މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 562 ވަނަ ޞަފްޙާ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ އެސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މިއަދު މެންދުރުފަު 3 ޖެހުމާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، މިއަދުގެ އިރު އޮއްސުމާއި […]

މުޙައްމަދު އަފްރާޙް
ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޙައްޖުގެ ޚިދުމަތްދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައިވަނީ މިއަހަރު ރާއްޖެއިން ދާ ޙައްޖުވެރިންނަށް ޚިދުމަތްދޭ ކުންފުނިކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ދިވެހި ޙައްޖު މިޝަނުން ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މައްކާގައި ހުންނަ ”އަލް ބައިތު ގެސްޓްސް”ގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ޙައްޖުގެ ޚިދުމަތްދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިނ...

މުޙައްމަދު އަފްރާޙް
"ދިވެހި މީޑިއާގެ ދަފްތަރު" އެމްއެމްސީގެ ވެބްސައިޓުގައި އާންމުކޮށްފި

"ދިވެހި މީޑިއާގެ ދަފްތަރު" އެމްއެމްސީގެ ވެބްސައިޓުގައި އާންމުކޮށްފި

”ދިވެހި މީޑިއާގެ ދަފްތަރު“ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށް ފެންނަގޮތަށް ޝާއިޢުކޮށްފިއެވެ. މި ދަފްތަރު ޝާއިއު ކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ 6 ވީ އަންގާރަ ދުވަހުއެވެ. މި ދަފްތަރުގައި މައިހާތަނަށް 14 މީޑިއާއެއް ވަނީ ރަޖިސްޓްރީކޮށްފައއެވެ. މިއީ ކަނޑައެޅޭ ވަކި ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފުތަރުކޮށް، މީޑިއާތަކުގެ އާންމު މަޢުލޫމާތާއި، ނެރުމަށް ކަނޑައެޅިފައިވާ ގޮތް އެކުލެވޭ ދަފްތަރެކެވެ. މިފަދަ ދަފްތަރެއް އެކުލަވައިލުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ރަޖިސްޓްރ...

މުޙައްމަދު އަފްރާޙް
"ދަ ޑިމޮކްރެޓްސް"އަށް ސޮއި ކުރި މީހުންނަށް ސަރުކާރުން ބިރު ދައްކާ ކަމަށްބުނެ ހުށައެޅި މައްސަލަ ބަލައެއް ނުގަތް!

"ދަ ޑިމޮކްރެޓްސް"އަށް ސޮއި ކުރި މީހުންނަށް ސަރުކާރުން ބިރު ދައްކާ ކަމަށްބުނެ ހުށައެޅި މައްސަލަ ބަލައެއް ނުގަތް!

“ދަ ޑިމޮކްރެޓްސް” އަށް ސޮއިކޮށްފައިވާ މީހުންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ، ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ “ދަ ޑިމޮކްރެޓްސް” ގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާފައިވާ އެ ޕާޓީއަށް ސޮއި ކޮށްފައިވާ މެމްބަރުންނަށް ސަރުކާރުން ބިރު ދައްކާ ކަ...

މުޙައްމަދު އަފްރާޙް
ނަޝީދުގެ އިތުބާރުގެ މައްސަލާގައި 54 މެންބަރަކު ސޮއިކޮށްފި

ނަޝީދުގެ އިތުބާރުގެ މައްސަލާގައި 54 މެންބަރަކު ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ 54 މެންބަރަކު ސޮއިކުރައްވައިފިއެވެ. ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އިތުބާރުގެ މައްސަލައެއް ހުށަހަޅަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ. ނަޝީދުގެ އިތުބާރުގެ މައްސަލަ އެމްޑީޕީގެޕާލިމަންޓްރީ ގްރޫޕުން އިސްވެ ހުށަހެޅުމަށް ފަށާފައިވާ މަސައްކަތުގައި އިތުބާރުގެ ގަރާރުގައި މިހާތަނަށް 54 މެންބަރަކު ސޮއިކު...

ޔުމްނާ ޢަލީ
ދަ ޑިމޮކްރެޓިކްސް އުފަށްދަން ހުށައެޅި ފޯމުތަކުގެ މައުލޫމާތު ލީކުވެފައެއް ނުވާނެ: އީސީ

ދަ ޑިމޮކްރެޓިކްސް އުފަށްދަން ހުށައެޅި ފޯމުތަކުގެ މައުލޫމާތު ލީކުވެފައެއް ނުވާނެ: އީސީ

ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަށްދަން ހުށައެޅި ފޯމުތަކުގެ މައުލޫމާތު ލީކުވެފައެއް ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަށްދަން ހުށައެޅި ފޯމުތަކުގެ މައުލޫމާތު ލީކުވެ، އެ ފޯމުތައް ފުރި މީހުންނަށް ސަރުކާރުން ޕްރެޝަރ ކުރަމުންދާކަމަށް ދަ ޑިމޮކްރެޓިކްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަށްދަން ހުށައެޅި އިސްބޭފުޅުން އަންނަނީ ތުހުމަތު ކުރަށްވަމުންނެވެ. އެ މަޢުލޫމާތު އީސީ ތެރޭން ސަރުކާރަށް ފޯރުކޮށްދީފައިވާ ކަމުގެ...

ޔުމްނާ ޢަލީ
ޝަރުތުތަކާ އެކު ވެސް ލަމްހާ މިވަގުތު ބަންދުން ދުލެއް ނުކުރެވޭނެ: ގާޒީ

ޝަރުތުތަކާ އެކު ވެސް ލަމްހާ މިވަގުތު ބަންދުން ދުލެއް ނުކުރެވޭނެ: ގާޒީ

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާއަށް ބަންދުގެ ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. މޭރީގެ ފިރިމީހާ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ ލަމްހާ އާއި މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ. ލަމްހާ 100 ދުވަހަށް ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އޭނާގެ ވަކީލުން އެދިފައިވީ ނަމަވެސް, ޝަރީއަތް ނިމެންދެން ލަމްހާ […]

ހުސައިން ހަބީބް
22 ރަށަކަށް ކުނި މެނޭޖުކުރާ އާލާތްތައް ފޯރުކޮށްދިނުން ލަންކާ ކުންފުންޏަކަށް ހަވާލުކޮށްފި

22 ރަށަކަށް ކުނި މެނޭޖުކުރާ އާލާތްތައް ފޯރުކޮށްދިނުން ލަންކާ ކުންފުންޏަކަށް ހަވާލުކޮށްފި

22 ރަށަކަށް ކުނި މެނޭޖުކުރާ އާލާތްތައް ފޯރުކޮށްދިނުން ސްރީލަންކާ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ. ލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯ އިނޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މ، ފ، ދ، ތ އަދި ލ އަތޮޅުގެ 22 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓް ފޯރު ކޮށްދިނުމުގެ މަސައްކަތެވެ. އެންވަޔަރްމެންޓް މިނިސްޓްރީގައި މއިަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިމިނަތު ޝަޢުނާ އެވެ. ސޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރ...

މުޙައްމަދު އަފްރާޙް
ރައީސް އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސް އިއްޔެ ހަވީރު އެރަށަށް ވަޑައިގެންނެވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިގޮތުން 2023 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި އެރަށުގައި ކުރިއަށް ދިޔަ ހަރަކާތައް ރައީސް ބައްލަވާލައްވާފައިވާއިރު، އޭގެތެރޭގައި ހިމެނޭ ”ބީޓް ޕްލާސްޓިކް ޕޮލިއުޝަން” ފެސްޓިވަލަށް ވެސް އެމަނިކުފާނު ޒި...

ޔުމްނާ ޢަލީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް "މެޓީރިއަލް ރިކަވަރީ ފެސިލިޓީ" އެއް ހުޅުވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް "މެޓީރިއަލް ރިކަވަރީ ފެސިލިޓީ" އެއް ހުޅުވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) އެއް ހުޅުވައިފިއެވެ. މިއީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި ކޮކާކޯލާ ފައުންޑޭޝަން ގުޅިގެން ގާއިމުކުރި ފެސިލިޓީއެކެވެ. މި ފެސިލިޓީއާއި ގުޅޭގޮތުން މޯޕާ އިން ބުނީ މި ފެސިލިޓީ ހުޅުވުމަކީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުން ގުޅިގެން ހިންގާ މުހިއްމު މަޝްރޫއެއްގެ ފެށުން ކަމަށެވެ. މިއީ ކުނި މެނޭޖް ކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުން ކުރެވޭ […]

މުޙައްމަދު އަފްރާޙް
ދަ ޑިމޮކްރެޓިކްސްއަށް ވަންނަ މެމްބަރުންނަށް ބިރުދައްކާ ކަމަށް ބުނާ މައްސަލަ މަޖިލީހަށް

ދަ ޑިމޮކްރެޓިކްސްއަށް ވަންނަ މެމްބަރުންނަށް ބިރުދައްކާ ކަމަށް ބުނާ މައްސަލަ މަޖިލީހަށް

ދަ ޑިމޮކްރެޓިކްސްއަށް ވަންނަ މެމްބަރުންނަށް ބިރުދައްކާ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރޭޓްސް ގެ މުއައްސިސް ހަސަލް ލަތީފުއެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގާ ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން “ވަގަށް ހޯދައި” އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ގުޅައި، ބިރު ދައްކަމުންދާ ކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނާއި ގޯތި...

މުޙައްމަދު އަފްރާޙް
''އަމާޒަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުންނުކުރާ ޤައުމަކަށް ރާއްޖެ ހެދުން''

''އަމާޒަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުންނުކުރާ ޤައުމަކަށް ރާއްޖެ ހެދުން''

އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރޭ އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީވެސް ޕްލާސްޓިކް ޕޮލިއުޝަނަށް ޙައްލު ހޯދުމާ ގުޅޭ ޝިޢާރެއް ކަމަށެވެ. އަދި ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ...

ޔުމްނާ ޢަލީ
''ޕްލާސްޓިކްގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމަކީ ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ''

''ޕްލާސްޓިކްގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމަކީ ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ''

މުޅި ދުނިޔެއަށް ވެސް އަދި  ދިވެހި ރާއްޖެއަށް ވެސް ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކްގެ އުފެއްދުންތަކުން ތިމާވެށްޓަށް ލިބޭ ތަޣައްޔަރުވުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި އިންސާނުން ދިރިއުޅެމުން އަންނަ ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައި ވެސް ނުލިބޭ ފަދަ ގެ...

ޔުމްނާ ޢަލީ
މެމްބަރު ސަލީމުގެ ޢަމަލަކީ އަންހެން ބޭފުޅުންނަށް އިހުތިރާމުކުޑަ ކުރުމުގެ ދަށު ދަރަޖައިގެ ޢަމަލެއް: އޭޖީ

މެމްބަރު ސަލީމުގެ ޢަމަލަކީ އަންހެން ބޭފުޅުންނަށް އިހުތިރާމުކުޑަ ކުރުމުގެ ދަށު ދަރަޖައިގެ ޢަމަލެއް: އޭޖީ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމު) ގެ އަމަލަކީ އަންހެން ބޭފުޅުންނަށް އިހުތިރާމުކުޑަ ކުރުމުގެ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 8 ވަނަ ޖަލްސާ އަށް ބަންޑާރަނައިބުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އަންހެން ދެ ވަކީލުންގެ ގާބިލުކަމާއިމެދު ސުވާލު އުފައްދައި، އެބޭފުޅުންގެ ޖިންސަށް ނިސްބަތްކޮށް ފުރައްސާރައަ...

މުޙައްމަދު އަފްރާޙް
ރިފްއަތުގެ މައްސަލަ މަޖިލީހުގެ ރައީސް ކުރިޔަށް ގެންގޮސްފައި ވަނީ ގަވާއިދާ ޚިލާފަށް: އެމްޑީޕީގެ ޕީޖީ ގްރޫޕް

ރިފްއަތުގެ މައްސަލަ މަޖިލީހުގެ ރައީސް ކުރިޔަށް ގެންގޮސްފައި ވަނީ ގަވާއިދާ ޚިލާފަށް: އެމްޑީޕީގެ ޕީޖީ ގްރޫޕް

ބަންޑާރަނައިބު އިބްރާޙީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ރައީސް މިއަދު ކުރިޔަށް ގެންގޮސްފައިވަނީ މަޖިލިސް ގަވާއިދާ ޚިލާފަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ ނަޝީދު، މަޖިލީހުގެ ތަޅުން (މަޖިލިސް ފްލޯ) މިއަދު ކުރިޔަށް ގެންދަވަން މަސައްކަތް ކުރައްވާފައިވަނީ ސުވާލާއި ޖަވާބު...

މުޙައްމަދު އަފްރާޙް