މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 531 ވަނަ ޞަފްޙާ

އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަލާހު މިރޭ ޕީޕީއެމް އަށް ގުޅިވަޑައިގަންނަވަނީ

އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަލާހު މިރޭ ޕީޕީއެމް އަށް ގުޅިވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ފަލާހު މިރޭ ޕީޕީއެމްއަށް ސޮއި ކުރައްވާނެ ކަަމަށް މައުލޫމާތު ލިބިއްޖެއެވެ. އިތުބާތުހުރި މަސްދަރަކުން ‘ތިލަދުން’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަލާހު، އެ ޕާޓީ އާ ގުޅިވަޑައިގެން ސޮއި ކުރެއްވުމަށް ނިންމާފައިވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައި ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ޖަލްސާގައެވެ. އެހެންނަމަވެސް ޕީއެންސީންވެސް އަދި ޕީޕީއެމް އިން ވެސް ރަސްމީކޮށް މިކަން ޔަގ...

މުޙައްމަދު އަފްރާޙް
އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ

އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ

ޑިމޮކްރަސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ކަމަށްވާ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގއ. ނިލަންދޫއަށް ވަޑައިގެން އެމްޑިޕީގެ ސަޕޯޓަރުންނާއި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ރާއްޖޭގެ ތަރައްގީ އަށް ކުރ...

މުޙައްމަދު އަފްރާޙް
މާލޭ ސްވިމިން ޓްރެކް ބަންދުކޮށްފި

މާލޭ ސްވިމިން ޓްރެކް ބަންދުކޮށްފި

މާލޭ ސުވިމިން ޓްރެކް ބަންދުކުރުމަށް ނިންމާފައި ވާކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ. އެ އެސޯސިއޭޝަނުން ވިދާޅުވީ ސްވިމިން ޓްރެކް ބަންދުކުރަން ނިންމީ ލޮނުގަނޑުގައި ނަޖިހުގެ އަސަރު އިތުރުވުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމަށް ކަމަށެވެ. މިވަގުތު އެސަރަޙައްދަށް މޫދަށް އެރި އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެޗްޕީއޭ އިން އަންގަވާފައި ވާކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދުގެ މޫދަށް އެ...

މުޙައްމަދު އަފްރާޙް
އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި އަންހެނަކު ފިހިގެން ފަރުވާ ދެނީ

އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި އަންހެނަކު ފިހިގެން ފަރުވާ ދެނީ

20 އަހަރުގެ އަންހެން ކުއްޖަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާދެމުން ދާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ މިއީ މާލޭގެ ގެ އެއްގައި ހުރި އުނދުނަކުން ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ހިނގައިދިޔަ ހާދިސާއެއް ކަމަށެވެ. އަދި އެ ހާދިސާގައި ފިހިފައިވަނީ އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ. އެ އިދާރާއިން ވިދާޅުވީ އެ ކުއްޖާ ފިހިގެން ރިޕޯޓުކޮށްފައިވަނީ ރޭ 11 ޖަހާކަށް ހާއިރު ކަމަށެވެ. އޭނާ […]

މުޙައްމަދު އަފްރާޙް
ހުޅުމާލެއިން ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

ހުޅުމާލެއިން ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެކަމުގެ އަދާހަމަކުރައްވަމުން މީޑިއާ އަށް ފޮނުއްވި މެސެއްގައި އެ އިދާރާ އިން ވިދާޅުވީ އެ ކުއްޖާ ފެނިފައިވާ ކަމަށާއި އޭނާ ފެނުނީ މާލެއިން ކަމަށެވެ. އަދި މިއަދު މެންދުރު 1:44 ހާއިރު އެކުއްޖާ ފެނުނު އިރު، ހާޅު ރަނގަޅު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ ހުޅުމާލޭ ދެވަނަ ފިހަވަހިން އުމުރުން 12 އަހަރުގެ […]

މުޙައްމަދު އަފްރާޙް
ހޮސްޕިޓަލްގައި އެޑްމިޓް ނުވެ މިހިރީ އާއިލާއަށްޓަކައި: ޔާމީން

ހޮސްޕިޓަލްގައި އެޑްމިޓް ނުވެ މިހިރީ އާއިލާއަށްޓަކައި: ޔާމީން

ހޮސްޕިޓަލްގައި އެޑްމިޓް ނުވެ ޖަލުގައި ހުންނެވީ އާއިލާއަށް ލިބިދާނެ އިތުރު ހިތްދަތިކަމަކަށްޓަކައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ޔާމީން ތަންފީޒު ކުރަމުންދާއިރު މައްސަލއިގެ އިސްތިއުނާފު ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ. އަދި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް […]

ހުސައިން ހަބީބް
ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ. އެ ކުއްޖާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:58 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި ކުއްޖާ ހޯދުމުގެ މަސައްކަތް އާއިލާއާއި ގުޅިގެން އެ އިދާރާއިން ކުރައްވަމުން ގެންދަވާކަމަށެވެ. މިފަހަކަށް އައިސް މާލެ ސަރަހައްދުން މީހުންނާއި ކުދިން ގެއްލު...

މުޙައްމަދު އަފްރާޙް
ޤާސިމް ދެއްވި ހުރިހާ ސްޓޫޑެންޓު ލޯނެއް މަޢާފުކޮށްދެއްވައިފި

ޤާސިމް ދެއްވި ހުރިހާ ސްޓޫޑެންޓު ލޯނެއް މަޢާފުކޮށްދެއްވައިފި

ވިލާ ގްރޫޕްގެ ޗެއާމަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ވިލާ ފައުންޑޭޝަނުން ދިވެހި ދަރިވަރުން އުނގެނެން މިހާތަނަށް ދޫކުރި ހުރިހާ ސްޓޫޑަންޓް ލޯނުތައް ރޭ މަޢާފުކޮށް ދެއްވައިފިއެވެ. މި ލޯނުތައް މަޢާފުކޮށް ދެއްވިކަން ޢިއުލާން ކުރެއްވީ ”ޤާސިމް-އަމީން 2023” ރިޔާސީ މެނިފެސްޓޯ އިފްތިތާހް ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ޖޭޕީގެ މައި ހެޑްކުއާޓާސް، ކުނޫޒްގައި ބޭއްވި މި ހަފްލާގައި ޤާސިމް ވަނީ ކޯވވިޑުގެ ދުވަސްވަރު، ސިއްހީ […]

ޔުމްނާ ޢަލީ
މައިގަނޑު 15 އަސާސެއްގެ މައްޗަށް އެކުލަވާލި ގާސިމްގެ މެނިފެސްޓޯ ލޯންޗުކޮށްފި

މައިގަނޑު 15 އަސާސެއްގެ މައްޗަށް އެކުލަވާލި ގާސިމްގެ މެނިފެސްޓޯ ލޯންޗުކޮށްފި

މައިގަނޑު 15 އަސާސެއްގެ މައްޗަށް އެކުލަވާލި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ މެނިފެސްޓޯ ލޯންޗުކޮށްފިއެވެ. މި މެނިފެސްޓޯ ލޯންޗުކޮށްފައިވަނީ ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ކުރިއަށްދިޔަ ހާއްސަ ޖަލްސާގައި ޖޭޕީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ. އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަމްބަރު 5 އެވެ. ގާސިމްގެ […]

މުޙައްމަދު އަފްރާޙް
މަންޑޭ، އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް އެންޑޯސްކޮށްފި

މަންޑޭ، އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް އެންޑޯސްކޮށްފި

ދިވެހިރާއްޖޭގެ ނަންކިޔާ، ފުންނާބުއުސް ބޮޑުބެރު ޖެހުންތެރިޔާ، އިބްރާހިމް މަމްދޫޙް (މަންޑޭ)، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޓޭޓް މުހައްމަދު ނާޒިމް އެންޑޯރސްކޮށްފިއެވެ. މަންޑޭ، ނާޒިމް އަށް ސަޕޯޓުކުރާކަން ނުވަތަ އެންޑޯރސްކޮށްފައިވަނީ ނާޒިމް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މަންޑޭގެ އުފަން ރަށް ކަމަށްވާ ރ. ރަސްމާދޫ ގައެވެ. އެރަށުގައި އެމްއެންޕީގެ ފަރާތުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ބައިވެރިވުމަށްފަހު، މިޖަލްސާގައި އޭނާއާއި އޭނާގެ ބޮޑުބެރު ގުރޫޕްގެ ފަރާތުންވަނީ...

މުޙައްމަދު އަފްރާޙް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިން ލެބޯޓްރީ އެއް ހުޅުވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިން ލެބޯޓްރީ އެއް ހުޅުވައިފި

ރާއްޖޭގައި ފުރަތަމަފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ އެއް ހުޅުވައިފިއެވެ. މި ލެބޯޓްރީ ހުޅުވައިދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މިއީ ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރު ހަރަދު ކުޑަކޮށް، ރާއްޖޭގައި ތިބެގެން މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފޯރުކޮށްދީ ފެންވަރު ރަނގަޅު ގިނަ ކަންކަމަށް ފަރުވާކުރެވޭ ސްޕެޝަލިސްޓުން ތިބޭ އަދި ޒަމާނީ ވަޞީލަތްތައް ގާއިމްވެފައިވާ ހޮސްޕިޓަލްތައް ޤާއިމްކުރުމުގެ...

މުޙައްމަދު އަފްރާޙް
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފިއެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއެކު ރަސްމީކޮށް ކެމްޕޭން ފެށުމުގެ ފުރުސަތު ވެސް މިއަދު ވަނީ ހުޅުވިގެން ގޮސްފައެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި ނަންތައް ތަރުތީބުކުރަން ގުރުއަތު ނެގުމުގެ ފުރުސަތު ދިނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމުތައް ހުށަހެޅި ތަރުތީބުންނެވެ. ގުރުއަތުން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުވެފައިވާ ގޮތް ކެންޑިޑޭޓް ނަންބަރު 1: އުމަރު ނަސީރު (އަމިއްލަ...

ޔުމްނާ ޢަލީ
މީހަކު މެރުމުގެ ތުހުމަތުވާ ދެ މީހަކަށް ފެނަކައިން ވަޒީފާ, ހައިކޯޓުގެ ސުވާލު ދައުލަތަށް

މީހަކު މެރުމުގެ ތުހުމަތުވާ ދެ މީހަކަށް ފެނަކައިން ވަޒީފާ, ހައިކޯޓުގެ ސުވާލު ދައުލަތަށް

މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކު ބަންދުކުރަން އެދުނުއިރު ފެނަކަ ކޯޕަރޭޝަނުން އެ މީހުންނަށް ވަޒީފާ ދީފައިވާތީ ހައި ކޯޓުގެ ފަނޑިޔާރުން މިއަދު ސުވާލު އުފައްދައިފި އެވެ. ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރު ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ، މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ […]

ހުސައިން ހަބީބް
ޝަރުތު ހަމަވި އެންމެންނަށް ފްލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި: ރައީސް

ޝަރުތު ހަމަވި އެންމެންނަށް ފްލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި: ރައީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓްގައި ހިމެނޭ، ފްލެޓަށް ޝަރުތު ހަމަވާ އެންމެނަށް ލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުުވެއްޖެއެވެ. ސަރުކާރުން ނިންމާފައި ވަނީ މި ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދިނުމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގދ. ނަޑެއްލާއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ރައްޔިތުން ރައީސް ޞާލިޙަށް ތާއީދު ކުރަނީ ކޮށްދެއްވާފައިވާ މަަސައްކަތްތަކުގެ ސަބަބުން: ޝާހިދު

ކުޅުދުއްފުށީގެ ރައްޔިތުން ރައީސް ޞާލިޙަށް ތާއީދު ކުރަނީ ކޮށްދެއްވާފައިވާ މަަސައްކަތްތަކުގެ ސަބަބުން: ޝާހިދު

ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަނީ، އެމަނިކުފާނު ކޮށްދެއްވާފައިވާ މަަސައްކަތްތަކުގެ ސަބަބުން ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނަށް އިއްޔެ ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެން ރޭ އެރަށު އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަގަހަ ޖަލްސާއަށްފަހު އ...

ޔުމްނާ ޢަލީ