ރައީސްގެ ސިޓީފުޅު އާންމު ކުރުމަކީ ހަމަ ބުއްދި ގަބޫލު ކުރާ ކަމެއް ނޫން: މިއުވާން
ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އާންމު ކުރުމަކީ ހަމަ ބުއްދި ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިޢުވާން ވިދާޅުވީ މިވަގުތު އެ ސިޓީފުޅުގެ ވާހަކަ ދައްކަވާ ބައެއް ބޭފުޅުން، ސިޔާސީ ބޭނުމަށްޓަކައި އެފަދަ ކަންކަމަކީ ވަރަށް އާންމުކޮށް ކުރައްވާ ކަމެއްކަން ދައްކަވަން އުޅުއްވާ ކަމަ...