓު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަހްމަދު ޔާމީން އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައީދު މުހައްމަދު އެވެ.
މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މި ސަރުކާރުން ވަނީ ރާއްޖޭގެ 10 ސަރަހައްދެއްގައި އައިސް ޕްލާންޓް ގާއިމްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!