މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 558 ވަނަ ޞަފްޙާ

ހުރިހާ ރަށަކަށް ޒިޔާރަތްކުރުމުގެ އަމާޒުހިފައި ރައީސްގެ ކެމްޕޭން އީދަށްފަހު ފަށަނީ

ހުރިހާ ރަށަކަށް ޒިޔާރަތްކުރުމުގެ އަމާޒުހިފައި ރައީސްގެ ކެމްޕޭން އީދަށްފަހު ފަށަނީ

ރާއްޖޭގެ ހުރިހައި ރަށަކަށް ޒިޔާރަތްކުރުމުގެ އަމާޒުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން އަޟްހާ އީދަށްފަހު ފައްޓަވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެ ޕާޓީން ބުނީ މި ދަތުރުތަކުގައި ރިޔާސީ އިންތިހާބަށް އެޕާޓީން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް، ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެނެސް ދިނުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރާނީ...

މުޙައްމަދު އަފްރާޙް
އަލީ ވަހީދަށް ދައުވާ ނުކުރުމަށް ނިންމައިފި

އަލީ ވަހީދަށް ދައުވާ ނުކުރުމަށް ނިންމައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރިކަމަށް ގުހުމަތުކުރެވޭ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސްވަރު މަތިން ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރިކަމަށް ގުހުމަތުކުރެވޭ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިން އެ އޮފީހަށާއި ފުލުހުންނަަށް ފޮނުވަމުންދިޔަ ސިޓީތަކާއި ގުޅިގެން އެ މީ...

މުޙައްމަދު އަފްރާޙް
ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު ކަމެއް: ޑރ. އިބްރާހިމް ހަސަން

ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު ކަމެއް: ޑރ. އިބްރާހިމް ހަސަން

ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް މަތީ ތައުލީލާއި ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެެވެ. ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދަރަސީ ތައުލީމުގެ 12 އަހަރު މުހިއްމު ކަމަށާއި މަދުރަސީ ހަޔާތުގެ 10 އަހަރަށްވުރެ 12 އަހަރު ހުރިހާ ގޮތަކުން ވެސް މުހިއްމު ކަމަށެވެ. އެމަނިކުފާނުގެ ނަޒަރުގައި ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ […]

މުޙައްމަދު އަފްރާޙް
ޔާމީންގެ ފުއްގިރި މައްސަލަ ބާރަށް ކުރިއަށް, މާދަމާ ވެސް އަޑުއެހުމެއް

ޔާމީންގެ ފުއްގިރި މައްސަލަ ބާރަށް ކުރިއަށް, މާދަމާ ވެސް އަޑުއެހުމެއް

ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް އިއްޔެ އާއި މިއަދު ބޭއްވުމަށްފަހު މާދަމާަ ވެސް ބާއްވަން ތާވަލްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާގައި މިއަދު ވަނީ ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުނު އެމްއެމްޕީއާރުސީގެ ކުރީގެ […]

ހުސައިން ހަބީބް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނިންމަވާފައެވެ. ރައީސް ޞާލިޙް މިގޮތަށް ނިންމެވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖަޢާކުރެއްވުމާ...

ޔުމްނާ ޢަލީ
ޤައުމީ ފެންވަރުގައި "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ފާހަގަކުރުމަށް ނިންމައިފި

ޤައުމީ ފެންވަރުގައި "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ފާހަގަކުރުމަށް ނިންމައިފި

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު “ވޯލްޑް ޔޫތް ސްކިލްސް ޑޭ” ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު “ވޯލްޑް ޔޫތް ސްކިލްސް ޑޭ” ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް ނިންމަވާފައެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އެރުވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދ...

ޔުމްނާ ޢަލީ
ރާއްޖޭގައި ބަންގްލަދޭޝް މީހުން އުޅެނީ ވަރަށް ހާލުގައި: ދިރާސާ

ރާއްޖޭގައި ބަންގްލަދޭޝް މީހުން އުޅެނީ ވަރަށް ހާލުގައި: ދިރާސާ

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތްތެރިން އުޅެނީ ވަރަށް ހާލުގައި ކަމަށާއި ގިނަ މީހުންނަށް މުސާރަ ނުދޭއިރު ތަފާތު އަނިޔާތަކާ ކުރިމަތިވާ ކަމަށް އެ ގައުމުގެ ރެފިއުޖީ އެންޑް މައިގްރޭޓަރީ މޫވްމަންޓްސް ރިސާޗް ޔުނިޓް (އާރުއެމްއެމްއާރުޔޫ) އިން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފި އެވެ. އާރުއެމްއެމްއާރުޔޫއިން ސާވޭ ކުރީ ރާއްޖޭގައި މިހާރު އުޅޭ 120 މީހަކާއި އެނބުރި ދިޔަ 250 މީހުންގެ ތެރެއިން 36 ޕަސެންޓް މީހުން ވަނީ އިތުރުގަޑީގެ މަސައްކަތްތަކަށް މުސާރަ ނުލިބޭ ކަމަށް ބުނެފަ […]

ހުސައިން ހަބީބް
މިނިވަން އިންތިހާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭ: ނާޒިމް

މިނިވަން އިންތިހާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭ: ނާޒިމް

މިނިވަން އިންތިހާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މަޖިލިސް ކުރިއަށް ނުގެންދެވި، ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވަމުން ނާޒިމް މިއަދު މީސް މީޑިއ...

ޔުމްނާ ޢަލީ
އިންވިޓޭޝަނަލް ފައިވް ނޭޝަންސް ބާސްކެޓް ބޯޅަ މުބާރާތަށް ރާއްޖޭގެ ޓީމު ތައްޔާރު

އިންވިޓޭޝަނަލް ފައިވް ނޭޝަންސް ބާސްކެޓް ބޯޅަ މުބާރާތަށް ރާއްޖޭގެ ޓީމު ތައްޔާރު

އިންވިޓޭޝަނަލް ފައިވް ނޭޝަންސް ބާސްކެޓް ބޯޅަ މުބާރާތް މާދަމާ ފެށުމުގެ އެންމެފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. ރާއްޖޭގައި ބާއްވާ މި މުބާރާތް މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް މާލޭގެ އެކުވެނީ ކޯޓުގައި ކުރިއަށްދާނެއެވެ. މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލެވެ. މި މުބާރާތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހެންވޭރު ބޯޅަ ގޭގައި އިއްޔެ ބޭއްވި ޚާއްސަ އިވެންޓްގައި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ އުންމީދަކީ ސަރަހައްދީ ޓީމުތަކާ […]

މުޙައްމަދު އަފްރާޙް
މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް ހެލްޕުލައިނެއް

މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް ހެލްޕުލައިނެއް

ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް ހެލްޕުލައިނެއް އިފްތިތާހުކޮށްފިއެވެ. މި ހެލްޕުލައިން އިފްތިތާހު ކޮށްދެއްވީ ހ. މީރުމާގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި  ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ. އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން، ޔުނިސެފާއި ޑަބްލިޔު.އެޗް.އޯ ގެ އެހީތެރިކަމާއި އެކު ގާއިމު ކުރި މި ހެލްޕްލައިނަށް ދީފައިވާ ނަމްބަރަކީ 1484 އެވެ. މި ހެލްޕްލައިންގައި މަސައްކަތްކުރައްވާ ކައުސިލަރުން ތަމްރީން ކުރުމާއި...

މުޙައްމަދު އަފްރާޙް
މަރްހޫމް އަބްދުﷲ ޖަމީލަކީ ދައުލަތާއި ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވި ބޭފުޅެއް: ރައީސް

މަރްހޫމް އަބްދުﷲ ޖަމީލަކީ ދައުލަތާއި ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވި ބޭފުޅެއް: ރައީސް

ގެއްލިގެން އެދިޔައީ ދައުލަތާއި މުޅި ޤައުމުގެ ޚިދުމަތްތެރިއެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ޢާއިލާއާ ބައްދަލުކުރައްވައި އެ މަރްޙޫމްގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އައު ކުރައްވައި ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ 54 އަހަރުގެ ދިގު މުއްދަތަކަށް މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ) ދަޢުލަތަށް ކޮށްދެއްވާފައިވާ...

މުޙައްމަދު އަފްރާޙް
އެމްއެންޕީގެ ސަރުކާރެއްގައި "ސެކްސް އެޑިއުކޭޝަން" ތަޢާރަފް ކުރާނަން: ނާޒިމް

އެމްއެންޕީގެ ސަރުކާރެއްގައި "ސެކްސް އެޑިއުކޭޝަން" ތަޢާރަފް ކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި “ސެކްސް އެޑިއުކޭޝަން” ތަޢާރަފް ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ކްލަބް ހައުސްގައި ކުރިއަށް ގެންދާ “ނާޒިމް ބުނީ ކީކޭ” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި އެންމެބޮޑަށް ދިމާވެފައިވާ މައްސަލައަކީ ކުޑަކުދިންނާ ބެހުމުގެ މައްސަލަ ކަމަށެވެ. އަދި އެފަދަ ވާހަކަ ދެއްކުމަކީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި ދެކެމުން އަންނަ ކަމަށެވެ. ކުއްޖާގެ ލަދުވެތި ގުނަވަނ...

މުޙައްމަދު އަފްރާޙް
އެމްއޭސީއެލް އާއި ފުލުހުން ގުޅިގެން ރޯޑް ސޭފްޓީ އެވެއާނެސް ޕްރޮގްރާމެއް ފަށައިފި

އެމްއޭސީއެލް އާއި ފުލުހުން ގުޅިގެން ރޯޑް ސޭފްޓީ އެވެއާނެސް ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުލްރަހްމާން އެވެ. އެމްއޭސީއެލްގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓ...

މުޙައްމަދު އަފްރާޙް
ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެ: ޝިފާޒު

ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެ: ޝިފާޒު

ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެކަމަށް “ދަ ޑިމޮކްރެޓްސް” އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މި ސަރުކާރުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ތެރެއިން އުފެދުނު “ދަ ޑިމޮކްރެޓްސް” ގެ ހަރުގެއަށް ރޭ ވަނީ ބަޔަކު ކަޅުތެޔޮ ޖަހާފައެވެ. އެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގައި އެ ޕާޓީގެ […]

މުޙައްމަދު އަފްރާޙް
ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުނު

ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުނު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާފައިފިއެވެ. މިއަދުގެ ޖަލްސާ އަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގެ ގަރާރު އިއްވުމަށް ތާވަލުކޮށްފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައިވާތީ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މ...

މުޙައްމަދު އަފްރާޙް