މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 560 ވަނަ ޞަފްޙާ

ރައީސް ޔާމީނަކީ ދޭ އަނިޔާއަށް ފަސް އެނބުރި ބައްލަވާނެ ބޭފުޅެއް ނޫން: އަދުރޭ

ރައީސް ޔާމީނަކީ ދޭ އަނިޔާއަށް ފަސް އެނބުރި ބައްލަވާނެ ބޭފުޅެއް ނޫން: އަދުރޭ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ، ދޭ އަނިޔާއަކަށް ފަސް އަބުރި ބަލާނެ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ޔާމީންނަށް ކޮށްފައިވާ ޖަލުހުކުމާއި ގުޅިގެން 900 ދުވަސް ހަމަވެފައިވާތީ، ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ހުކުމެއްކަން ވިދާޅުވަމުން އަންނައައުން ރޭ ވެސް ވަނި ތަކުރާރުކޮށްފައެވެ. އ...

މުޙައްމަދު އަފްރާޙް
ރާއްޖޭގެ ކުރީގެ ގައުމީ ކްރިކެޓް ކޯޗް 53 އަހަރަށް ޖަލަށް

ރާއްޖޭގެ ކުރީގެ ގައުމީ ކްރިކެޓް ކޯޗް 53 އަހަރަށް ޖަލަށް

ކޯޗުކޮށްދިން އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ރާއްޖޭގެ ކުރީގެ ގައުމީ ކްރިކެޓް ކޯޗް މުހައްމަދު އާސިފް އަމީން ޚާނަށް 53 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ. ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ހުރި ދެކުނު އެފްރިކާގެ މި ކޯޗު ޖިންސީ ގޯނާގެ ތުހުމަތަށް އޮކްޓޫބަރު 2019 ގައި ހައްޔަރުކޮށް ނުވަ ދައުވާއެއް އުފުލި އެވެ. އޭގެ ތެރެއިން ހަތް ދައުވާއެއް ސާބިތުވި އެވެ. […]

ހުސައިން ހަބީބް
އެމްޑީޕީ މިހާރު ހިންގަނީ ވަގުންގެ ނެޓްވޯކަކުން: އިންތި

އެމްޑީޕީ މިހާރު ހިންގަނީ ވަގުންގެ ނެޓްވޯކަކުން: އިންތި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދިވެހިންގެ އިތުބާރު ވަނީ ގެއްލިފައި ކަމަށާއި އެ ޕާޓީ މިހާރު ހިންގަނީ ވަގުންގެ ނެޓްވޯކަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ތުހުމަތު ކުރައްވައިފިއެވެ. ‘ދަ ޑިމޮކްރެޓްސް’ އިން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެމްޑީޕީގެ ކުރީގެ ހަރުގެ ހޯދުމަށް އެމްޑީޕީން ގާނޫނުތަކާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތް ކުރިކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އިންތި [...

މުޙައްމަދު އަފްރާޙް
އެމްއެންޕީގެ ސަރުކާރެއްގައި ދަނޑުވެރިން އުފައްދާތަކެތި އުކާލާކަށް ނުޖެހޭނެ، ހަމައަގު ހޯދައިދޭނަން: ނާޒިމް

އެމްއެންޕީގެ ސަރުކާރެއްގައި ދަނޑުވެރިން އުފައްދާތަކެތި އުކާލާކަށް ނުޖެހޭނެ، ހަމައަގު ހޯދައިދޭނަން: ނާޒިމް

މިހައިތަނަށް އައި އިރު، ރާއްޖޭގެ ދަނޑުވެރިންނަށް އަޅާލާ އެއްވެސް ސަރުކާރެއް ނާންނަކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރުު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މާލެ އަތޮޅު ކާށިދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ދަނޑުވެރިކަން ކޮށްގެން ލިބޭ ނަފާ އޭގެ އެންމެރަނގަޅުގޮތުގައި ދަނޑުވެރިންނަށް ލިބެމުން ނުދާ ކަމުގެ ޝަކުވާ އެފަރާތްތަކުން އަބަދު ވެސް ކުރަމުން އަން...

މުޙައްމަދު އަފްރާޙް
ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާއި ޚިލާފުވުމުން މާލެ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފި

ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާއި ޚިލާފުވުމުން މާލެ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފި

ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާއި ޚިލާފަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔުމާއި ގުޅިގެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މާލެ ސިޓީ ކައުންސިލްގެ އިދާރާ ޖޫރިމަނާކޮށްފި އެވެ. އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް އެ ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބުމާއި ގުޅިގެން އެ މައްސަލަ ބަލާފައިވާނެކަމަށެވެ. އެކައުންސިލް ޖޫރިމަނާކޮށްފައިވަނީ، ޤ...

އަލީ އާދިލް
ޣާލިބު ކެލާ ދާއިރާގެ ރައީސްކަމުން އިސްތިއުފާދީ، ޕީޕީއެމުން ވަކިވެއްޖެ

ޣާލިބު ކެލާ ދާއިރާގެ ރައީސްކަމުން އިސްތިއުފާދީ، ޕީޕީއެމުން ވަކިވެއްޖެ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެލާ ދާއިރާގެ ރައީސްކަމުން އަހްމަދު ޣާލިބު މިއަދު އިސްތިއުފާ ދީފިއެވެ. ޣާލިބު މިއަދު ކުރި ޓްވީޓެއްގައި ބުނީ އޭނާ ޕީޕީއެމްގެ ކެލާ ދާއިރާގެ ރައީސްކަމުން މިއަދު އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ސެނެޓުން ވެސް އިސްތިއުފާ ދީފައިވާ ކަމަށް ވެސް އޭނާ ބުނެފަވެއެވެ. ޕީޕީއެމްގައި ވަރަށް ހަރަކާތްތެރި، އެ ޕާޓީގެ ކެމްޕޭން ތަކުގައި ވެސް ވަރަށް އިސް ސަފުގައި މަސައްކަތް ކުރާ […]

ޔުމްނާ ޢަލީ
މިހައިތަނަށް ޓެސްޓު ނުކުރެވި އޮތް ޖުމްހޫރީ ފިކުރަށް މިފަހަރު ފުރުސަތު ދެއްވާ: ގާސިމް

މިހައިތަނަށް ޓެސްޓު ނުކުރެވި އޮތް ޖުމްހޫރީ ފިކުރަށް މިފަހަރު ފުރުސަތު ދެއްވާ: ގާސިމް

ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތައާރަފްވިފަހުން މިހައިތަނަށް ޓެސްޓު ނުކުރެވި އޮތް ޖުމްހޫރީ ފިކުރަށް މިފަހަރު ފުރުސަތު ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ޖޭޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ އެމް.ޑީ.ޕީ އާއި ޕީޕީއެމް ވެސް ދިވެހި ރައްޔިތުން ތަޖްރިބާ ކޮށްފައިވާ ކަމަށާއި މިހައިތަަނަށް ޓެސްޓް ނުކުރެވި...

މުޙައްމަދު އަފްރާޙް
ސިޓީއެއްގެ ޗާލުކަން ގެނެވޭނީ ހަމައެކަނި ރީތި އިމާރާތްތަކެއް އަޅައިގެން ނޫން: ފައިސަލް

ސިޓީއެއްގެ ޗާލުކަން ގެނެވޭނީ ހަމައެކަނި ރީތި އިމާރާތްތަކެއް އަޅައިގެން ނޫން: ފައިސަލް

ސިޓީއެއްގެ ޗާލުކަން ގެނެވޭނީ ހަމައެކަނި ރީތި އިމާރާތްތަކެއް އަޅައިގެން ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވި އާބަންކޯ އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށް ބާއްވާ ބޮޑު ހަރަކާތް، ‘ދުނިޔެ މަގޭ – ސާފު ހުޅުމާލެ’ އިވެންޓް ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ. ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި މި އިވެންޓުގައި ނައިބު ރައީސް ވިދާޅުވީ ތަހުޒީބު މުޖުތަމައެއްގައި އެންމެ ބޮޑު ސަމާލުކަމެއްދެނީ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކަމަށެވެ. ޚާއްސަކޮށް އެންމެނ...

މުޙައްމަދު އަފްރާޙް
ރައީސް ޞާލިޙްގެ ދަޢުވަތަކަށް، ސޭޝެލްސްގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

ރައީސް ޞާލިޙްގެ ދަޢުވަތަކަށް، ސޭޝެލްސްގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ، ސޭޝެލްސްގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 11 އިން 14 އަށް ކަމަށެވެ. މިދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެ އާއި ސޭޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން...

އިބްރާހިމް އަސްވާޤް
މާލީ ހެޔޮ މިސްރާބަކަށް ގައުމު ގެންދާނަން: ގާސިމް

މާލީ ހެޔޮ މިސްރާބަކަށް ގައުމު ގެންދާނަން: ގާސިމް

ދަރަނިތައް ކުޑަކޮށް އެއިން ސަލާމަތް ވުމަށް އާމްދަނީ އިތުރު ކުރުމާ އެކު، މާލީ ހެޔޮ މިސްރާބަކަށް ގައުމު ގެންދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި، […]

މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް އަރުވައި ކެމްޕޭނު ފަށައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް އަރުވައި ކެމްޕޭނު ފަށައިފި

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް އެ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް އަރުވައިފިއެވެ. ރިޔާސީ ޓިކެޓު އެރުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގާސިމް އިބްރާހިމް އަށް ޓިކެޓު އަރުވާފައިވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްއެވެ. ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓު އެމަނިކުފާނަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. ރިޔާސީ […]

މުޙައްމަދު އަފްރާޙް
ގާސިމަށް ޓިކެޓް ހަވާލުކުރުން މިރޭ

ގާސިމަށް ޓިކެޓް ހަވާލުކުރުން މިރޭ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރާ އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އަށް ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ މިރޭ ބޭއްވުމުގެ ތައްޔާރީތައް ވަމުން އެބަދެއެވެ. ގާސިމަށް ޓިކެޓް ހަވާލުކުރާ ޖަލްސާ އޮންނާނީ މިރޭ މާލޭގެ ކާނިވާ ސަރަހައްދުގައެވެ. މިޖަލްސާ އަށް ދިޔުމަށް އެ ޕާޓީގެ ޢާންމު ދައުވައު ފޮނުވަމުން ދަނީ މިރޭ 21:00 އަށެވެ. މި އިވެންޓާބެހޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި […]

ޔުމްނާ ޢަލީ
ކެމްޕޭން ހަރަކާތްތައް އިތުރުކުރުމަށް ނާޒިމް ކާށިދޫއަށް

ކެމްޕޭން ހަރަކާތްތައް އިތުރުކުރުމަށް ނާޒިމް ކާށިދޫއަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ކ. ކާށިދޫ އަށް ދަތުރެއް ފައްޓަވައިފިއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރުމަށް ކަނޑައަޅާފައިވަނީ ނާޒިމް އެވެ. އެމްއެންޕީން ބުނިގޮތުގައި ނާޒިމް މިއަދު ކާށިދޫ އަށް ފެއްޓެވި މި ދަތުރަކީ އޭނާގެ ކެމްޕޭން ހަރަކާތްތައް އިތުރުކުރެއްވުމަށް ކުރައްވާ ދަތުރެކެވެ. ”މިދަތުރުގައި ކާށިދޫގައި ޑޯޓުޑޯ ހަރަކާތުގެ އިތުރުން، އެމް އެންޕީގެ ޖަގަހައެއް މިރޭ ހުޅުވާގޮތަށް ވެސް ވަނީހ...

ޔުމްނާ ޢަލީ
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

“ނޫސްވެރިކަމުގެ އިނާމު 2022” އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ މި އިނާމު ދިނުމުގެ މައިގަނޑު މަގުސަދު ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން އިނާމު ދޭނެގޮތުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުން ހިމެނެއެވެ. އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތަކުގެ ތަފްސީލު “މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަ...

މުޙައްމަދު އަފްރާޙް
"އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަކީ އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއް"

"އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަކީ އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއް"

ދިވެހި މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް “ސިވިލް ސޮސައިޓީ އެވޯޑްސް”ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް ބޭއްވި ހަފުލާގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެކި ދާއިރާތަކަށް ގެންނަ ކުރިއެރުންތަކުގެ، ހަގީގީ އުފާވެރިކަން ލިބޭނީ މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެން ކަމަށެވެ. މާލޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި...

މުޙައްމަދު އަފްރާޙް